ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުމީ ބަދަލުތަކުގެ ސަބަބުން ގޯސްވެގެންދަނީ ތިމާވެށީގެ މައްސަލަތައް އެކަންޏެއްނޫން: ޝައުނާ

މިނިސްޓަރު އައިމިނަތު ޝައުނާ: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތައް ކުޑަ ކުރުމަށް އެކަށީގެންވާ އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެ ހާލަތެއްގައި މޫސުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުރާ މިންވަރު އިތުރުވެގެންދާނެކަމަށާއި ވެގެންދާ ގެއްލުންތައްވެސް އިތުރުވެގެންދާނެކަމަށް އެންވައިރަމެންޓު މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޔޫއެސްއެއިޑް ކްލައިމެޓު އެޑެޕްޓޭޝަން މަޝްރޫޢުގެ ދަށުން އިފްތިތާހު ކުރި ”އެންޓަރޕްރައިޒް ޑިވެލޮޕްމެންޓު ޕްރޮގްރާމް މޯލްޑިވްސް“ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝައުނާ ވިދާޅުވީ، ބައިނަލްއަގުވާމީ ޖަމިއްޔާ އައިޕީސީސީގެ ރިޕޯޓުގައި ރާއްޖެ ފަދަ ގައުމުތައް އޮތީ ”ކޯޑް ރެޑް“ ހާލަތުގައިކަމަށެވެ.

ޝައުނާ ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ ހަމަޖެހުމަށް ބޮޑެތި ދަތިތައް ކުރިމަތިވާކަމަށެވެ. އަދި ރާއްޖެ އުފެދިފައިވާ ގޮތާއި، އިގްތިސާދީ ގޮތުން މަދު ސިނާއަތުތަކަށް ބަރޯސާވެފައި އޮތުމަކީވެސް މޫސުމީ ބަދަލުތަކުގެ ޝިކާރައަކަށް ވުމުގެ ފުރުސަތު ރާއްޖެ ފަދަ ގައުމުތަކަށް އިތުރުވެގެންދާ ސަބަބެއްކަމަށެވެ.

ޝައުނާ ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން، ގޯސްވެގެންދަނީ ތިމާވެށީގެ މައްސަލަތައް އެކަނި ނޫންކަމަށެވެ. އަދި އެކަމުގެ ސަބަބުން އިގްތިސާދީ މައްސަލަތަކާއި ގައުމުގެ ކުރިއެރުމަށްވެސް ގޮންޖެހުންތައް ކުރިމަތިވާކަމަށްވެސް ފާހަގަކުރެއްވިއެވެ.

ޝައުނާ ވިދާޅުވީ، ރާއްޖޭގައި އުދަ އަރައި ފެންބޮޑުވުމުގެ މައްސަލަތައްވެސް މިހާރު އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ރަށް ގިރުމުގެ މައްސަލަ ކުރިމަތިވާކަންވެސް ފާހަގަކުރެވިފައިވާކަމަށާއި ހުރިހާ ރަށެއްގެވެސް ސާފު ފެނުގެ ލެންސު ތަގައްޔަރުވެފައިވާކަންވެސް އިންގިލައްވާކަމަށް ޝައުނާ ފާހަގަކުރެއްވިއެވެ.

އެނާ ވިދާޅުވީ، ދުނިޔެ ހޫނުވުމުގެ ސަބަބުން، ފަރުތަކަށްވެސް ބޮޑެތި ގެއްލުންތައް ލިބެމުންދާކަމަށެވެ. އަދި އަހަރަކުން އަހަރަކު ހޫނުވާ މިންވަރު އިތުރުވަމުންދާކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ އެކަމާއި ގުޅިގެން ފަރުތައް އަނބުރާ ރަނގަޅު ހާލަތަކަށް ރުޖޫއަވެގެންދިއުން ވެގެންދަނީ ދަތިކަމަކަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: