ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ ފެކްޝަނުގެ ނަމަކީ ވެރިކަމަށް ދަންޖެހޭ ފެކްޝަން: ރޮޒެއިނާ

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަކީ ވެރިކަމަށް ދަންޖެހޭ ފެކްޝަނެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ ރައީސް ނަޝީދަށް އަމާޒުކޮށް ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ބިޑް ކުރުމަކާއި ނުލާ ގާތް ރަހްމަތްތެރިންނަށް ރަށްތައް ބަހާލި ކަމަށާއި އެހެންކަމުން ކޮރަޕްޝަންއާ ދެކޮޅު ފެކްޝަނެއް ރައީސް ނަޝީދު ފަދަ ބޭފުޅަކަށް ލީޑް ނުކުރެއްވޭނެ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

 

ރޮޒެއިނާގެ ޓްވީޓްގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ހިންގާފައިވާ މަޝްރޫއުތަކުގެ ތަފްސީލްތައް ހިމަނާފައިވެއެވެ.

ރޮޒެއިނާ ވިދާޅުވެފައިވާ ގޮތުގައި އެމްޑީޕީއިން ސަޅި ހެޔޮ ވެރިކަމެއް ކުރާތަން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ރައްޔިތުންނަށް ފެނިފައިވާ ކަމަށާއި އެ ޕާޓީގެ މެމްބަރުން މަގުމައްޗަށް ނިކުންނަން މިހާރު ނުޖެހޭ ކަމަށެވެ. އަދި ފުލުހުންނާއި ސިފައިންގެ ލޯބި ވެސް ރައީސް ސާލިހަށް ލިބިފައިވާ ކަމަށް ރޮޒެއިނާ ވަނީ ވިދާޅުވެފައެވެ.

ރޮޒެއިނާ ވިދާލުވީ ރައިސް ސާލިހު ގާނޫނާ ހިލާފަށް ކަންތައްތައް ނުކުރައްވާކަމަށާއި އަދި ހުދުމުހުތާރުކަން ދައްކަވައި އެމަނިކުފާނު ކަން ކުރާ ގޮތް ކަނާތުން ވާތަށް ނޭނގޭނެ ކަމަށާއި އެންމެން 24 ގަޑިއިރު ހަމައިގައި ހުންނަން ބޭނުން ނުވާ ކަމަށް ވިދާޅުވެ ބޭކާރު ވާހަކައެއް ވެސް ނުދައްކަވާ ކަމަށެވެ.

ރޮޒެއިނާ ގެ ބަހުގެ ހަމަލާތައް ރައީސް ނަޝީދަށް އަމާޒު ކުރަން ފެށިފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ރައީސް ނަޝީދު މެމްބަރުން ވާހަކަ ދައްކަން ފުރުސަތު ނުދޭ ކަމަށާއި މަޖިލިސް ހިންގަނީ ރައީސް ނަޝީދު ބޭނުންވާ ގޮތަށާއި ރައީސް ނަޝީދަކީ ހުދުމުހުތާރު ވެރިއެއް ކަމަށް މީގެ ކުރިން މަޖިލީހުގައި ވާހަކަ ތަކެއް ދެކެވުމަށް ފަހުގައެވެ. ރޮޒެއިނާ ރައީސް ނަޝީދަށް އަމާޒު ކޮށް މަޖިލީހުގައި ވިދާޅުވެފައިވާ ގޮތުގައި ގޭ ބަދިގޭގައި އުޅުއްވާހެން މަޖިލިސް ތެރޭގައި ނޫޅެވޭނެ ކަމަށާއި އެކަމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.

ރައީސް ނަޝީދު ފެކްޝަނާއި ރައީސް ސާލިހުގެ ފެކްޝަންގެ ދެމެދުގައި ބަހުގެ ހޫނު ހަމަލާތަކެއް އަންނަނީ ދޭތެރެ ދޭތެރެއިން ބަދަލު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: