ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯލްޑް ކަޕު ބެލުމަށް ބަހައްޓާ އެންމެ ބޮޑު ސްކްރީން ހުޅުމާލޭގައި

ވޯލްޑް ކަޕަށް އެޗްޑީސީގެ "ބޯޅަ ފޯރީ"ގެ ދަށުން ތައްޔާރުކުރާ މައި ދެ ފޭން ޒޯނުގައި ބަހައްޓާ ބޮޑެތި ލެޑް ސްކްރީނުތައް ބެހެއްޓުމުގެ މަސައްކަތް ކުރަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ވޯލްޑް ކަޕަށް އެޗްޑީސީގެ “ބޯޅަ ފޯރީ”ގެ ދަށުން ތައްޔާރުކުރާ މައި ދެ ފޭން ޒޯނުގައި ބަހައްޓާ ބޮޑެތި ލެޑް ސްކްރީނުތައް ބެހެއްޓުމުގެ މަސައްކަތް އެޗްޑީސީން ފަަށައިފިއެވެ.

ހުޅުމާލޭގެ ސިންތެޓިކް ޓްރެކާއި ހިޔާ ސަރަހައްދުގައި އެ ކޯޕަރޭޝަނުން ބަހައްޓާ ސްކްރީން ވެގެންދާނީ މާލެ ސަރަހައްދުގައި ބެހެއްޓޭނެ އެއްމެ ސައިޒުން ބޮޑު ދެ ސްކްރީނަށްކަމަށް އެޗްޑީސީއިން ވަނީ ފާހަގަކޮށްފައެވެ. އަދި މި މަސައްކަތަށް ގިނަ ބައެއްގެ އެއްބާރުލުން ލިބިފައިވާކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.

އެގޮތުން ސްކްރީން ބެހެއްޓުމަށް ލެޑް ޕެނަލް ދެއްވީ ސްޓެލްކޯގެ ފަރާތުންކަމަކަމަށާއި، އަދ  ޕްރިންޓިންގ ޕާޓްނާގެ ގޮތުގައި ތިންކް, ބެވެރެޖް ޕާޓްނާރގެ ގޮތުގައި ކޮކާކޯލާ އަދި ސަޕޯޓިންގ ޕާޓްނަރުގެ ގޮތުގައި ހިމެނޭ ވެލިގާއިންވަނީ ގިނަގުނަ އެހީތެރިކަމެއް ވެދެއްވާފައިވާކަމަށްވެސް ބުނެފައިވެއެވެ.

ދިވެހިންގެ މެދުގައި މަގުބޫލު ކުޅިވަރެއްކަމުގައިވާ ފުޓް ބޯޅައިގެ އެންމެ ބޮޑު އީދު ކަމަށްވާ ވޯލްޑް ކަޕް ބެލުގެ އިންތިޒާމް އެ ކޯޕަރޭޝަނުން ކުރަަން ނިންމި ސަބަބެއްކަމުގައި އެޗްޑީސީއިން ބުނެފައިވަނީ ދިވެހިންނަށް ފޯރި ނަގަމުން މި މުބާރާތް ބަލާލެވުމެވެ. އަދި އެކުވެރި މާހައުލެއްގައި ފުޓު ބޯޅައިގެ އީދުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުގެ ގޮތުންކަމަށެވެ.

މީގެ އިތުރުން އެޗްޑީސީއިން ފާހަގަކޮށްފައިވަނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ދެނެގަނެ އެންމެ ފުރިހަމަ ގޮތުގައި އެކަންކަން ފޯރުކޮށްދިނުމަށްކަމަށް ފާހަގަކޮށްފައިވެއެވެ. އެގޮތުން އާންމުން ބޭނުންވާ ކަންކަން ގާތުން ބަލާ އެކަންކަން ފަހިކޮށްދިނުމުގެ މަސައްކަތް އަބަދުވެސް ދަނީ ކުރަމުންކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: