ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި ހުރި ގަރާޖުތައް ހުޅުމާލެއަށް ބަދަލުކުރަނީ

ހުޅުމާލެ ފްލެޓް ސަރަހައްދު / ގޫގަލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ގަރާޖުތައް ހުޅުމާލެ އަށް  ބަދަލުކުރަން ބިން ދޭން އެޗްޑީސީން ނިންމައިފި އެވެ.

އެޗްޑީސީ އިން ބުނިގޮތުގައި މާލޭގައި ހިންގާ 1،000 އަކަފޫޓަށް ވުރެ ކުޑަ ގަރާޖުތަކަށް 1،000 އަކަފޫޓު އަދި އެއަށްވުރެ ބޮޑު ގަރާޖުތަކަށް ހުޅުމާލެއިން 1،300 އަކަފޫޓުގެ ބިން ދޫކުރަން ހަމަޖައްސާފައިވާ ކަމަށެވެ.

އެޗްޑީސީން ބުނި ގޮތުގައި ގަރާޖުތައް ބަދަލުކުރަން ބިން ހޯދުމަށް އެކުންފުނީގެ ފަރާތުން ވަކި އިއުލާނެއް ކުރާނެ ކަމަށާއި އެކަމުގެ ތަފްސީލުތައް ފަހުން ހިއްސާކުރާނެ ކަމަށެވެ.

މާލޭގައި ގަރާޖާއި ގުދަން ފަދަ ތަންތަން މަދުން ނަމަވެސް ދަނީ ހިންގަމުންނެވެ. އެފަދަ ތަންތަނުގައި ނުރައްކާތެރި ހާދިސާތައް ހިނގައި ތަނުގައި ހުންނަ މުދަލާއި ދިރިއުޅެމުންދާ މީހުންނަށް އެކިވަރުގެ އަނިޔާވެ ފުރާނައަށް ނުރައްކާވެފައި ވާކަން ފާހަގަ ކޮށްލެއެވެ.

ދާދި ފަހުން މާލޭގައި މ ނިރުފެހިގޭގައި ހިންގަމުންދިޔަ ގަރާޖެއްގައި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ވަނީ ހިނގާފައެވެ.

މި ހާދިސާގައި 10 މީހުން ނިޔާވެފައިވާއިރު ތަނުގައި ދިރިއުޅުނު މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބި ތަންވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ.

އެކަމާއި ގުޅިގެން ގަރާޖުތަކާއި ގުދަންތައް މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ދުރު ހިސާބުތަކަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމާފައެވެ.

އެޗްޑީސީ އަށް ގުދަންތަކާއި ގަރާޖުތައް ބަދަލުކުރުމަކީ ސަރުކާރާއި އެކުންފުނި ގުޅިގެން މާލޭގައި ދިމާވާ ނުރައްކާތެރި ހާދިސާތައް ހުއްޓުވުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: