ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުމީ ބަދަލުވުން ދެމިއޮތުމަށް އިންވެސްކުރުން މުހިއްމު: ޝައުނާ

އެންވަޔަރަ މިނިސްޓަރ އައިމިނަތު ޝައުނާ: : ފޮޓޯ މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބަދަލުވަމުންދާ މޫސުމުގައި  ދެމިއޮތުމަށްޓަކައި، އަގުބޮޑުކޮށް ގޮނޑުދޮށް ޙިމާޔަތްކުރުމާއި، އެހެނިހެން އެޑަޕްޓިވް ފިޔަވަޅުތަކަށް އިންވެސްޓްކުރުން ނޫން ގޮތެއް ވެސް  ނެތް ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ތިމާވެށި ދުވަސް ފާހަގަކުރުމަށް ފުވައްމުލަކުގައި ރޭ ބެއްވި ޖަލްސާގައި ޝައުނާ ވިދާޅުވީ ތިމާވެށީގެ މައްސަލަތަކަކީ ރާއްޖޭގެ ތަރައްގީއާ ގުޅުން ހުރި މައްސަލަތަކެއް ކަމަށެވެ. އަދި ތަރައްގީ ރާއްޖޭއަކަށް ގުދުރަތީ މާހައުލުގެ ރައްކާތެރިކަމަކީ ނުހަނު ބޭނުންތެެރި ކަމެއް ކަމަށް ޝައުނާ ވިދާޅުވިއެވެ.

މޫސުމަށް އަންނަ ނޭދެވޭ އަސަރުތަކުގެ ސަބަބުން އިއާދަނުކުރެވޭ ވަރުގެ ގެއްލުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ގޮނޑުދޮށް ގިރުމުގެ ސަބަބުން ބިން ގެއްލުމާއި، އަޅުގަނޑުމެންގެ މުރަކަ ފަރުތައް ބްލީޗްވުން ފަދަ ގެއްލުންތައް ވެސް ފެންނަމުން ދާކަމަށް ޝައުނާ ވިދާޅުވިއެވެ. ރާއްޖޭގެ ރަށްތަކަކީ ކަނޑުގެ ލޮނުގަނޑުން އެންމެ 1 މީޓަރު އުސް ރަށްތަކެއް ކަމަށާއި ކަނޑުގެ ލޮނުގަނޑު އުފުލުމަކީ އަޅުގަނޑުމެންނަށް އޮތް ނުރައްކަލެއް ކަމަށް ވެސް ޝައުނާ ވިދާޅުވިއެވެ.

ގިނަ ރަށްރަށުގައި، ބޯހިޔާވަހިކަމުގެ ޢިމާރާތްތަކާއި، ސްކޫލްތަކާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، އެހެނިހެން ކްރިޓިކަލް އިންފްރާސްޓްރަކްޗަރ 50 އިންސައްތައަށްވުރެ ގިނަ ތަންތަން ހުންނަނީ ގޮނޑުދޮށުގެ 100 މީޓަރުގެ ތެރޭގައެވެ.  މިކަމުގެ ސަބަބުން މޫސުމަށް ކުރާ ނޭދެވޭ އަސަރުތަކާއި، ޚާއްޞަކޮށް ކުޑަކުދިންނާއި އެހެނިހެން ނާޒުކު ޖަމާޢަތްތަކަށް އަޅުގަނޑުމެންގެ ރައްޔިތުން ނާޒުކުކަން އިތުރުވެގެންދެއެވެ. ގެދޮރު ގެއްލުމާއި ދިރިއުޅުން ގެއްލުމުގެ ސަބަބުން ފަގީރުކަމުގެ ފުރުޞަތު ބޮޑުވެ، ގެދޮރު ގެއްލުމުގެ ސަބަބުން ޢާއިލާތައް ވަކިވެ، އިޖްތިމާޢީ އަދި ޘަޤާފީ ގުޅުންތައް ހީނަރުވެ، އާދަކާދައިގެ ދިރިއުޅުމަށް ހުރަސްއެޅި، ތަޢުލީމީ ފުރުޞަތުތަކަށް ހުރަސްއެޅި، ކާބޯތަކެއްޗާއި، ބޯހިޔާވަހިކަމާއި، ބޭސްވެރިކަން ފަދަ މުހިންމު ޒަރޫރީ ބޭނުންތަކަށް ބުރޫއަރާ ކަމަށް ވެސް ޝައުނާގެ ވާހަކައިގައި ވިދާޅުވެފައިވެއެވެ.

ޝައުނާ އިތުރަށް ވިދާޅުވީ ތިމާވެށީގެ މައްސަލަތަކަށް ހުށަހެޅޭ ހުރިހާ ކަމެއް ކުރުމާ ދުރުވުން މުހިންމު ކަމަށާއި ފަރުދީ ފެންވަރުގައި ވެސް ގުދުރަތީ މާހައުލުގެ ރައްކާތެރި ކަމަށް ސަމާލުކަމެއް ދީގެން އެމީހެއްގެ ޒިންމާ އެމީހަކު އަދާކުރުން މުހިއްމު ކަމަށެވެ.

އެޑަޕްޓޭޝަން އިތުރުކުރަން ޖެހިފައިވާ ކަންކަމަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކޮންމެ ދުވަހަކުވެސް އިޙްސާސްކުރެވޭ ޙަޤީޤަތެއް ކަމަށް ޝައުނާ ވިދާޅުވިއެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން އިމަރޖެންސީ ސަޕްލައި ފޯރުކޮށް ރެސްޕޮންސްތަކަށް ޙަރަދުކުރަން ޖެހޭ މިންވަރު އިތުރުވެގެންދެއެވެ. ފެންބޮޑުވުމުން ލިބޭ ގެއްލުންތަކަށް އެހީވާން ތައްޔާރުވުމާއި ،ބޯފެނުގެ އިމަރަޖެންސީ ސަޕްލައި ފޯރުކޮށްދިނުން ފަދަ ކަންތައްތައް ހިމެނޭ ކަމަށް ވެސް ޝައުނާ ވިދާޅުވިއެވެ.

ހިތާމައަކީ، މޫސުމަށް އަންނަ ނޭދެވޭ ހާދިސާތަކަށް އެޑަޕްޓޭޝަން އަދި ރެސްޕޮންސް ޚަރަދުތައް އިތުރުވުމުގެ ސަބަބުން، އަޅުގަނޑުމެންގެ ލިބެންހުރި ޢާންމު ވަސީލަތްތައް ހުސްވަމުންދާކަމެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން، ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލުކުރުމަށްޓަކައި، މިހާރުވެސް މަދުވެފައިވާ ޢާންމު ވަޞީލަތްތައް، އަޅުގަނޑުމެންގެ ޕްރޮގްރާމްތަކުން އެއްކިބާވަމުން ދާކަމަށް ވެސް ޝައުނާ ވިދާޅުވިއެވެ.

އެހެންނަމަވެސް، މޫސުމަށް އަންނަ ބަދަލުތައް ނައްތާލުމާއި، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމުގެ މަޤްޞަދުގައި، ޤައުމީ ސްޓްރެޓެޖީތަކާއި، އެކްޝަން ޕްލޭންތަކެއް  ތައްޔާރުކުރެވިފައި ވާ ކަމަށް ޝައުނާ ވިދާޅުވިއެވެ. މި ޕްލޭންތައް ތަރައްޤީކޮށްފައިވަނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން އަދި ޤައުމީ ސްޓްރެޓެޖިކް ޕްލޭންތަކުގެ މައްޗަށް ކަމަށް ވެސް ޝައުނާ ވިދާޅުވިއެވެ.  އެހެންނަމަވެސް، މި ސްޓްރެޓެޖަރީތައް ތަންފީޒު ކުރުމަށް ބޭނުންވާ ވަސީލަތްތައް މޮބިލައިޒް ކުރުމުގައި އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ދަތިތައް ވަރަށް ބޮޑު ކަމަށާއި  ޕްލޭންތަކުގެ ބޮޑުބައެއް އޮތީ ފަންޑު ނުކޮށް، ހަގީގަތެއް ނެތް ގޮތަށް ކަމަށް ޝައުނާ ވިދާޅުވިއެވެ.

ކެޕޭސިޓީ ވަރަށް ބޮޑަށް ހުއްޓިފައިވީ ނަމަވެސް، މޫސުމަށް އަންނަ ނޭދެވޭ އަސަރުތަކުގެ ސަބަބުން ލިބޭ ގެއްލުންކުޑަކުރުމަށާއި، އަޅުގަނޑުމެންގެ ކުދި ޖަޒީރާ މުޖުތަމަޢުތަކުގައި ރެޒިލިއަންސް ބިނާކުރުމުގައި ދެމިތިބުމަށް ޓަކައި ދިވެހި ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާ ކަމަށާއި އެކަމަކު އެކަމަށް ބައިނަލްއަގްވާމީ މުޖުތަމައުގެ އެއްބާރުލުން ބޭނުންވާ ކަމަށް ޝައުނާ ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ މައްސަލައިގެ ބޮޑުމިނަކީ،  މިހާރުގެ ކްލައިމެޓް ފައިނޭންސްގެ ތިންބައިކުޅަ އެއްބައި، ދިވެހިންގެ އަމިއްލަ ބަޖެޓް ވަސީލަތްތަކުން ލިބޭ ކަމަށްވެސް ޝައުނާ ވިދާޅުވިއެވެ. އެހެންނަމަވެސް، ހަމަ އެއަދަދުގައި ހިމެނެނީ، އަޅުގަނޑުމެން ދައްކަންޖެހޭ ލޯނުތައް ކަމަށް ޝައުނާ ވިދާޅުވިއެވެ.

އެހެން ކަމުން މިހާލަތުގައި ރާއްޖެ ފަދަ ނިކަމެތި ގައުމުތަކަށް ތަރައްގީގެ މަގެއްގައި ދެމިތިބެވޭނެ ނުވަތަ ދެމެހެއްޓެނިވި ތަރައްގީގެ މަގަކަށް ނުދެވޭނެ ކަމަށް ވެސް ޝައުނާ ވިދާޅުވިއެވެ.

މޫސުމަށް އަންނަ ނޭދެވޭ އަސަރުތަކަށް އިޖާބަދިނުމުގެ ޤާބިލުކަން ރާއްޖޭގެ ރަށްރަށުގައި ކުޑަނަމަވެސް، އުއްމީދު ދޫކޮށްލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ޝައުނާ ވިދާޅުވިއެވެ.

ކޮޕް27 ގައި ލޮސް އެންޑް ޑެމޭޖް ފަންޑެއް ޤާއިމްކުރުމަށް މިމަހުގެ ތެރޭގައި ނިންމުމާ ގުޅިގެން، މޫސުމަށް ނުރައްކާވާ އެހެން ޤައުމުތަކާއި ގުޅިގެން، މި ފަންޑު ހިންގުމަށް ވަރަށް ބޮޑަށް އުއްމީދުކުރަމެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ތެރެއިން އަހަރަކު 100 ބިލިއަން ގެ ކްލައިމެޓް ފައިނޭންސްގެ އަމާޒަށް ގައުމުތަކުން ވާސިލްވެ، އެޑަޕްޓޭޝަން ފައިނޭންސް ނަޒުކު ގައުމުތަކަށް ދެގުނަ އަށް އިތުރުކުރުމަކީ ވެސް ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށް ޝައުނާ ވިދާޅުވިއެވެ.

ޕެރިސް އެގްރީމެންޓްގައި ހުރި އަމާޒުތަކާއި އެއްގޮތަށް އަދި ފައިނޭންސް ފްލޯއެއް އެއްގޮތްކުރުމަށްޓަކައި ކްލައިމެޓް ފައިނޭންސް ސްކޭލްކޮށް، ސިޔާސަތުތައް އެންމެ ފަހުގެ ސިޔާސަތުތައް ގެނައުމުގެ ވައުދު އާކުރަން ޖެހޭ ކަމަށާއި  އަދި އެކަން ކުރުމުގައި، މޫސުމީ ކާރިސާގެ އެންމެ ކުރީ ސަފުގައި، އެންމެ ނާޒުކު ފަރާތްތަކާ ހަމައަށް ވާސިލުވާކަން ކަށަވަރުކުރަން ޖެހޭ ކަމަށް ޝައުނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: