އުރީދޫ މޯލްޑިވްސް ވޯލްޑް ކަޕްގެ މެޗުތައް ބަލާލުމަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭހެން 200 އަށް ވުރެ ގިނަ އުރީދޫ ފޭން ޒޯންތައް އިފްތިތާހުކޮށްފި އެވެ.
އުރީދޫއިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭގޮތަށް 213 އުރީދޫ ފޭން ޒޯން އިފްތިތާހު ކުރީ ވޯލްޑްކަޕާއި ދިމާކޮށް އުރީދޫގެ ހަރަކާތްތައް ލޯންޗު ކުރުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ. އާޓިފިޝަލް ބީޗުގައި، މުބާރާތުގެ މެޗުތައް ބޭލެނެ އިންތިޒާމު ހަމަޖައްސައި، ތަން ލޯންޗު ކުރުމާއި އެކު ރަށްތަކުގެ ހަރަކާތްތަކަށް ހާއްސަ ކުރި ފޭން ޒޯންތައް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އެވެ.
މި ރަސްމިއްޔާތުގައި ފޭން ޒޯންތައް ހެދުމުގައި އުރީދޫ އާއި ޕަރޓްނަރ ވެ ބައިވެރި ވި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ސީއީއޯ، މުފައްދަލް އިދްރީސް ކުމްރީ އާއި މީޑިއާނެޓް ހެޑް އޮފް ވޯލްޑް ކަޕް ޕްރޮޖެކްޓް ޒިހުނީ ރަޝީދާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާންގެ އިތުރުން އުރީދޫ ފުޓްބޯލް ފޯރީ ކެމްޕެއިންގެ ޕާޓްނަރުން ބައިވެރިވެވަޑައިގަތެވެ.
އުރީދޫގެ ފޭން ޒޯންތަކަކީ ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، އެކުވެރިންނާއި އާއިލާއާ އެކު މެޗުތަކާއި އެހެނިހެން ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މީޑިއާނެޓާއި މޯލްޑިވްސް އިސްލާމިކް ބޭންކާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އާއި މާލެ ސިޓީ ކައުންސިލާއި ރާއްޖޭގެ ބޮޑެތި ކެފޭތަކާއި ރަށު ކައުންސިލްތަކާއި ޒުވާނުން ބާރުވެރިކުރުވުމުގެ ޖަމިއްޔާޖަމާއަތްތަކާ ގުޅިގެން އުފައްދާފައިވާ ޒޯންތަކެކެވެ.
އުރީދޫ ފޭން ޒޯންތަކުގެ އިތުރުން އުރީދޫއިން ވަނީ ހާއްސަ އޮފަރ ތަކެއްވެސް ލޯންޗްކޮށްފަ އެވެ. އެގޮތުން ވޯލްޑް ކަޕްގެ މެޗުތައް ބަލާލުމަށް ވޯލްޑް ކަޕަށް ހާއްސަކޮށް ތައާރަފު ކުރި ޕެކް މެދުވެރިކޮށް 100 ޖީބީ ޑޭޓާ ގެ އިތުރުން މީޑިއާނެޓް އެޕަށް ހިލޭ 30 ދުވަހުގެ ސަބްސްކްރިޕްޝަން އެންމެ 250 ރުފިޔާއަށް ކަސްޓަމަރުންނަށް ލިބޭނެ އެވެ.
މީގެ އިތުރުން ދިވެހި އުފެއްދުމެއް ކަމަށްވާ ގޯލަރ އެޕް ގައި ހުޅުވާލެވިފައިވާ އުރީދޫ ފުޓްބޯލް ފޯރީ ލީގުގައި ބައިވެރިވެ، ސީ ގިއަރ އަދި ކްރޮސްރޯޑްސް މޯލްޑިވްސް އިން ހުށަހަޅާފައިވާ އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުޞަތުވެސްލިބިގެންދާނެއެވެ.
ހަރަކާތް ލޯންޗުކޮށްދެއްވައި ސިއީއޯ ހާލިދު ވިދާޅުވީ، ކާމިޔާބު މި މަސަައްކަތާއި އެކު ކުރެވެނީ ވަރަށް ތަފާތު އިހުސާސެއް ކަމަށެވެ. އުރީދޫއަކީ އަބަދުވެސް އާއްމުންނާއި ގުޅުން ހުރި ހަރަކާތްތަކާއި ޕްރޮމޯޝަންތައް ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރާ ކުންފުންޏެއްކަން ފާހަގަކޮށް ހާލިދު ވިދާޅުވީ އަހަރު ފެށުމާއި އެކު ކަލަންޑަރުން އެންމެ ހާއްސަ އިސްކަމެއް ދިން އެކަމަކަށް ވޯލްޑްކަޕް މުބާރާތް ވާނެ ކަމަށެވެ. ހާއްސަކޮށް ހުރިހާ އާއްމުންނާއި ހިއްސާ ވާނެހެން މުބާރާތުގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް މަަސައްކަތް ކުރިކަން ހާލިދު ވިދާޅުވި އެވެ.
މުބާރާތާއި ގުޅުވައި އުރީދޫން ކުރިޔަށް ގެންދާ ހަރަކާތްތަކާއި ބެހޭ މައުލޫމާތުތައް ހިއްސާ ކުރައްވައި، އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ޙުސައިން ނިޔާޒް ވިދާޅުވީ މުބާރާތް ނިމެންދެން މާލެ ސިޓީ ކައުންސިލުން ކުންފުންޏަށް އާޓިފިޝަލް ބީޗު ދޫކޮށްފައިވާ ކަމަށެވެ. މުބާރާތުގެ މެޗުތައް ކުރިޔަށް ދާ ވަގުތު، އެ ސަރަހައްދުގައި ކާބޯތަކެތީގެ އެކި ސްޓޯލްތައް ހުންނާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ. އޭގެ އިތުރުން، މެޗުތައް ނޯންނަ ދުވަސްތަކުގެ ހަވީރުގެ ވަގުތުތަކުގައި ކުޑަކުދިންގެ ހާއްސަ އިވެންޓުތައް ކުރިޔަށްދާނެކަމަށް ނިޔާޒް ވިދާޅުވި އެވެ.
ނިޔާޒް ވިދާޅުވީ، މުބާރާތުގެ ސްކޯ ދިމާ ކުރުމާއި އަދި އެ ނޫން ވެސް ފޯރިގަދަ ހަރަކާތްތައް އުރީދޫން ކުރިޔަށް ގެންދާނެ ކަމަށެވެ.
އުރީދޫ މޯލްޑިވްސްގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން އުރީދޫއިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ މުޖުތަމައުގެ ދިރިއުޅުން މުއްސަނދިކޮށް އިތުރު ފުރުސަތުތަކާއި ތަޖުރިބާ ފަހި ކޮށްދިނުމަށެވެ. ފީފާ ވޯލްޑް ކަޕް ގަތަރު 2022 އަކީ އުފާވެރި އަދި ފޯރި ގަދަ ފުޓްބޯޅަ ފެސްޓިވަލަކަށް އުރީދޫ މޯލްޑިވްސް އިން ހުރިހާ ފަރާތްތަކަށް އެދެއެވެ.
އުރީދޫ ފުޓްބޯލް ފޯރީގެ ދަށުން މިއަދު ތައާރަފް ކުރެވުނު އޮފަރތަކާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް http://ore.do/footballfoari މެދުވެރިކޮށް ލިބިވަޑައިގަންނަވާނެ އެވެ.

