ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ޓީވީގެ ލައިސަންސް ދަމަހައްޓަން ނެރުނު އަމުރު ހައިކޯޓަށް!

ބްރޯޑް ކާސްޓިން ކޮމިޝަނުގެ މެމްބަރުން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަތޭކަ އިންސައްތަ ހިއްސާވާ ދިވެހި ކުންފުޏަކަށް ދިރާގު ނުވާތީ، އެ ކުންފުނީގެ ރީ ބްރޯޑްކާސްޓިން ލައިސަންސް އާ ނުކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމާފައިވާ ނިންމުން އުވާލުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ދިރާގު ޓީވީގެ ރީބްރޯޑްކާސްޓިން ލައިސަންސް ދެމެހެއްޓުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ ބްރޯޑްކޮމްއިން އިސްތިއުނާފަށް ހުށަހަޅައިފި އެވެ.

ރީބްރޯޑްކާސްޓު ކުރުމުގެ ގަވައިދަށް ގެނައި އިސްލާހުގެ ދަށުން، ރީބްރޯޑްކާސްޓިންގެ ހުއްދަ ދެވޭނީ ހަމައެކަނި ސަތޭކަ އިންސައްތަ ދިވެހި ކުންފުނިތަކަށެވެ. އެހެންވެ ދިރާގުގެ ލައިސަންސް އާ ނުކުރުމަށް ކޮމިޝަނުން ނިންމީ އެވެ.

ބަހުރައިންގެ ބަޓެލްކޯގެ ބޮޑު ހިއްސާއެއް އޮންނަ ދިރާގުގެ ޝަރުތު ހަމަނުވަނީ އެ ސަބަބާއި ހުރެ އެވެ. 2013 ގައި އެ ކުންފުންޏަށް ދޫކުރި ރީބްރޯޑްކާސްޓް ލައިސަންސް ހަމަ ވާނީ އަންނަ ޖެނުއަރީ މަހުގެ 30 ގަ އެވެ.

ރީބްރޯޑްކާސްޓިންގެ ހިދުމަތް މެދުކެނޑުމެއް ނެތި ފޯރުކޮށް ދިނުމުގެ ހައްގު އެ ކުންފުންޏަށް ވެސް ލިބިގެންވާކަން ފާހަގަކޮށް، ދިރާގުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ވަގުތީ އަމުރެއް ނެރެފައި ވަނީ ނޮވެމްބަރު 10 ގަ އެވެ. މީގެ ކުރިން ދިރާގުން މި މައްސަލަ ހައިކޯޓަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހެޅުމުން، އެ ކޯޓުން ނިންމީ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.

ރީބްރޯޑްކާސްޓިން ހިދުމަތް ދިނުމަށް ދިރާގުން ބޮޑު އިންވެސްޓުމަންޓުތަކެއް ކުރުމާއި އެކު، އެތައް އަހަރެއް ވަންދެން ކުރި މަސައްކަތުން ކަސްޓަމަރުން ހޯދާފައިވާއިރު މިިކަމުގައި ތިން ވަނަ ފަރާތެއްގެ މަސްލަތަހު އެކުލެވޭތީ ކޯޓުން އަމުރު ކުރީ ކޯޓުން މައްސަލަ ނިމެންދެން ދިރާގު ޓީވީގެ ލައިސަންސް ދެމެހެއްޓުމަށެވެ.

ދިރާގުގެ ލައިސަން ޖެނުއަރީ މަހަށް ހަމަވީ ނަމަވެސް، ކޯޓުގެ އެ ނިމުމާއި އެކު މައްސަލަ ކުރިޔަދާ ހިނދެއްގައި ހިދުމަތް ދިނުމުގައި ދައްޗެއް ދިމާ ނުވާނެ އެވެ. ކޯޓުގެ ނިންމުމާއި މެދު ހިތްހަމަނުޖެހޭތީ، ބްރޯޑްކާސްޓިން ކޮމިޝަނުން މައްސަލަ ހައިކޯޓަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހު އެވެ.

ކޮމިޝަނުން އިސްތިއުނާފަށް މައްސަލަ ހުށަހެޅި ނަމަވެސް، ކޯޓުން އެ ބަލައިގަތުމާއި މެދު އަދި ގޮތެއް ނުނިންމަ އެވެ.

މައްސަލައިގައި ބްރޯޑްކޮމްއިން ބުނެފައި ވަނީ، ދިރާގަށް ރޫކޮށްފައިވާ ރީބްރޯޑްކާސްޓު ކުރުމުގެ ލައިސެންސްގެ މުއްދަތު 29 ޖެނުއަރީ 2023 ގެ ނިޔަލަށް ދެމި އޮންނާނެކަމަށް ދިރާގުން އިންކާރު ނުކުރާ ކަމަށެވެ. އަދި ލައިސަންސްގެ މުއްދަތަށް ދެމިއޮތުމުގެ ގަވައިދުން އެކަމަށް ހުރަސް ނާޅާކަން އެނގެން އޮތުމުން ވަގުތީ އަމުރުގެ ދެށުން އެދިފައިވާ ފަރުވާއަކީ ދައުވާފައި ވެސް އެދިފައިވާ ފަރުވާއެއްކަމަށެވެ. އެހެންކަމުން، ކޯޓުގައި ކޮމިޝަނުން އެދުނީ މައުޟޫއީ ގޮތުން މައްސަލަ ބަލައި ނިންމުމުގެ ކުރިން އެފަދަ އަމުރެއް ނެރެ ނުދެވޭނެކަމަށާއި، މި ސަބަބުތަކަށްޓަކައި ވަގުތީ އަމުރު ނެރެދޭން ޖެހޭނެ ޝަރުއީ އަދި ގާނޫނީ އެއްވެސް ހަމައެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ.

ނަމަވެސް ކޯޓުން ނެރުނު އަމުރުގައި ވަނީ، މި ބާވަތުގެ ދައުވާތަކަކީ ވީ އެންމެ އަވަސް މުއްދަތެއްގައި ގޮތެއް ކަނޑައެޅުމަށް ޝަރީއަތުން އިސްކަން ދޭނެ މައްސަލަތަކެއް ނަމަވެސް ދިރާގަށް ދޫކޮށްފައިވާ ރީބްރޯޑްކާސްޓު ކުރުމުގެ ލައިސެންސްގެ މުއްދަތު ހަމަވާން ކައިރިވެފައިވާ ކަމަށެވެ. އަދި އޭގެ ކުރިން ގޮތެއް ކަނޑަނޭޅިއްޖެ ނަމަ، ނުވަތަ އޭގެ ފަހުން މައްސަލަ މައުޟޫއީ ގޮތެއްގައި ބަލައި ގޮތެއް ކަނޑައަޅާ ހާލަތެއްގައި ވަގުތީ އަމުރަށް އެދޭ ފަރާތާއި އެއްކޮށް ހުކުމް ކުރެވުނު ނަމަވެސް އޭގެ ސަބަބުން ދައުވާ ރައްދުވާ ބްރޯޑްކޮމްއަށް ލިބޭނެ ގެއްލުމެއް ނެތަސް ވަގުތީ އަމުރަށް އެދޭ ދިރާގަށް ލިބޭ ގެއްލުމަކީ އެއީ އިޔާދަ ނުކުރެވިދާނެ ވަރުގެއް ގެއްލުމެއްކަމަށް ބެލެވެން އެބައޮތް ކަމަށެވެ.

އެހެންވެ، ސިވިލް ކޯޓުން ވަނީ މައްސަލައިގައި ކޯޓުން ވަކި ގޮތެއް އަންގަން ދެން ދިރާގަށް ދޫކޮށްފައިވާ ރީބްރޯޑްކާސްޓު ކުރުމުގެ ލައިސަންސްގެ ދަށުން ރޯބްރޯޑްކާސްޓުގެ ހިދުމަތް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމުގެ ހައްގު އެބައޮތްކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުގެ މައްޗަށް އަމުރުކޮށްފަ އެވެ.

ރައްޔިޔުންގެ މަޖިލީހަށް މައްސަލަ ހުށަހަޅައި، ކޮމިޓީ މަރުހަލާ ކުރިޔަށް ދާ މި މައްސަލައިގައި ދިރާގުން މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީގައި ބުނެފައި ވަނީ މިއީ ވަކި ބައެއްގެ މަންފާއަށް ނިންމި ނިންމުމެއްގެ ގޮތުގައި ގަބޫލު ކުރާ ކަމަށެވެ. އަދި ކުއްލިއަކަށް ގަވައިދަށް މިހާ ބޮޑު ބަދަލެއް ގެންނަން ޖެހުނު ސަބަބާއި މެދު ސުވާލު އުފައްދައި، ދިރާގުން ބުނެފައި ވަނީ އެ ކުންފުނީގެ ކޭބަލް ޓީވީގެ ހިދުމަތް މެދުކަނޑާ ނުލައި ކުރިޔަށް ދެވޭނެ މަގެއް ހޯދުން މުހިންމު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: