ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާދަމް ޝަރީފް ނަޝީދަށް: 2023 ގެ ބަޖެޓު ފާސްކުރުމުގެ ކުރިން މިހާރު ފޮރިން ރިޒާވްގައި ހުރި މިންވަރު ހޯއްދަވައިދެއްވާ!

ރައީސް މުހައްމަދު ނަޝީދާއި، ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ މާލީ ހާލަތާއި ގުޅޭގޮތުން ސަރުކާރުން ސައްހަ މައުލޫމާތު ހާމަނުކުރާތީ ރައްޔިތުން ކަންބޮޑުވަމުންދާކަމަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މަޖިލީޙުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި އާދަމް ޝަރީފް ވިދާޅުވީ، 2023ގެ ބަޖެޓު އަދި 2022 ވަނަ އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓު ހުށައެޅުމާއިއެކު، ސަރުކާރަށް އަމާޒުވަމުންދަނީ ވޭތުވެދިޔަ 4 އަހަރުގެ ހަރަދުތައް ބޮޑުވެފައިވާކަމުގެ އިލްޒާމާއި ބަޖެޓު ޑެފެސިޓު އިތުރުވުމުގެ އިލްޒާމު އަދި ކޮރަޕްޝަނާއި ޒިންމާދާރުކަން ކުޑަ ގޮތަކަށް މާލީ ސިޔާސަތުތައް ގެންގުޅޭ ކަމުގެ އިލްޒާމުކަމަށެވެ.

ރާއްޖޭގެ މާލީ ހާލަތާއިމެދު ސަރުކާރުން ސައްހަ މައުލޫމާތު ހާމަނުކުރާކަމަށް ބުނެ ރައްޔިތުން ކަންބޮޑުވަމުންދާކަމަށް އިޝާރާތްކުރައްވާ އާދަމް ޝަރީފް ވިދާޅުވީ، ސަރުކާރުގެ ބަޖެޓު އަހަރުން އަހަރަށް ބޮޑުވަމުންދިއުމަކީވެސް ރައްޔިތުން ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި އެކަމުގެ ސަބަބުން އަސާސީ ބޭނުންތަކަށް ހޯދުމުގެ މާލީ ތަނަވަސްކަން ނެތިދާނެކަމުގެ ކަންބޮޑުވުންތައްވެސް އިތުރުވަމުންދާކަމަށް އެނާ ވިދާޅުވިއެވެ.

ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރައްވާ މަޖިލީހަށް ފޮނުއްވި ސިޓީގައި އާދަމް ޝަރީފް ވިދާޅުވީ، 2023 ވަނަ އަހަރުގެ ނިޔަލަށް އަސާސީ ބޭނުންތައް ހޯދުމުގެ ތަނަވަސްކަން ހުރިކަން ކަށަވަރުކޮށްދެއްވުމަށް އެދިވަޑައިގަންނަކަމަށެވެ. އަދި 2023 ވަނަ އަހަރުގެ ބަޖެޓު ފާސްކުރުމުގެ ކުރިން 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ފޮރިން ރިޒާވުގައި ހުރި މިންވަރު ހޯދައިދެއްވުމަށްވެސް އާދަމް ޝަރީފްވަނީ އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: