ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަނި ބަޖެޓެއް ފާސްކުރުމަކީ ރައްޔިތުން ނިކަމެތި ކުރުން: އާޒިމް

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުން ދަރަނި ބަޖެޓެއް ފާސްކުރެއްވުމަކީ ރައްޔިތުން ނިކަމެތި ކުރުން ކަމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި ބަޖެޓް ރިޕޯޓަށް ބަހުސް ކުރައްވަމުން އާޒިމް ވިދާލުވީ ބަޖެޓް ރިޕޯޓަކީ ޖަރުބާތުގައި ޖެހިގެން ތިބެ ހަގީގަތާއި ދުރަށް ޖެހި ގައުމު ބަނގުރޫޓްވުމާ ދިމާލަށް މިސްރާބު ޖަހާފައިވާ ރިޕޯޓެއް ކަމަށެވެ.

އާޒިމް ވިދާޅުވީ މަސް ނިމޭ ހިސާބަށް އަންނައިރު މަދު މީހެއްގެ އަތުގައި ނޫނީ 100 ރުފިޔާ ވެސް ނޯންނާނެ ކަމަށާއި، އެހެންކަމުން ކޮންމެ މީހަކަށްވެސް ޖެހެނީ ރަށްޓެހިން ކައިރީގައި އާދޭސް ކުރަން ކަމަށާއި މިއަދު މިވަނީ އެދުވަސް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ މިއަދު ދިވެހިންގެ ހާލަތު ހުރިގޮތް ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި ބޮޑު ބަޖެޓެއް މަޖިލީހުން ފާސްކުރަން ހެޔޮވެސް ނުވާނެއެވެ.

ގައުމުގެ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު އިސްކޮށް ކުރިއަށް ނެރެގެން ކުރާ މަސައްކަތުގެ ނަތީޖާ ދުވަސްކޮޅަކުން ފެންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ރައްޔިތުންގެ އެންމެބޮޑު ކަންބޮޑުވުމަކީ މިއަހަރު 6 ބިލިއަން ރުފިޔާ މަޖިލީހުގެ ލަފާ ހޯދުމެއްނެތި ހަރަދުކޮށްފައިވާތީ ކަމަށެވެ. އަދި އެ 6 ބިލިއަން ރުފިޔާ ވަނީ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައި ކަމަށާއި އެކަމަކީ ރައްޔިތުން ކަންބޮޑުވާނެ ކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ 6 ބިލިއަން ރުފިޔާ ހަރަދުކުރިގޮތުގެ ތަފްސީލެއް ދިނުމަށް އެދުމުން ތަފްސީލު ނުދެވޭނެ ކަމަށް ބުނި ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން އެ ތަފްސީލު ނުލިބުމުން އެކަމުގައި ރައްްޔިތުންގެ ކަންބޮޑުވުން ހުންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާލުވީ އެ 6 ބިލިއަން ރުފިޔާ ހަރަދުކުރި ގޮތުގެ ތަފްސީލު ނުދިނުމުން އެކުރަނީ ވައްކަން ކަމާއިމެދު  ހިތުގައި ޝައްކު އުފެދިގެންދާނެ ކަމަށެވެ.

” އެހެންވީމަ ރައްޔިތުން، ޓެކްސް ޕޭޔަރުންގެ ކަންބޮޑުވުން ހުންނާނެ ދެއްތޯ؟ އެ ތަފްސީލު ވެސް އަޅުގަނޑުމެންނަށް ނުދިނީމަ ދެން މިކުރަނީ ވައްކަން ކަން ހަމަ ޔަގީނުންވެސް ޝައްކު އުފެދޭނެ .

އާޒިމް ވިދާޅުވީ ރައްޔިތުން މިވަގުތަށް އިގްތިސާދު ހުރިގޮތުން ޓެކްސް އިތުރު ނުކުރާން އާދޭސް ކުރަމުން ދާކަމަށެވެ. އެގޮތުން ޓުއަރިޒަމް ސެކްޓަރގެ މީހުން ދަނީ ޓީޖީއެސްޓީ އިތުރު ނުކުރުމަށް އާދޭސް ކުރަމުން ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އޭނާގެ ނަޒަރުގައި 2023 ވަނަ އަހަރުގެ ބަޖެޓް ފާސްކުރަން ތާއީދު ކޮށް ވޯޓްދޭނީ ވަރަށް ވިޔާނުދާ މެމްބަރުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: