ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގެ މަގުތަކަށް ބޮޑު ބަދަލެއް!

ހުޅުމާލޭގެ މަގުތަކަށް ގެންނަ ބަދަލުތައް ދައްކުވައިދޭ ކުރެހުމެއް. ފޮޓޯ: އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެގައި ދިރިއުޅޭ އަދި އެކިބޭނުންތަކަށް ހުޅުމާލެ ޒިޔާރާތްކުރައްވާ ފަރާތްތަކަށް ފަސޭހަކަމާއިއެކު ދަތުރުފަތުރުކުރެވޭނެފަދަ އިންތިޒާމް ގާއިމްކުރުމުގެ ގޮތުން ހުޅުމާލެގެ މަގުތަކަށް ބަދަލުގެނައުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ނިންމައިފިއެވެ.

އެޗްޑީސީ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލެ ނިރޮޅުމަގާއި އަދި އެހެނިހެން މަގުތަކުގައިވެސް ލޭންތަކަށް ބަހައިލެމުގެ ކުރެހުމުގެ މަސައްކަތް އެޗްޑީސީން ވަނީ ފަށާފައިކަމަށެވެ. އެގޮތުން ބަހަށް ހާއްސަކޮށްގެން، ބަސް ދުއްވާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން ބަސް ލޭނެއްވަނީ ކަނޑައަޅާފައިކަމަށާއި، އަދި މީގެ އިތުރުން އެހެނިހެން ވެހިކަލްތަކަށާއި ބައިސިކަލް ދުއްވުމަށްވެސް ހާއްސަ ލޭނެއް ވަނީ ކަނޑައަޅާފައިކަމަށްވެސް އެޗްޑީސީއިން ވަނީ ބުނެފައެވެ.

އެޗްޑީސީ އިން މި މަސައްކަތް ފާހަގަކޮށްފައިވަނީ ހުޅުމާލެގައި ގިނަ މީހުން އާބާދުވުމާއި ގުޅިގެން، ދުނިޔޭގެ ސްޓޭންޑަޑަށް ހުޅުމާލޭގެ މަގުތައް ގެނެވުމަށާއި ޓްރެފިކްގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކުރެވިގެންދާ ވަރަށް މުހިއްމު މަސައްކަތެއްގެ ގޮތުގައެވެ.

ލޭންތައް ކަނޑައަޅާފައި ހުންނާނެ ގޮތުގެ ކުރެހުމެއް. ފޮޓޯ: އެޗްޑީސީ

ހުޅުމާލެ މެއިން މަގުތަކުގައި 13.2 މީޓަރުގެ ފުޅާމިން ހުންނަކަމަށް ފާހަގަކޮށް އެޗްޑީސީއިން ބުނެފައިވަނީ، އެގޮތުން 4 ލޭނަކަށް ބަހާލައިގެން އެއްފަހަރާ 4 ވެހިކަލް އެއް މަގުން ދުއްވޭނެގޮތަށް ވަނީ ޕްލޭން އެކުލަވާލާފައިކަމަށެވެ. މި ބަދަލު ގެނެވުމަށް މިހާތަނަށް އެ ކޯޕަރޭޝަނުން މަސައްކަތް ފަށާފައިވަނީ ހުޅުމާލެގެ ނިރޮޅުމަގުގެ އިތުރުން ސެންޓްރަލް ޕާކް ވަށައިގެން އޮންނަ މަގުގައިކަމަށް އެޗްޑީސީ އިން ބުނެފައިވާއިރު، މި ބަދަލާއި އެކު ހުޅުމާލެގެ ނިރޮޅުމަގުގައި އެއްވެސް ގޮތަކަށް ވެހިކަލް ޕާކުކުރެވިފައި ނުބެހެއްޓޭނެކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް ނިރޮޅުމަގުގައި ހުންނަ ފްލެޓުތަކާއި ގެތަކުގެ ކައިރީގައި ޕާކްކުރުމުގެ އިންތިޒާމް އެޗްޑީސީގެ ފަރާތުން ހަމަޖައްސައިދެވިގެންދާނެކަމަށް ކުންފުނިން ވަނީ މައުލޫމާތުދެއްވާފައެވެ. އަދި މިހާރުވެސް ގިނަ ޕާކިންގ ލޮޓްތަކެއް ހުޅުމާލެގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރެވި، ޕާކު ކުރެވޭނެ އިތުރު ތަންތަން ގާއިމުކުރުމުގެ މަސައްކަތްވެސް ކުންފުނިން ކުރަމުންދާކަމަށް ބުނެފައިވެއެވެ.

އެޗްޑީސީއިން ބުނެފައިވަނީ ހުޅުމާލެގެ ޕަބްލިކް ޓްރާންސްޕޯޓްގެ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލެގައި ބައިސިކަލް ލޭނެއް ގާއިމްކުރުމުގެ ގޮތުން ބައިސިކަލް ލޭން ކުރެހުމުގެ މަސައްކަތް ކުންފުނިން ކުރަމުންދާކަމަށެވެ. އެގޮތުން މަގު 4 ލޭން އަކަށް ބަހާލެވިފައިވާއިރު، ބަސް ލޭންއަކާއި ސައިކަލު ދުއްވާ ލޭންގެ އިތުރުން އެއް ލޭން ކަނޑައަޅާފައިވަނީ ބައިސިކަލް ދުއްވާ ފަރާތްތަކަށް ބޭނުންކުރުމުގެ ގޮތުންކަމަށް އެޗްޑީސީއިން ފާހަގަކޮށްފައިވެއެވެ.

ލޭންތައް ކަނޑައަޅާފައި ހުންނާނެ ގޮތުގެ ކުރެހުމެއް. ފޮޓޯ: އެޗްޑީސީ

ހުޅުމާލެގައި ބައިސިކަލް ލޭންއެއް ކަނޑައެޅުމުގެ މަގުސަދެއްކަމުގައި އެޗްޑީސީ އިން ފާހަގަކޮށްފައިވަނީ ބައިސްކަލަކީ ވަރަށް ސްޕީޑް ދަށްކޮށް ދުއްވާ އުޅަދެއް ކަމަށް ވުމާއިއެކު، ބާރު ސްޕީޑްގައި ދުއްވާ އެހެނިހެން އުޅަދުތަކަށް ދަތިނުވާގޮތަށް މަގުގެ އެއްފަޅިން ބައިސިކަލް ދުއްވުމަށް ހާއްސަ ސަރަހައްދެއް ކަނޑައެޅިފައިވުމުން ދުއްވާ ފަރާތްތަކަށް ދަތިތަކާއި ކުރިމަތިލާންނުޖެހި މަގު ބޭނުންކުރުމުގެ ފުރުސަތު ދިނުމެވެ.

މީގެއިތުރުން، ބައިސިކަލް ދުއްވާ ރޫޓު ފާހަގަކުރުމުގެ ގޮތުން ނޫކުލަ، ބައިސްކަލްލޭނަށް ހާއްސަ ކުރުމަށް ނިންމާފައިވާކަމަށް ވަނީ ބުނެފައެވެ. އަދި މިބަދަލާއިއެކު، މަގުގެ ހިނގާ ފަރާތްތަކަށް ފަސޭހަވާނެގޮތަށް ޑިރެކްޝަނަލް ތީރުތަކެއް މަގުގެ ތާރުމަތީގައި ކުރެހިފައި ހުންނާނެކަމަށް ކުންފުނިން ވަނީ ބުނެފައެވެ.

މިއީ އާންމުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ކުރެވިގެންދާ ކަމެއްކަމަށް ފާހަގަކޮށް އެޗްޑީސީ އިން ބުނެފައިވަނީ ުޅުމާލެގައި މިފަދައިން ލޭންތަކެއް ކަނޑައަޅާ މި ލޭނާއި އެއްގޮތަށް ދަތުރުފަތުރުގެ ކަންކަން ކުރަން ފެށުމުން އާންމުންނަށް ލުއިފަސޭހަވާނެކަމަށް ކުންފުނިން ގަބޫލުކުރާކަމަށެވެ. ދި މިފަދަ ކަންކަން އެއްވެސް ހުރަހެއް ނެތި ކުރިޔަށް ގެންދިޔުމަށްޓަކައި އާންމުންގެ ފަރާތުންވެސް އެއްބާރުލުން ނުހަނު ބޭނުންވާނެކަމަށް މަގުތަކަށް ގެނެވުނު ބަދަލާއި ގުޅިގެން ނެރުން ބަޔާނުގައި އެޗްޑީސީއިން ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: