ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތް ހިންގަން ޖެހޭ ގޮތަކީ މިއީ، މި ނޫން ގޮތަކަށް ހިންގަން ވެއްޖެނަމަ ނަތީޖާ ގޯސް ވާނެ!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

 ނޯޓް: މި ލިޔުމަކީ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ލިޔުއްވާފައިވާ “އިސްލާމީ ނަޒަރީއްޔާތު” މި ފޮތުގައިވާ މައުލޫމާތުތައް އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ. 

އިންސާނުންގެ ދިގު ތާރީޚުގައި އެކި މަރުޙަލާތަކުގައި ތަފާތު ޤައުމުތަކާއި ރަށްތަކާއި ދައުލަތްތަކުގެ ކަންކަން ހިނގައިދިޔަ ގޮތުގެ މަޢުލޫމާތު ތާރީޚީ ފަތްތުށްތަކުން ފެންނަން އެބަހުއްޓެވެ. އެ ދައުލަތްތަކުގެ ތާރީޚަށް ބަލާއިރު ކޮންމެވެސް މަރުޙަލާއެއް ނުވަތަ މަރުޙަލާތަކެއް އެހެން މަރުޙަލާތަކަށް ވުރެ ، ކޮންމެވެސް އެއް ގޮތަކުން ޚާއްޞައެވެ . އެއީ ކޮންމެ ޘަޤާފަތެއްގެ އަހުލުވެރި ބަޔަކު ހިންގި ދައުލަތެއް ކަމުގައި ވިޔަސް މިކަން އޮތީ މިހެންނެވެ . އެގޮތުން ދައުލަތްތަކުގެ އެ ފަދަ މަރުޙަލާތައް އެ ގޮތް މިގޮތުން ފާހަގަ ކުރެވިގެން ދަނީ އެމަރުޙަލާއެއްގައި އެދައުލަތެއް ހިންގަންތިބޭ ބައެއްގެ ޢަމަލުތަކާއި އެބަޔަކު ގެންގުޅޭ ވިސްނުމާއި ސިޔާސަތުތަކުގެ ސަބަބުންނެވެ .

ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ލިޔުއްވާފައިވާ ފޮތުގައިވާ ގޮތުން އެކި އެކި ޤައުމުތަކުގެ ވާހަކަ ޤުރުއާނުގައި ބަޔާންވެގެންވާއިރު، އެންމެ ބޮޑަށްއަމާޒުކުރައްވާފައިވަނީ އެމީހުންގެ ޢަސްކަރީ ވަރުގަދަ ކަމާއި އިޤުތިޞާދީ ފުދުންތެރިކަމާއި ޢުމްރާނީ ތަރައްޤީއާއި ވިޔަފާރިއާއި ކުރިއަރާފައިވާ މިންވަރަށެވެ.  ހަމައެހެންމެ މިޒަމާނުގައި ދައުލަތާއި ވެރިކަމެއް ހިންގައި ޤައުމެއް އިޤުތިޞާދީގޮތުންނާއި ޢުމްރާނީގޮތުން ތަރައްޤީކުރުމަށް ބޭނުންވާ ފަލްސަފީ މިސާލުތައް ޤުރުއާނާއި އިސްލާމީ ތާރީޙުން ލިބޭކަން ވަނީ ފާހަގަ ކުރައްވާފައެވެ.

އެގޮތުން އިސްވެދިޔަ ޤައުމުތަކާއި އުންމަތުގެ ކުށަކީ އެމީހުން ދުނިޔެއަށް ގެނައި އަޖައިބު ކުރުވަނިވި ކުރިއެރުމާއި ޙަޟާރަތެއްނޫނެވެ . ނަމަވެސް އެމީހުންގެ ކުށަކަށްވީ ހަމަ އެކަނި މާއްދިއްޔަތުގެ މައްޗަށް ޙަޟާރަތްތައް ބިނާކުރުމެވެ . އެ މީހުންގެ އާދަޔާ ޚިލާފު ކުރިއެރުންތަކާއެކު الله އަށް އީމާންވި ނަމަ އެމީހުންގެ ދައުލަތްތަކާއި ޙަޟާރަތު ޤިޔާމަތާ ޖެހެންދެން ދެމިގެން ދިޔައީހެވެ . ނަމަވެސް ވަޙީގެ މައްޗަށް ބިނާނުވި ދުނިޔޭގެ ކޮންމެ ޙަޟާރަތެއް ވެސް ވަނީ ތާޜީޚަށް ޖާގަދީ އިންސާނީ ވުޖޫދުން ފޮހެވިގެން ގޮސްފައިކަން ވަނީ ފާހަގަ ކުރައްވާފައެވެ.

ޑރ ޝަހީމް ފާހަގަ ކުރައްވާފައިވާ ގޮތުގައި ފާރިސީންގެ ވަރުގަދަ ދައުލަތާއި ރޯމަނުންގެ ވަރުގަދަ ދައުލަތާއި ބާބިލްގައި އުފެދުނު ވަރުގަދަ ޙަޟާރަތާއި މިޞްރުގައި އުފެދުނު ޙަޟާރަތްތަކަކީ މީގެ މިސާލުތަކެކެވެ .

ދައުލަތް ހިންގުމާއި ގުޅޭ ގޮތުން ޑރ ޝަހީމް ވިދާޅުވެފައިވާ ގޮތުގައި އިސްލާމްދީނަކީ ތަރައްޤީއާއި ޢުމްރާނީ ކުރިއެރުމަށް ގޮވާލާފައިވާ ދީނެވެ. އިސްލާމީ ޢަޤީދާގެ މަތީގައި ޤާއިމުވި ދައުލަތްތަކުންވަނީ ދުނިޔެ ޙައިރާންކޮށްލި ވަރުގަދަ ޙަޟާރަތެއް ޤާއިމުކޮށްދީފައެވެ. އުމަވީ ދައުލަތާއި އައްބާސީ ދައުލަތާއި ސްޕޭންގައި އުފެދުނު އިސްލާމީ ދައުލަތާއި ޢުޘްމާނީ ދައުލަތާއި ހިންދު ކަރައިގައި އުފެދުނު މުޣޫލުންގެ ދައުލަތަކީ، އިސްލާމީ ތާރީޚުގެ އިތުރުން އިންސާނީ ތާރީޚުގައި ވެސް ފާހަގަކޮށްކެވީ ދައުލަތްތަކެވެ.

ތާރީހުން ބުނެދޭ ކޮންމެ ކަމަކީ ވެސް އޭގެން އެތައް ފިލާވަޅުތަކެއް ހާސިލް ކުރެވޭނެ ކަންތައްތަކެވެ. އެހެންކަމުން ތާރީހުން ދަސްކޮށްދިން ފިލާވަޅުތަކުން އިބްރަތް ހާސިލްކޮށްގެން އަދުގެ ހާލަތަށް ނަޒަރު ހިންގުލުމަކީ މުހިންމު ކަމެކެވެ.

ޑރ ޝަހީމް ވިދާޅުވެފައިވާ ގޮތުގައި މިއަދުވެސް ދައުލަތްތަކުގެ އަމާޒު މާޒީގެ ޙަޟާރަތްތަކާ ވަކި ތަފާތެއް ނޫނެވެ . ބޮޑެތި ބިނާތަކާއި ވަރުގަދަ ކިއްލާތަކާއި އަސްކަރީ ބާރުވެރިކަމާއި އިޤުތީޞާދީ ކުރިއެރުން ހޯދުމަށް ދައުލަތްތަކުން މަސައްކަތްކުރެއެވެ . ޒަމާން މިއޮތީ ބަދަލުވެފައެވެ . ނަމަވެސް އިންސާނީ ފިކުރާއި ޠަބީޢަތާއި ވިސްނުން ބަދަލެއް ނުވެއެވެ.

ބަދަލުވީ ކަންކުރާ ގޮތެވެ. ކުރިން ބޮޑު ދުނިޔެއެއް ގޮތުގައި ދެކެމުން އައި ދުނިޔެ މިވަނީ ބަވަނަވެ ކުޑަ މުޖުތަމަޢަކަށް ވެފައެވެ. މުޖުތަމަޢުތައް ވެސް ވަނީ ބަދަލުވެފައެވެ. މުޖުތަމަޢުތަކުގައި އުޅޭ މީހުންނާއި އެއުރެންގެ ޙާޖަތްތަކާއި ބޭނުންތައްވެސް ވަނީ ބަދަލުވެފައެވެ .

އިލްމީ ދިރާސާތަކެއްގެ މައްޗަށް ޑރ ޝަހީމް ލިޔުއްވާފައިވާ ލިޔުއްވުމުގައި ފާހަގަކޮށްފައިވާ ގޮތުގައި ވަރުގަދަ ދައުލަތެއް ޤާއިމު ކުރުން ބިނާވެގެންވަނީ މައިގަނޑު ހަތަރު އަސާސެއްގެ މައްޗަށެވެ. އެއީ

1 ސިޔާސީ ހަމަޖެހުން

2 ގައުމީ ސަލާމަތާއި އަމަން އަމާންކަން

3. ވަރުގަދަ އިގްތިސާދު

4. ބައިނަލްއަޤުވާމީ ގުޅުން.  މި ހަތަރު އަސާސްގެ މައްޗަށެވެ.

ސިޔާސީ ހަމަޖެހުން

ޑރ ޝަހީމްގެ ލިޔުއްވުމުގައިވާ ގޮތުން ދައުލަތެއް ކުރިއަރައި ދިއުމުގެ އެންމެ މުހިންމު އެއް އަސާސަކީ އެދައުލަތެއްގައި ސިޔާސީ ހަމަޖެހުން ދެމި އޮތުމެވެ . އެއްވެސް ދައުލަތެއްގައި ސިޔާސީ ހަމަޖެހުން ދެމިގެންދާނީ ހަރުދަނާ ޤާނޫނު އަސާސީ އެއް އޮވެގެންނެވެ. އެ ޤާނޫނު އަސާސީއަކީ ޤައުމުގެ އެންމެހާ ރައްޔިތުންގެ ޙައްޤުތައް ރިޢާޔަތްކުރެވިގެންވާ ޤާނޫނު އަސާސީ އެއްކަމުގައިވާންވާނެއެވެ.

މީގެއިތުރުން ސިޔާސީ ހަމަޖެހުން ޤާއިމުވެގެން ދިއުމުގެ އަނެއް ކަމަކީ އިންސާނީ ޙައްޤުތައް ކަށަވަރު ވެފައި އޮތުމާއި މިނިވަންކަން ލިބިދީފައި އޮތުމެވެ. އެ މިނިވަން ކަމަކީ މުޠުލަޤު މިނިވަން ކަމެއް ނޫނެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ދިރިއުޅުމުގެ މިނިވަންކަމެވެ . ފިޠުރީ ގޮތުން އިންސާނާއަށް ލިބިގެންވާ މިނިވަންކަމަށް އެހެނިހެން ޤައިދުތައް ކުރިމަތިކުރެވޭ ނަމަ ، އޭނާގެ ކެތްތެރިކަން ކޮޅުންލާ ދުވަހެއް އަންނާނެއެވެ . ހަމަޖެހުން ގެއްލިގެންދާ ހިސާބަކީ އެއީއެވެ.

ހަމަ މިމަގުން ދައުލަތުގައި އޮންނަ ސަރުކާރަކީ ޚުދު މުޚުތާރު ސިފަތަކުން އެއްކިބާވެފައިވާ ، ރައްޔިތުންގެ ލޯބި ލިބިފައިވާ ސަރުކާރަކަށް ވާންޖެހޭނެއެވެ . ދައުލަތް ބިނާކުރުމުގައި ޙަޤީޤީ ބާރުވެރި ފަރާތަކީ ދުސްތޫރީ ގޮތުން ރައްޔިތުންނެވެ.

ދައުލަތެއްގެ ތެރޭގައި ސިޔާސީ ހަމަޖެހުން ޤާއިމުވެފައި އޮންނާނީ ސިޔާސީ ގޮތުން ޙަރަކާތްތެރިވުމަށް ބޭނުންވާ ފަރާތްތަކަށް ތަފާތުކުރުމެއް ނެތި ޖާގަ ދެވިގެންނެވެ .ތަފާތު ވިސްނުންތައް އޮތުމަކީ ޞުލްޙަވެރިކަމަށް މަގުފަހިކުރެވޭނެ ކަމެކެވެ . ފިކުރީ ތަފާތު ވުންތަކަކީ މުޖުތަމަޢުގައި ވަޒަންހަމަ ކުރުމުގެ މައިގަނޑު ތަނބެވެ . ކަންކަމުގައި ފާޑު ނުކިޔޭ ނަމަ ކަންކަން ރަނގަޅު ކުރެވޭނެ ގޮތެއްނޯންނާނެއެވެ. ބިނާކުރަނިވި ފާޑުކިއުންތަކަކީ ސިޔާސީ ހަމަޖެހުމުގެ ރުކުނެކެވެ.

ޤައުމީ ސަލާމަތާއި އަމަންއަމާންކަން

އަމަންއަމާންކަމަކީ ދައުލަތެއް ތަރައްޤީކުރުމުގެ އެންމެ މުހިންމު އެއް އަސާސެވެ . ޑރ ޝަހީމްގެ ލިޔުއްވުމުގައިވާ ގޮތުން އަމަން އަމާންކަން ދެމެހެއްޓޭނީ އަމަންއަމާންކަން ދަމަހައްޓަން ވަރުގަދަ ބާރުތަކެއް އޮވެގެންނެވެ. އެ ބާރުތަކުގެ މީހުންނަކީ ޒަމާނީ ތަމްރީނު ލިބިފައިވާ ބަޔަކަށް ވާންޖެހޭނެއެވެ . އަދި އަމަން އަމާންކަން ބަލަހައްޓާ މުއައްސަސާތަކަކީ ބޭނުންވާ ވަސީލަތްތައް ފުރިހަމަ ވެފައިވާ މުއައްސަސާތަކަކަށް ވާންޖެހޭނެއެވެ . އެ ބާރުތައް ވާންޖެހޭނީ ކޮންމެ ހިނދެއްގައި ވެސް އެތެރެއިންނާއި ބޭރުން ޤައުމަށް ކުރިމަތިވާ ގޮންޖެހުންތަކުން ޤައުމު ސަލާމަތްކުރެވޭނެ ފަދަ ޤާބިލު ބާރުތަކަކަށެވެ. ޢަމުދުން މިޒަމާނުގައި ހުރި ގޮންޖެހުންތަކުގެ ތެރޭގައި ޓެރަރިޒަމްގެ ނުރައްކާ ވަރަށް ބޮޑެވެ.

ޓެކްނޮލަޖީގެ ބޭނުންކޮށްގެން ފިކުރީ ގޮތުން ޓެރަރިޒަމްއާ ދެކޮޅަށް ހަނގުރާމަކުރުމުގެ ފަލްސަފާއެއް، ދައުލަތުގެ އަމްނާ ބެހޭ މުއައްސަސާތަކުގައި އޮންނަ ންވާނެއެވެ . މިޒަމާނުގައި ގިނަ ފަހަރު ކުދި ކުދި ޤައުތަކަށް އަސްކަރީ ގޮތުން ކުރިމަތިލާންޖެހޭ ފަދަ ޙާލަތްތައް ނާދިރުވެދާނެއެވެ . އެހެން ނަމަވެސް އަބަދުވެސް ދައުލަތް އޮންނާނީ ފިކުރީ ގޮތުން ކުރެވޭ ހަނގުރާމައިގެ ޙާލަތުގައެވެ. އެއަށް ތައްޔާރުވެގެން ތިބުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ޑރ ޝަހީމް ވަނީ ފާހަގަ ކުރައްވާފައެވެ.

ދައުލަތެއްގައި ފިކުރީ އަމާންކަން ޤާއިމު ވެފައި އޮތުމަކީ ދައުލަތުގައި އަމްނާއި އަމާންކަން ދެމިއޮތުމުގެ އެންމެ މުހިންމު ރުކުންކަން ޑރ ޝަހީމް ވަނީ ފާހަގަ ކުރައްވާފައެވެ. މިހެންކަމުން ޑިފެންސް ފޯސްއާއި ޕޮލިސްގެ އެންމެ މުހިންމު ސްޓްރެޓެޖީ އަށް ވާންޖެހޭނީ ދައުލަތުގެ ތެރޭގައި ފިކުރީ އަމާންކަން ޤާއިމު ކުރުމަށް މަސައްކަތްކުރުމެވެ . މިކަންކަމުގެ އިތުރުން ދުނިޔޭގެ އެކި އެކި ޢަސްކަރީ ކޯލިޝަންތަކާއި ޞުލްޙަ ބަލަހައްޓާ ލަޝްކަރު ތަކުގައި ބައިވެރިވުމަކީ ވެސް އެކަމުގެ މަންފާ ދައުލަތަށް އޮންނާނެކަމެކެވެ.

އިޤުތިޞާދު

ޑރ ޝަހީމްގެ ލިޔުއްވުމުގައިވާ ގޮތުން އިޤުތިޞާދަކީ ޤައުމެއްގެ މައިބަދައެވެ . ފުދުންތެރި އިޤުތިޞާދެއް ނެތް ޤައުމެއްގައި ވަރެއް ނުހުންނާނެއެވެ. މިހެންކަމުން މިޒަމާނުގައި ވެސް ދައުލަތްތަކުން އެންމެ ބޮޑަށް މަސައްކަތްކުރަނީ އެދައުލަތްތަކަކީ އިޤުތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށް ވުމަށްކަން ޑރ ޝަހީމް ވަނީ ފާހަގަ ކުރައްވާފައެވެ. ރައްޔިތުންގެ ބޭނުންތައް ފުރިހަމަގޮތުގައި ފުއްދާދެވޭތޯ އެވެ . މައިގަނޑު ގޮތެއްގައި މިޒަމާނުގައި ޤައުމެއްގެ އިޤުތިޞާދު ބައްޓަންވެގެންދަނީ އަސާސީ ފަސްކަމެއްގެ މައްޗަށްކަން ޝަހީމް ފާހަގަ ކުރައްވައެވެ.

ފުރަތަމަ ކަމަކީ އާލާވެގެންދާ ޠަބީޢީ ޤުދުރަތީ ވަސީލަތްތަކެވެ. މީގެ މުރާދަކީ ދަނޑުވެރިކަމާއި މަސްވެރިކަން ފަދަ ކަންކަމެވެ. ބައެއް ޤައުމުތަކުގައި ދަނޑުވެރިކަމަކީ އިޤުތިޞާދުގައި މުހިންމު ދައުރެއް އަދާކުރާ ވަސީލަތެވެ . އަނެއްބައި ޤައުމުތަކުގައި މަސްވެރިކަމަކީ ވެސް އެފަދަ މުހިންމު ވަސީލަތެކެވެ.

ދެ ވަނަ ކަމަކީ ޕެޓްރޯލްއާއި މަޢުދަނުތަކެވެ. އާލާވެގެންދާ ޠަބީޢީ ވަސީލަތްތައް މަދު ޤައުމުތަކުގައި ތެލާއި މަޢުދަނުތަކުގެ އިޤުތިޞާދަކީ އެންމެ ވަރުގަދަ އިޤުތިޞާދެވެ، މިސާލަކަށް ދަންނަވަނީ ނަމަ ޕެޓްރޯލަކީ ދަނޑުވެރިކަން ފަދަ ވަސީލަތްތައް މަދު ޤައުމުގައި މުހިންމު ނިސްބަތެއް އަދާކުރާ ވަސީލަތެކެވެ.

ތިންވަނަ ކަމަކީ ޠަބީޢީ މަންޒަރުތަކާއި ރީތީ މާޙައުލާއި ތާރީޚާއި ޘަޤާފަތުގެ މައްޗަށް ބިނާވެފައިވާ ޓޫރިޒަމްއެވެ. މިއީ ވަރަށް ގިނަ ޤައުމުތަކުގެ އިޤުތިޞާދުގައި މުހިންމު ދައުރެއް އަދާކުރާ ދާއިރާއެކެވެ. ދިވެހިރާއްޖެ ފަދަ ޤައުމަކުން ވެސް ޓޫރިޒަމްގެ ހިންގުމުގެ ވައްޓަފާޅި ބަދަލު ގެނެސް ތަނަވަސްކުރަންޖެހެއެވެ. ޑރ ޝަހީމްގެ ލިޔުއްވުމުގައިވާ ގޮތުން ރާއްޖޭގެ ޓޫރިޒަމްގައި ހުރި ޢައިބަކީ އެއްގޮތަކަށް ބައްޓަންވެފައިވުމެވެ. ރާއްޖޭގެ ރިޒޯޓްތައް ތަފާތު ގޮތްތަކުގެ މައްޗަށް ބައްޓަން ކުރެވިދާނެކަން ޑރ ޝަހީމް ވަނީ ފާހަގަ ކުރައްވާފައެވެ.

ޑރ ޝަހީމްގެ ލިޔުއްވުމުގައިވާ ގޮތުން މިހާރު އޮތް ގޮތުން ރާއްޖެ ބޮޑަށް ސިފަވަނީ ހަނީ މޫން މަންޒިލެއްގެ ގޮތުގައެވެ. ނުވަތަ ވަރުބަލި ފިލުވާކަން ނިދަން އަރާ ތަނެއްގެ ގޮތުގައެވެ. ކަނޑު އަޑީގެ މަންޒަރުތައް ބަލަން މީހުން ނާންނަކަން ފާހަގަ ކުރައްވާ ޑރ ޝަހީމް ފާހަގަ ކުރައްވާފައި ވަނީ ހަމަ އެކަނި އަރާމުކޮށްލަން އަންނަ ތަނަކަށް ވެފައި އޮތް އޮތުން ނިމުމަކަށް ގެންނަންޖެހޭ ކަމެވެ. ވިޔަފާރި މޯލްތަކާއި މަރުކަޒުތަކާއި ސިނަމާތަކާއި ޕްލޭ ސްޓޭޝަންތައް ވެސް ހިމެނިގެން އާރަށްތައް އުފެދެންޖެހޭކަން ވަނީ ފާހަގަ ކުރައްވާފައެވެ.  މީގެ އިތުރުން ކޮންވެންޝަނަލް ގޮތްތަކާއެކު، ހަލާލު ޓޫރިޒަމް ވެސް ތަޢާރުފްކުރަން ޖެހޭކަން ވަނީ ފާހަގަ ކުރައްވާފައެވެ. އެއީ ދުނިޔޭގެ ޓޫރިޒަމް ބާޒާރުގައި އެންމެ  ހިނގާ ދާއިރާތައްކަން ޑރ ޝަހީމް ވަނީ ފާހަގަ ކުރައްވާފައެވެ..

ވަރުގަދަ އިގްތިސާދެއް ގާއިމް ކުރުމުގެ ހަތަރު ވަނަ ކަމެއްގެ ގޮތުގައި ޑރ ޝަހީމްގެ ލިޔުއްވުމުގައި ފާހަގަ ކުރައްވާފައި ވަނީ ހިދުމަތާއި އުފެއްދުންތެރިކަމުގެ ވަރުގަދަ ބިންގަލެވެ. އުފެއްދުންތެރިމަކީ ބައެއް ދައުލަތްތަކުގެ އެންމެ މުހިންމު ވަސީލަތެވެ. ޠަބީޢީ ވަސީލަތްތަކާއި ދަނޑުވެރިކަން ފަދަ ކަންކަން މަދު ޤައުމުތަކުގައި އުފެއްދުންތެރިކަމުގެ ބާޒާރު ފުޅަލެވެ. ޖަރުމަނު ވިލާތަކީ މީގެ ނަމޫނާއެކެވެ . ޖަރުމަނުވިލާތުގެ އިޤުތިޞާދުގެ 71 ޕަސެންޓަކީ ޚިދުމަތާއި އުފެއްދުންތެރިކަން ކަމަށް ޑރ ޝަހީމްގެ ލިޔުއްވޔމުގައި ވަނީ ފާހަގަ ކުރައްވާފައެވެ. ޓެކްނޮލެޖީއާއި ޢިލްމީ މަޢުރިފާގެ ޚިދުމަތުގެ ބާޒާރަކީ ވެސް އިގްތިސާދުގެ އެއް އަސާސްއެވެ. މީގެ މިސާލަކީ ކޮމްޕިއުޓަރ ޕްރޮގްރާމްތަކާއި މި ބާވަތުގެ ތަކެތި އުފައްދައި ވިއްކުން އިޤުތިޞާދުގެ ތެރޭގައި ދައުރުކުރުމެވެ.

ބައިނަލްއަޤުވާމީ ގުޅުން

ދޭދޭ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަކީ ޒަމާނުއްސުރެ އޮތްކަމެކެވެ. ޑރ ޝަހީމްގެ ލިޔުއްވުމުގައިވާ ގޮތުން އިސްލާމީ ދައުލަތް މަދީނާގައި އުފެދުމަށް ފަހު، ކީރިތި ރަސޫލާ ޞައްލަالله ޢަލައިހި ވަސައްލަމަ ދުނިޔޭގެ އެކި ދައުލަތްތަކަށް ފަތްކޮޅުތައް ފޮނުއްވައި އިސްލާމްދީން ތަޢާރުފްކޮށް އަރުއްވައި ގުޅުންތައް ބަދަހިކުރެއްވިއެވެ . އެ ޤައުމުތަކުގެ ވެރިން އިތުރު އެކަލޭގެފާނަށް ވަރަށް އިޙުތިރާމް ކުރެއްވިއެވެ. ހަދިޔަދާ ބަދިޔާ ވެސް ބަދަލު ކުރެއްވިއެވެ.

ޑރ ޝަހީޟްގެ ލިޔުއްވުމުގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި ބައިނަލްއަޤުވާމީ ގޮތުން ގުޅުން ބަދަހިކުރުމުގައި ބަލަންޖެހޭ އެންމެ މުހިންމު އަސާސަކީ މުޅި ދައުލަތުގެ މަޞްލަޙަތެވެ . ދެވަނަ އަސާސަކީ އެންމެ އަވަށްޓެރި ޤައުމުތަކާ މެދު ޚާއްޞަ އެކުވެރިކަމެއް ގެންގުޅުމެވެ . ސަބަބަކީ އެއީ އަވައްޓެރިއާއަށް ވާތީއެވެ. ކަމެއް ދިމާވާ ޙާލަތުގައި ގާތުގައި ތިބޭ ފަރާތްތަކަކީ އެންމެ މުހިންމު މަދަދު ގާރުންނެވެ. މިހެންކަމުން މުޅި ދައުލަތުގެ މަޞްލަޙަތަށް ރިޢާޔަތްކުރުމާއި އަވަށްޓެރިނަށް އިސްކަން ދިނުމަކީ ދައުލަތުގެ ޚާރިޖީ ސިޔާސަތު ހަމަ މަގުން ކުރިއަށް ދާނެ ކަމެކެވެ.

ޢާއްމު ގޮތެއްގައި ދައުލަތްތަކުގެ ޚާރިޖީ ސިޔާސަތު ކަނޑައެޅިގެންދަނީ އެ ދައުލަތެއްގެ ދުސްތޫރުގައި ބަޔާންވެގެންވާ ގޮތުގެ މަތިންނާއި ރައްޔިތުންގެ ވިންދާ އެއްގޮތަށްކަން ޑރ ޝަހީމް ވަނީ ފާހަގަ ކުރައްވާފައެވެ. ރައްޔިތުންގެ ރޫޙު ހުންނަ ގޮތަކީ ޚާރިޖީ ސިޔާސަތަށް އަސަރު ކުރާ ކަމެކެވެ.

ޑރ ޝަހީމްގެ ލިޔުއްވުމުގައި ފާހަގަ ކުރައްވާފައިވާ ގޮތުން ވަކި ދީނެއްގެ އަހުލުވެރިންނަށް ނިސްބަތްވާ ޤައުމަކަށް ވިޔަސް އެ ޤައުމަކުން ޚާރިޖީ ގުޅުން ބަދަހިކުރަންޖެހޭނީ ހަމަ އެކަނި އެދީނެއްގެ އަހުލުވެރިބަޔަކާއެއްނޫނެވެ . ޘަޤާފީ ގޮތުން ގިނަކަންކަން އެއްދީނެއްގެ އަހުލުވެރިންގެ މެދުގައި ގިނަވިޔަސް، ޚާއްރިޖީ ގުޅުމަކީ ހުރިހާ ދައުލަތްތަކާއެކު އޮންނަ ގުޅުމެވެ . ވަކި ދީނަކަށް ޚާއްޞަކަމެއްނޫންކަން ވަނީ ފާހަގަ ކުރައްވާފައެވެ.

މި ލިޔުމުގައި ވަރަގަދަ ދައުލަތެއް ބިނާ ކުރުމާއި ގުޅޭ ގޮތުން ފާހަގަ ކުރި އަސާސްތަކަކީ މިޒަމާނުގައި ޤައުމެއް ތަރައްޤީކޮށް ދައުލަތް ހިންގުމުގައި ޢަމަލުކުރަންޖެހޭ އެންމެ މުހިންމު އަސާސްތަކެވެ . މި އަސާސްތައް ނޫނަސް

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: