ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާދީއްތަ ދުވަސް ނިމުމުގެ ކުރިން ހައިކޯޓުގެ ހުކުމާއި އެއްގޮތަށް މުސްހަބަށް 1.1 މިލިޔަން ރުފިޔާ ދޭން ސީއެސްސީގެ މައްޗަށް އަމުރުކޮށްފި

އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ މަގާމު އަދާ ކުރި މުއްސަބު/ ފޮޓޯޅ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން ވަކިކުރި މުއްސަބް އަބްދުﷲ އަށް 1.18 މިލިޔަން ރުފިޔާ ދޭން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މައްޗަށް  ހައި ކޯޓުން ކޮށްފައިވާ ހުކުމާއި އެއްގޮތަސް އެ ފައިސާ ދިނުމަސް ސިވިލް ކޯޓުން ސީއެސްސީއަށް އަމުރުކޮށްފިއެވެ.

ހައިކޯޓުގެ ހުކުމާއި އެއްގޮތަށް ސިވިލްސާވިސް ކޮމިޝަނުން އެ ފައިސާ ދީފައި ނުވާތީ މުސްއަބް ވަނީ ހުކުމް ތަންފީޒް ކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. މުސްއަބް ހުށަހެޅި އެ މައްސަލައާއި ގުޅިގެން ސުވިލް ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ ހައިކޯޓުން ކޮށްފައިވާ ހުކުމާއި އެއްގޮތަށް ސިވިލް ސާވިސް ކޮމިޝަނުން އަމަލުކޮށްގައި ނުވާ ކަމަށެވެ. އެހެން ކަމުން ކޯޓުން އަމުރުކޮށްފައި ވަނީ އަންނަ އާދީއްތަ ދުވަސް ނިމުމުގެ ކުރިން ހައިކޯޓުގެ ހުކުމުގައި މުސްއަބް ދޭން ހުކުމް ކޮށްފައިވާ 1.18 މިލިޔަން ރުފިޔާ ދިނުމަށް އަމުރުކޮށްފައެވެ.

ސިވިލް ކޯޓުން ސީއެސްސީގެ މައްޗަށް ،މި އަމުުރު ނެރުނުއިރު މައްސަލަ އިސްތިއުނާފް ކުރަން ބޭނުންވާ ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ. ނަމަވެސް ހުމުގައި ބުނެފައި ވަނީ ހައިކޯޓުން ކޮށްފައިވާ ހުކުމް މަތީ މަރުހަލާގެ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު އެ ހުކުމް ތަންފީޒް ކުރަން ޖެހޭނެ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2017، މެއި 29 ގައި މުއްސަބު ސަސްޕްންޑު ކުރީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބަލަމުންދާ މައްސަލައަކާއި ގުޅިގެންނެވެ. އޭގެ ފަހުން އޭނާ މަގާމުން ވަކި ކުރުމާއި ހަމައަށް އެކި ފަހަރު މަތީން 30 ދުވަހުގެ މުއްދަތަކަށް ފަސް ފަހަރަށް ސަސްޕެންޝަނުގެ މުއްދަތު އިތުރު ކުރި އެވެ. އެހެންވެ މަގާމުން ވަކި ކުރި މައްސަލައިގައި ބަދަލު ހޯދައިދޭން އެދި އާނެ ފަރާތުން ސީއެސްސީ އާއި ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެވެ.

އޭގެ ކުރިން އެ މައްސަލަ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ތެރޭގައި ބަހުސް ވެސް ކުރެވުނެވެ. އެއީ މުއްސަބުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވައި ސިޓީއެއް ހުށަހެޅުމުންނެވެ. ސިޓީގައި މުއްސަބު ބުނީ އޭނާއާ މެދު އަމަލުކުރަމުން ދާ ގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ މެދުވެރިކޮށް ސީއެސްސީ ޖަވާބުދާރީ ކޮށްދޭން އެދޭ ކަމަށެވެ. އަދި އޭނާއާ މެދު ފިޔަވަޅުތަކެއް އަޅަމުން ދަނީ ވަކި ބައެއްގެ ސިޔާސީ ނުފޫޒާ ހެދި އިންސާފުން ބޭރުންކަމަށް ސިޓީގައި ބުންޏެވެ.

2020، ސެޕްޓެމްބަރު 10 ގައި މަގާމުން ވަކި ކުރުމުން އެންމެ ފުރަތަމަ މުއްސަބު ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ އޭނާ ވަކި ކުރީ ގާނޫނާއި ހިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި، ވަޒީފާއިން ވަކި ކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށެވެ. އަދި މައްސަލައިގެ ގާނޫނީ އިޖުރާއަތްތަކަށް ހޭދަވި ފައިސާގެ ބަދަލު ނަގައިދޭން ވެސް އެ މައްސަލައިގައި ހުށަހެޅި އެވެ. އެ މައްސަލައިގައި 2020، ޑިސެންބަރުގައި އެ ކޯޓުން ނިންމީ މުއްސަބު މަގާމުން ވަކި ކުރީ ރަނގަޅަށް ކަމަށެވެ. އަދި އޭނާ ސަސްޕެންޝަނުގައި ހޭދަ ކުރި މުއްދަތުގެ މުސާރަ ރުޖޫއަކޮށްދޭން ނުޖެހޭނެކަމަށް ކޯޓުގެ ނިންމުމުގައި ވެއެވެ. މައްސަލައިގެ ރިޕޯޓުގައި ވަނީ މުއްސަބު މަގާމުން ވަކި ކުރީ ދިވެހި ސިވިލް ސާވިސްގެ ގާނޫނާއި ހިލާފަށް އަމަލު ކުރުމުގެ ސަބަބުން ކަމަށެވެ. އަދި ޕީއެސްގެ އިތުރުން މުއްސަބު ވަގުތީ ގޮތުން މިނިސްޓްރީގެ ފައިނޭންޝިއަލް އެގްޒެކެޓިވްއެއްގެ މަގާމު އަދާކުރިއިރު އޭނާއާއި ދެކޮޅަށް ސީއެސްސީއަށް ގިނަ މައްސަލަތަކެއް ލިބިފައިވާކަން ލިޔެކިއުންތަކުން އެނގެން އެބައޮތްކަމަށް ކޯޓުގެ ނިންމުމުގައި ވެއެވެ.

މުއްސަބު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އޭނާއި ދެކޮޅަށް ނިންމުމުން، އޭނާގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ އެވެ. އަދި ހައިކޯޓުން މައްސަލަ ބެލުމަށް ފަހު މިއަދު ކުރި ހުކުމުގައި ވަނީ މުއްސަބުގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރުމަށް ފަހު ސީއެސްސީއަށް ހުށަހެޅި ނަމަވެސް އެ ކޯޓަށް ހުށަހެޅި މައްސަލައިގައި ބަލަން ޖެހެނީ ވަޒީފާއިން ވަކި ކުރި ސަބަބުގައި ހިމެނޭ ބައިތައް އެކަނި ކަމަށެވެ. ކޯޓުގެ ހުކުމުގައި ބުނީ އެ މައްސަލައިގައި ދައުލަތާއި ސުވާލު ކުރުމުން އެ ލިޔުންތަކަކީ ދައުލަތުގެ ރަސްމީ ލިޔުމެއްކަން އަދި އެ ސިއްރު ލިޔުމަކަށް ވާ ސަބަބު ދައުލަތަށް ބުނެދެވިފައި ނުވާކަމަށެވެ.

ކޯޓުގެ ހުކުމުގައި ބުނީ މުވައްޒަފަކަށް މުސާރަ ލިބޭ ގޮތަށް، ނުވަތަ ނުލިބޭ ގޮތަށް ސަސްޕެންޑު ކުރުމުގެ އުސޫލުތައް ސިވިލް ސާވިސް ގަވައިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެފަދަ ފިޔަވަޅަކީ އެއީ މުވައްޒަފެއްގެ ކަރާމާތަކަށް ގެއްލުމެއް ވެދާނެކަމަށް ވާތީ އެ ފިޔަވަޅު އަޅަން ޖެހޭނީ ކޮންމެހެން އަޅަން ޖެހިގެންކަމަށް ގަވައިދުގައި ބުނާކަމަށް ކޯޓުގެ ހުކުމުގައި ވެއެވެ. އަދި އެފަދަ ގޮތަކަށް އެންމެ ދިގު މުއްދަތަކަށް ބެހެއްޓޭނީ 30 ދުވަހުގެ މުއްދަތަކަށްކަމަށް ބުނާއިރު މުއްސަބު ޖުމްލަ 105 ދުވަހު ސަސްޕެންޝަނުގައި ބެހެއްޓިކަން އެނގެން އެބައޮތްކަމަށް ހުކުމުގައި ފާހަގަ ކުރި އެވެ.

އެހެންކަމުން މުއްސަބު މަގާމުން ސަސްޕެންޑުކޮށް އަމަލު ކުރީ ސިވިލް ސާވިސްގެ ގަވައިދާއި ހިލާފަކަމަށް ހުކުމުގައި ވެއެވެ. އަދި ހުކުމުގައި ބުނީ އެގޮތަށް އަމަލު ކުރީ ގާނޫނީ ކޮން ސަބަބެއްގެ ތެރެއިންކަން ނުވަތަ ކޮން ހުއްޖަތެއްގެ ތެރެއިންކަން ދައުލަތަށް ދެއްކިފައި ނުވާ ކަމަށެވެ.

މި މައްސަލައިގައި ވަޒީފާ އިޔާދަކޮށްދޭން މުއްސަބު އެދިފައި ނުވެ އެވެ. އޭނާ އެދުނީ މަގާމުން ވަކި ކުރީ ގޯސްކޮށްކަމަށާއި، އެކަމުގެ ބަދަލު ނަގައިދިނުމަށެވެ. އެހެންވެ ޝަރީއަތުން ނިންމެވީ މުއްސަބު ވަކި ކުރީ ގަވައިދާއި ހިލާފަށްކަމުން އޭނާއަށް އޭގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށެވެ.

ކޯޓުގެ ހުކުމުގައި ވަނީ މުއްސަބުގެ ސަސެޕެންޝަން މުއްދަތުގައި އޭނާއަށް އިނާޔަތްތައް ހިމެނޭހެން މުސާރައިގެ ގޮތުގައި ލިބެން ޖެހޭ 86،333 ރުފިޔާ އާއި ވަޒީފާއިން ވަކި ކުރި ތާރީހުން ފެށިގެން އެއްބަސްވުމުގައި ވާ މުއްދަތު ހަމަވާއިރަށް ވާ މުސާރައިން 1.113 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.

ސީއެސްސީން މުއްސަބު މަގާމުން ވަކި ކުރީ އުސޫލުތަކުގެ ބޭރުން އިސްލާމިކް މިނިސްޓްރީ އަށް މުވައްޒަފަކު ވައްދައި، މުސާރައިގެ ގޮތުގައި ބޮޑު އަދަދެއް ނެގި މައްސަލާގައި އިހުމާލުވެފައިވާތީ އެވެ.

ސީއެސްސީން އެ ނިންމުން ނިންމާފައިވަނީ، އުސޫލުތަކުގެ ބޭރުން އިސްލާމިކް މިނިސްޓްރީ އަށް ވެއްދި މުވައްޒަފަށް މުސާރައިގެ ގޮތުގައި 160،000 އަށް ވުރެ ގިނަ ރުފިޔާ ދީފައިވާ މައްސަލާގައި މުއްސަބްގެ ބައިވެރިވުން އޮތުމުންނެވެ. މުސްއަބާއި ގުޅޭ އެ މައްސަލަ ސީއެސްސީ އަށް ހުށަހެޅީ އިސްލާމިކް މިނިސްޓްރީންނެވެ. އެ މައްސަލައިގެ އިތުރުން ވެސް ފައިސާ އާއި މުވައްޒަފުންގެ މުސާރައާ ގުޅުންހުރި ކަންކަމުގައި މުސްއަބް އިހުމާލުވެފައިވާ ކަމަށްބުނެ އިސްލާމިކް މިނިސްޓްރީން ހަތަރު ކަމެއް ސީއެސްސީ އަށް ހުށަހެޅި އެވެ. ސީއެސްސީން ނިންމީ އެ ހުރިހާ މައްސަލައެއްގައި ވެސް މުސްއަބް އިހުމާލުވެފައިވާ ކަމަށެވެ.

މުއްސަބުގެ މައްޗަށް ސީރިއަސް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ވެސް ކުރެވެ އެވެ. އޭގެ ތެރޭގައި މިނިސްޓްރީގައި ވަޒީފާ އަދާ ނުކުރާ މުވައްޒަފަކަށް ގަވައިދާއި ހިލާފަށް މުސާރަ ދިނުމާއި، ބައެއް ކޮންޓްރެކްޓް މުވައްޒަފުންނަށް އެއްބަސްވުމެއް ނުހަދައި މުސާރަ ދިނުން އަދި ގަވައިދާއި ހިލާފަށް ވަޒީފާގެ އެއްބަސްވުންތައް އެކުލަވާލުން ހިމެނެ އެވެ. އަދި މުއްދަބާއި ދެކޮޅަށް ކިތަންމެ މައްސަލައެއް ހުށަހެޅި ނަމަވެސް އޭނާ އަނބިމީހާ ސީއެސްސީގެ އިސް މަގާމެއްގައި ހުރިހާ ހިނދަކު އެއްވެސް ފިޔަވަޅެއް އަޅަން ނުކުރޭނެކަމަށް ބުނެ ވާހަކަ ދެއްކި މައްސަލައެއް ހިމެނެ އެވެ.

މީގެއިތުރުން ދައުލަތުގެ ރަސްމީ ސިއްރު ލިއުމެއް ސޯޝަލް މީޑިގައި ލީކުކޮށްލި މައްސަލައެއް ވެސް މުއްސަބާއި ދެކޮޅަށް ތަހުގީގު ކުރި އެވެ. އެކަމަކު މިހުރިހާ ތުހުމަތަކަށް މުސްއަބު އިންކާރު ކުރެއެވެ. މުސްއަބު ވިދާޅުވަނީ އޭނާ ވަޒީފާއިން ވަކި ކުރީ ކޮރަޕްޝަން އާއި ދެކޮޅުވުމާއި އެކަމަށް އަޑު އުފުލުމުގެ ސަބަބުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: