ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮލެޖުތައް ޔުނިވާސިޓީއަށް ބަދަލުކުރުމުގެ އުސޫލަށް ހުށައެޅި އިސްލާހު ތަޅުމުން ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ހިނގާ ކޮލެޖުތައް ޔުނިވާސިޓީއެއްގެ ގޮތުގައި ރެޖިސްޓްރީކުރުމަށް، ބޭނުންވާ މައިގަނޑު ޝަރުތައް އިސްލާހު ގެނައުމަށް، ދިވެހިރާއްޖޭގެ، މަތީ ތައުލީމާއި ތަމްރީނުގެ ޤާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށައެޅި ބިލު ބޭރުކޮށްލައިފިއެވެ.

މި ބިލާއި ގުޅޭ ގޮތުން ފުރަތަމަ ވޯޓަށް އަހާފައިވަނީ ކޮމިޓީން ނިންމި ގޮތަށް ފާސްކުރުމާ މެދުއެވެ. ފެންނަކަމަށް ވޯޓުދެއްވީ 10 މެންބަރުންނެވެ. އަދި ބަލައިގަތުމަށް ނުފެންނަކަމަށް 43 މެންބަރުން ވޯޓު ދެއްވިއެވެެ. އެއަށްފަހު ދެން ވޯޓަށް އެހީ ބިލު އިތުަރަށް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމާ މެދު ގޮތެއް ނިންމުމަމަށެވެ. 43 މެންބަރުން ކޮމެޓިއަށް ދިރާސާކުރުމަށް ފޮނުވުމަށް ނުފެންނަކަމަށް ވޯޓުދެއްވާފައިވާއިރު، ފެންނަކަމަށް ވޯޓުދެއްވީ އެންމެ 11 މެންބަރުންނެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށައަޅާފައިވަނީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ.

އެގޮތުން، ރާއްޖޭގައި ހިންގާ ކޮލެޖުތައް ޔުނިވާސިޓީއެއްގެ ގޮތުގައި ރެޖިސްޓްރީވުމަށް ބޭނުންވާ މައިގަނޑު ޝަރުތީ އެތަންތަން ވަކި މުއްދަތަަކަށް ހިންގުން ކަމަށް އޮތް އުސޫލު ބަދަލުކޮށް، އެކަށީގެންވާ ފެންވަރުގައި ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމަށް ކޮލެޖުތަކަށް ބާރުއެޅުމުގެ ގޮތުން ޔުނިވާސިޓީއެއްގެ ގޮތުގައި ރެޖިސްތްރީވުމަށް ފުރިހަމަވާންޖެހޭ ޝަރުތަކީ ކޮލެޖުތަކުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރަށް ރިޢާޔަތްކޮށް ކަނޑައެޅޭ ޝަރުތުތަކެއް ކަމުގައިހެދުމަށް މި އިސްލާހުގައިވެއެވެ.

މީގެ އިތުރުން، ޔުނިވާސިޓީއެއްގެ ގޮތުގައި ރެޖިސްޓްރީވުމަށް ކޮލެޖެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މެދުކެނޑުމެއްނެތި ހިންގަމުން އަންނަތާ މަދުވެގެން 15 އަހަރު ވެފައިވާނަމަ، ނުވަތަ ދިވެހިރާއްޖެއިން ބޭރު ޤައުމެއްގައި އެ ޤައުމެއްގެ ސަރުކާރުން ބަލައިގަންނަ ބޭރު ޤައުމެއްގެ ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީވެ، ހިންގަމުން އަންނަތާ 10 އަހަރު ފުރިހަމަ ވާންޖެހޭކަމަށްވެއެވެ.

އިތުރަށް މި އިސްލާހުގައިވަނީ އާޓްސް އެންޑް ހިއުމަނިޓީސް، އިންޖިއަނިރިން އެންޑް ޓެކްނޮލޮޖީ، ލައިފް ސައިންސް އެންޑް މެޑިސިން، ނެޗުރަލް ސައިންސް، އަދި ޗޯޝަލް ސައިންސް ގެ ދާއިރާތަކުގެ ތެރެއިން މަދުވެގެން ތިން ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތެއް، އަދި ލެވެލް ނުވައެއް ގެ ޕްރޮގުރާމްތައް އެ ކޮލެޖަކުން ނުވަތަ ދިވެހިރާއްޖެއިން ބޭރު ޔުނިވާސިޓީއަކުން އެކޮލެޖުގައި ހިންގަމުންދާ ކޮލެޖަކަށް ވާންޖެހޭނެކަމަށެވެ.

މި ޝަރުތުތަކާއި ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މި ވަގުތު މަތީ ތައުލީމުގެ ގާނޫނު އޮތް ގޮތުން، ޔުނިވާސިޓީއަކަށްވުމަށް ޝަރުތުހަމަވާ ކޮލެޖެއް ރާއްޖޭގައި ނެތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: