ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރުން ބޮޑު މުސާރަ ނަންގަވައިގެން މަޖިލީހަށް ހާޒިރު ނުވުމަކީ ހިތާމަހުރި ކަމެއް: ރައީސް ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީޙުގެ މެމްބަރުން ބޮޑު މުސާރަ ނަންގަވައިގެން މަޖިލީހުގެ ޖަލްސާއަށް ހާޒިރު ނުވުމަކީ ހިތާމަހުރި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވަނީ ހަފްތާއަކު ތިން ދުވަހުއެވެ. އެއީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ. އެގޮތުން ބުދަ ދުވަހުގެ ޖަލްސާ ފެށުމަށް ކަނޑައަޅާފައިވާ ގަޑީގައި ޖަލްސާ ފެށިފައި ނުވާތީ ރައީސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ބުދަ ދުވަހުގެ ޖަލްސާ ފެށިއރު ތަޅުމުގައި ތިއްބެވީ 22 މެމްބަރުންނެވެ. މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދަކީ 87 މެމްބަރުންނެވެ.

ބުދަ ދުވަހުގެ ޖަލްސާ 9:00 ގައި ފެށުމަށް ކަނޑައަޅާފައިވީނަމަވެސް ޖަލްސާ ފެށުމަށް ބޭނުންވާ ކޯރަމް ނެތުމުން ޖަލްސާ ފެށުނީ ލަހުންނެވެ. އެކަމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީޙުގެ މެމްބަރުންނަށް ކޮމެޓީ އެލެވެންސްއާއިއެކު 80،000ރ އަށް ވުރެ ބޮޑު މުސާރައެއް ގެއަށް ގެންދަވާ ކަމަށެވެ. ނަމަވެސް މަޖިލީޙުގެ ޖަލްސާތަކަށް ގަޑިއަށް ހާޒިރު ނުވެ ޖަލްސާތަކަށް ހާޒިރު ނުވުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމަސް އިންތިހާބު ކޮށްފައިވާ ރައްޔިތުންގެ ވަކީޅުން ކަމަށާއި އެހެންކަމުން ބޮޑު މުސާރައެއް ގެއަށް ގެންދަވާއިރު މަޖިލީހަށް ހާޒިރުވާން ޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: