ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުލޫކީ މިންގަނޑާއި ހިލާފަށް ތިން ފަނޑިޔާރަކު ނޫސްބަޔާނެއް ނެރުނު މައްސަލަ ބަލަނީ

ޖޭއެސްސީގެ ރައީސާ ހިސާން ހަސަން، ނައިބު ރައީސް މަސްތޫރު އަދި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު.
ޝެއާރކޮށްލާ ކަހަލަދޯ؟

ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފަށް ތިން ފަނޑިޔާރަކު ނޫސްބަޔާނެއް ނެރުނު މައްސަލަ ތަހުގީގު ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ނޫސްބަޔާނެއް ނެރުމުގައި ސުލޫކީ މިންގަނޑާއި ހިލާފްވެފައިވާ ކަމަށް ބުނެ މައްސަލަ ބެލުމަސް ނިންމާފައި ވަނީ ސ، ޖުޑިޝަލް ދާއިރާގެ ތިން ފަނޑިޔާރުންގެ މައްސަލައެވެ. އެއީ ސ، ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ހާޝިމްއާއި، ސ، ހިތަދު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޒިޔާދާ ޠޯހިރުގުގެ އިތުރުން ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދުގެ މައްސަލައެވެ.

ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި މައްސަލައަކަށްފަހު އެ ނިންމުމާ ގުޅޭ ގޮތުން ނޫސްބަޔާނެއް ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު ރަފީޢުއްދީން އަޙްމަދު ޢަމަލުކޮށްފައިވާކަމަށް ބެލެވޭތީ  2022 މާރޗް ދެ ވަނަ ދުވަހު ތަޚްޤީޤު ކުރަން ފެށި މައްސަލައިގެ ތަޙްޤީޤުގެ ތެރެއިން ސ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު ހާޝިމް އާއި ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޒިޔާދާ ޠާހިރުވެސް މި ތުހުމަތުގައި ސުލޫކީ މިންގަނޑާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ބެލެވެއެވެ. 

އެހެން ކަމުން އެ މައްސަލަ ބެލުމަށް 2022 ނޮވެމްބަރ 27 ވީ އާދީއްތަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 85 ވަނަ ޖަލްސާގައި ވަނީ ނިންމާ ކޮމިޓީއެއް އެކުލަވާލައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 75%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: