ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުކުޅުދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރުމަށް އެންބަސެޑަރުންނަށް އެޗްޑީސީގެ ދެ މުވައްޒަފަކު!

އެންބަސެޑަރުންނަށް ކަނޑައެޅި އެޗްޑީސީގެ މުވައްޒަފުން.
ޝެއާރކޮށްލާ ކަހަލަދޯ؟

މުޖުތަމައުގައި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރުމަށް އެޗްޑީ.ސީގެ ދެ މުވައްޒަފަކު އެންބަސެޑަރުންނަށް ކަޑައަޅައިފިއެވެ.

ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހާއި ގުޅިގެން އެޗް.ޑީ.ސީ އިން ހުޅުމާލޭގެ ތަރައްޤީއަށް ކުރާ މަސައްކަތުގައި ، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުގެ ހިޔާލާ މަޝްވަރާހިމަނައި އެފަދަ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް މަސައްކަތްކޮށް ލާމެހިފައިވާ ވެއްޓެއް ބިނާ ކުރުމަށް އެޗް.ޑީ.ސީގެ މުވައްޒަފުންގެ ތެރެއިން ދެ އެމްބެސެޑަރެއް އައްޔަނުކޮށްފައެވެ.

މިގޮތުން މި ކުންފުނީގެ ދެ މުވައްޒަފުން ކަމުގައިވާ އާމިނަތު އިރާޝާ އަދި އަހުމަދު ނަޖީބް ވަނީ ޑިސޭބިލިޓީ އެމްބެސެޑަރުންގެ ގޮތުގައި ހަމަޖައްސާފައެވެ. އެޗް.ޑީ.ސީގެ ހޮޓްލައިން 1516 އިން އެމްބެސެޑަރުންނަށް މައްސަލަތައް އަދި ހިޔާލުތައް ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

ޑިސޭބިލިޓީ އެމްބެސެޑަރުންގެ މަސްޢޫލިއަތްތަކުގެ ތެރޭގައި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތަކެއް މުޖުތަމައުގައި ފަހިކުރުމަށްޓަކާއި ވެށި ބިނާކުރާއިރު އެޗް.ޑީ.ސީއަށް މުޖުތަމައުގެ އެފަދަ ފަރާތްތަކުގެ ހިޔާލާ މަޝްވަރާ ފޯރުކޮށްދިނުން، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް އަލަށް ދިމާވާ ދަތިތައް ފާހަގަކޮށް އެޗްޑީސީއަށް ހުށައަޅައި އެކަންކަމަށް ހައްލު ހޯދުމަށް މަސައްކަތްކޮށް އެމަސައްކަތްތައް ކުރިއަށްދާ މިންވަރު މޮނިޓަރ ކުރުން އަދި ނުކުޅެދުންތެރިމުގެ ދާއިރާއިން މުޖުތަމަޢު ހޭލުންތެރިކުރުމަށް އެޗް.ޑީސީ އިން ރާވާ ޕްރޮގްރާމްތަކުގައި އެހީތެރިވެދިނުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: