މެލޭޝިއާގެ ސިޔާސީ ދާއިރާގައި ގިނަ އަހަރުތަކެއްވަންދެން ހިދުމަތް ކުރައްވާފައިވާ އަންވަރު އިބްރާހިމް އެ ގައުމުގެ ބޮޑު ވަޒީރުގެ މަގާމަށް އައްޔަނުކޮށްފިއެވެ.
ޖަލުގައިވެސް ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ އަންވަރު އެ ގައުމުގެ ބޮޑުވަޒީރުގެ މަގާމާއި ހަވާލުވެވަޑައިގެންނެވީ މެލޭޝިއާގެ ރަސްގެންފާނު އެނާ އެ މަގާމަށް އައްޔަނު ކުރެއްވުމުންނެވެ. އެނާއަށް މި މަގާމު ލިބުނީ އިދިކޮޅުގެ ލީޑަރުގެ ގޮތުގައި 20 އަހަރު ހޭދަކުރެއްވުމަށްފަހުއެވެ.
މެލޭޝިއާގެ 10 ވަނަ ބޮޑުވަޒީރުގެ މަގާމަށް އައްޔަނު ކުރައްވާފައިވާ އަންވަރުވަނީ އެ ގައުމުގެ ވެރިންނާއި ބައްދަލު ކުރައްވާފައެވެ.
އެގައުމުގެ ރަސްގެފާނުވަނީ އަންވަރަށް އެ ގައުމުގެ ބޮޑުވަޒީރުކަން ހަވާލު ކުރެއްވުމަށްފަހު ރައްޔިތުންނާއި މުހާތަބު ކުރައްވާފައެވެ. އެނާ ވިދާޅުވި ގޮތުން އެ އިންތިހާބުގައި މޮޅުވި މީހުންނަކީ ހުރިހާ މޮޅެއް ލިބުން މީހުންނެއް ނޫނެވެ. އަދި ބަލިވި މީހުންނަކީ ހުރިހާ ކަމަކުން ބަލިވި މީހުންނެއްވެސް ނޫނެވެ. އެހެންކަމުން ގައުމައްޓަކައި ގުޅިގެން މަސައްކަތްކުރުމަށް އެ ގައުމުގެ ރަސްގެފާނު އިރުޝާދުދެއްވިއެވެ.

