ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަގިރިއަށް ފެރީގެ ހިދުމަތް ދޭނެ ފަރާތެއް ހޯދަނީ!

ނައިބު ރައީސް ފައިސަލް ނަސީމް ކުޑަ ގިރި އަށް ޒިޔާރަތް ކުރެއްވުން: ފޮޓޯ/ އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކ ކުޑަގިރީގައި ސަރުކާރުން ތަރައްގީ ކުރަމުންދާ ޕިކްނިކް އައިލެންޑަށް ފެރީގެ ހިދުމަތްތައް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އެޗްޑީސީއިން އިއުލާނުކޮށްފިއެވެ.

އެޗްޑީސީގެ އިއުލާނުގައިވާގޮތުން، އެ ކުންފުނިން ހޯދަމުންދަނީ ކ ކުޑަގިރިއާއި މާލެ އާއި ދެމެދު ކޮންމެ ދުވަހަކުވެސް ދަތުރު ކުރުމަށް ޖުމުލަ ހަތަރު ފެރީއެވެ. އެގޮތުން ހޯދަަނީ 50-70 މީހުންގެ ޖާގަ ހުރި ދެ ފެރީ އަދި 80-100 ގެ ޖާގަ ހުރި ދެ ފެރީއެއް ކަމަށް އެ ކުންފުނިން ނެރިފައިވާ އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން ކ ކުޑަގިރި އަށް ފެރީގެ ހިދުމަތްތައް ފޯރުކޮއްދިނުމަށް ޝައުގުވެރާތްތަކުގެ ހުށައެޅުންތައް ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ހެނދުނު 11:00ގެ ކުރިން ހުށައަޅަންޖެހޭނެއެވެ.

އެޗްޑީސީއިން ވަނީ ފެރީތައް ދަތުރު ކުރާނެ ޝެޑިއުލްއެއްވެސް ހާމަކޮށްފައެވެ. އެގޮތުން ހެނދުނު 6:30، 6:50، 7:10 ގައި މާލެއިން ކުޑަ ގިރިއަށް ފުރާއިރު، ކުޑަ ގިރިން މާލެއަށް ދަތުރު ކުރުމަށް ކަނޑައެޅިފައިވަނީ ހަވީރު 5:20، 5:40 އަދި 6:00 ގައެވެ.

ރައީސް ސާލިހުގެ ވައުދެއްގެ ދަށުން ތަރައްގީ ކުރާ ކުޑަގިރީގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އެމްޓީސީސީއިންނެވެ. އެމްޓީސީސީ އާއި މި މަސައްކަތްތައް ހަވާލު ކުރީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. މި ރަށަށް ކަރަންޓު ދިނުމުގެ ހިދުމަތްތައް ދޭނީ ސްޓެލްކޯއިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: