ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިމާޒްގެ ރައްދު: ހަމަލާ ދިނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން، މިއީ ފިނޑި އަމަލެއް!

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގުރޫޕެއްގެ ހަމަލާއެއް އަމާޒުވެ، މާރާމާރީ ހިންގާފައި ވަނީ ސިޔާސީ ބައެއްގެ ނުފޫޒާއި އެ މީހުންގެ ބާރުގެ ސަބަބުންކަމަށް ޓްރާންސްޕޯޓުގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ޝިމާޒަށް މަގުމަތީން ހަމަލާ ދީ ބަޔަކު މާރާމާރީ ހިންގި މައްސަލައެއް ފެންމަތިވީ އޭގެ ކުރީ ހަފްތާގައި އެނާގެ ސައިކަލަށް ވެސް ގެއްލުންތަކެއް ދީ އިންޒާރު ދީފައިވާ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. އަދި އެ މައްސަލަ ފުލުހުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

ގަވައިދާއި ހިލާފަށް ވެހިކަލްތައް ރެޖިސްޓްރީކޮށް، ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް ބައެއް މީހުންނަށް ނާޖާއިޒް ފައިދާ ނަގާފައިވާކަމުގެ ތުހުމަތާއި މިނިސްޓްރީގެ ބައެއް އިސްވެރިންގެ އަބުރު ކަތިލެވޭ ގޮތަށް ދޮގު ވާހަކަތައް ފަތުރަމުންދާކަމުގެ ތުހުމަތުކޮށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ޝިމާޒަށް ފިޔަވަޅު އަޅައިދޭން އެދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސޮޓީއެއް ފޮނުވާފަ އެވެ. މި ތުހުމަތުތައް ޝިމާޒް ދޮގު ކުރެ އެވެ.

ހަމަލާ ދިނުމުގެ އަޑީގައި ވަނީ ނަހުލާކަމަށް ބުނެ އަޑުތައް ފެތުރިފައިވާތީ، އެ ވާހަކަަތައް ދޮގުކޮށް ނަހުލާ ވިދާޅުވީ ޝިމާޒާއި މަގުމަތީން ދިމާކޮށް މާރާމާރީ ހިންގާފައިވާތީ އެކަން ކުށްވެރި ކުރާކަމަށެވެ. އަދި މައްސަލައެއް ތަހުގީގު ކުރަމުދާ ދަނޑިވަޅެއްގައި އެކި ގޮތްގޮތުން މައްސަލައިގެ ތެރެއަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށް އޭނާއާއި އާއިލާ އޭގައި ޝާމިލުކޮށް އަބުރު ކަތިނުލުމަށް ނަހުލާ ގޮވާލި އެވެ. މިނިސްޓަރު ވިދާޅުވީ ނުފޫޒުތަކެއް ފޯރުވަން މަސައްކަތް ކުރި ނަމަވެސް ތަނުގެ ތެރެއިން ފެންމަތިވާ ކޮރަޕްޝަނުގެ އަމަލުތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

މައްސަލަ ބޮޑުވެ ޝިމާޒް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ، މިއީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގި ފިނޑި އަމަލެއް ކަމަށެވެ. އަދި ހަމަލާގެ އަޑީގައި ތިބި ބަޔަކު ހޯދުމަށް އޭނާ ގޮވާލެއްވި އެވެ.

ކޮރަޕްޝަނުގެ ތުހުމަތުތައް ދޮގު ކުރައްވައި ޝިމާޒް ވިދާޅުވެފައި ވަނީ، މިނިސްޓްރީގެ ތެރޭގައި ވެހިކަލް ރެޖިސްޓްރޭޝަންގައި އޭނާގެ ފަރާތުން ގަވައިދާއި ހިލާފު އެއްވެސް އަމަލެއް ހިނގާފައި ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ މަސައްކަތް ކުރައްވަނީ، މިނިސްޓަރުގެ އިރުޝާދުގެ ދަށުން ކަމަށެވެ.

މީގެކުރިން ނަމްބަރު ޕްލޭޓުގެ މައްސަލަ ފެންމަތިވެ، ވަސާޖިއޯ ކިޔާ ކުންފުންޏަކާއި މަސައްކަތް ހަވާލު ކުރި މައްސަލައެއް ބަލާފައި ވެއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ތަހުގީފަށް ފަހު ދައުވާކޮށްދޭން އެދި، ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން އެކަށީގެންވާ ހެކި ނެތުމުގެ ސަބަބުން މައްސަލަ އަނބުރާ ފޮނުވާލުމަށް ފަހު އެ މައްސަލައިގެ މާބޮޑު މައުލޫމާތެއް ނުލިބެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: