ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫމެޓް ސުކޫބާއިން ހިންގި ޑައިވިން ކޯސްތަކުގެ ދަސްވެނީންނަށް ބައިނަލްއަގުވާމީ ފެންވަރުގެ ސެޓިފިކެޓެއް

ޔޫމެޓް ސްކޫބާއިން ކުރިޔަސް ގެންދިޔަ ޑައިވިން ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓިފިކެޓް ހަވާލު ކުރުމުގެ ރަސްމީއްޔަތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ ތިނަދޫގައި ޔޫމެޓް ސުކޫބާއިން ހިންގި ޑައިވިން ކޯސްތަކުގެ ދަސްވެނީންނަށް ސެޓިފިކެޓް ހަވާލުކޮށްފިއެވެ.

މި ސެޓިފިކެޓް ހަވާލުކޮށްފައިވަނީ ގދ ތިނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގެ ތެރެއިން މަޖިލީހުގެ ރައީސް އަދި ވެރިކަންކުރާ މައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ އަތްޕުޅުންނެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ މި ސެޓިފިކެޓް ޖުމްލަ 26 މީހުން ވަނީ ހާސިލްކޮށްފައެވެ. މިއީ ޔޫމެޓް ސުކޫބާ އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ސަރުކާރުން ފަންޑުކޮށްގެން ކުރިއަށް ގެންދިޔަ ކޯސްތަކެކެވެ.  މިކަމުގައި ވޯލްޑް ބޭންކް އަދި އެޑިއުކޭޝަން މިނިސްޓްރީގެ ހިއްސާވެސް ހިމެނެއެވެ.

ޔޫމެޓް ސުކޫބާއިން ވަނީ ބޭސިކް އިން ފެށިގެން އެޑްވާންސް ލެވެލް އާއި ހަމައަށް ކޯސްތައް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ދަސްވެނިވި 26 ދަރިވަރުން ހާސިލްކޮށްފައި އެޑްވާންސް ސެޓިފިކެޓެވެ.

މި ކޯސްތައް ރައީސް ނަޝީދު ސިފަކުރެއްވީ ޒުވާނުންނަށް ލިބިގެންދާނެ ވަރަށް ފަހި ފުރުސަތުތަކެއްގެ ގޮތުގައެވެ. އަދި އެމަނިކުފާނު ވަނީ މިފަދަ ކޯސްތައް ކުރިއަށް ގެންދިއުމަށް ޔޫމެޓް ސުކޫބާއިން ކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަކޮށް އެކަމަށްޓަކައި ޔޫމެޓް ސުކޫބާއަށް ޝުކުރު އަދާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: