ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދިން މީހާ ހައްޔަރުކޮށްފި

ބޮމެއް އޮތްކަމަުގެ އިންޒާރު ދިން މީހާ ހައްޔަރުކުރާ މަންޒަރު.
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ހުންނަ ކެފޭއެއް ކަމަށްވާ ބީޗް ކްލަބަށް ވަދެ ބޮމެއް އޮތް ކަމަށް ބުނި މީހަކު ރޭ ހައްޔަރުކޮށްފައިވާކަމަށް  ފުލުހުންގެ މުއައްސަސާއިން ބުނެފިއެވެ.

މިކަމާއި ގުޅިގެން ރޭ ފުލުހުން މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައިވަނީ ހުޅުމާލެ ބީޗް ކްލަބްގައި ހުރި މީހެއްގެ ދަބަހުގައި ގޮވާ ޒާތުގެ އެއްޗެއް އޮތްކަމަށް އެމީހާ ބުނާކަމަށް ބުނެ ފުލުހުންނަށް އާންމު ފަރާތަކުން ކޮށްފައިވާ ރިޕޯޓްއަކާއި ގުޅިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވެފައިވާކަމަށެވެ.

މި މައްސަލައާއި ގުޅިގެން ރޭގެ ވަގުތެއްގައި 38 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންކަމަށް އެ މުއައްސަސާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ހަމަ މި މަހުގެ ތެރޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ތައްޔާރުވަމުން ދާކަމުގެ އިންޓެލިޖެންސް މައުލޫމާތުތަކެއް ލިބި، ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން ފުލުހުން ވަނީ 14 މީހަކު ހައްޔަރުކޮށްފައިވާކަންވެސް ފާހަގަކުރެވެއެެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޓެރަރިޒަމް އެންޑް ވަޔަލެންސް އެކްޓިމިޒަމް ޔުނިޓުގެ ހެޑް، އިންސްޕެކްޓާރ އޮފް ޕޮލިސް އުސްވަތު އަހުމަދު ވިދާޅުވީ މައްސަލައިގައި ހައްޔަރު ކުރި މީހުންނަކީ ހަރުކަށި ފިކުރަށް ތާއީދުކޮށް އެކަމާއި ގުޅުން ހުރި ޓެރަރިސްޓު ޖަމާއަތް އައިއެސްއަށް ތާއީދު ކުރާ ބައެއް ކަމަށެވެ. އަދި އެ މީހުން މަސައްކަތް ކުރީ، ރާއްޖޭގައި ނިރުބަވެރި ހަމަލާއެއް ދީ ގައުމީ ސަލާމަތަށް ނުރައްކާކުރުމަށް ކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: