ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގެ ގަވާއިދެއް އެކުލަވައިލައިފި

ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުން
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދެއް ޓޫރިޒަމް މިނިސްޓްރީން އެކުލަވައިލައި އާންމުކޮށްފިއެވެ.

މި ގަވާއިދަކީ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 52 ވަނަ މާއްދާގެ ދަށުން މިނިސްޓްރީއަށް ލިބިގެންވާ ބާރުގެ ދަށުން، ފަތުރުވެރިކަމުގެ ބޭނުމަށް މިނިސްޓްރީން ތަންތަން ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުންތަކާ އެއްގޮތަށް، އެއްބަސްވުމުގައި ބަޔާންކުރާ މުއްދަތުގައި ތަރައްޤީކޮށް ނުނިމިހުރި ތަންތަން ނިންމައި ހިންގަން ފެށުމަށް ލުއިތަކެއް ދިނުމަށާއި، ތަރައްޤީކޮށް ނިމި ހިންގަން ފަށައިފައިވާ ތަންތަން މަރާމާތުކުރުމުގައި ނުވަތަ އާބާތުރަފިލުވުމުގައި ލުއިދިނުމުގެ ގޮތުން ކުލި ފަސްކޮށްދިނުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމަށް ހަދައިފައިވާ ގަވާއިދެކެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކުރާ ތަންތަނުގެ ކުއްޔާއި ޖޫރިމަނާ ލުއި ކޮށްދެވޭނީ  ތަން ކުއްޔަށް ދީފައިވާ އެއްބަސްވުމުގެ ދަށުން ކުއްޔާއި ޖޫރިމަނާގެ ފައިސާއެއް ނުދައްކައި އޮތް ނަމަ، އެ ފައިސާއެއް ދެއްކުން ފަސްކޮށްދިނުމަށެވެ.

ގަވާއިދުގެ ދަށުން ފަތުރުވެރިކަމުގެ ބޭނުމަށް ތަންތަން ކުއްޔަށް ދިނުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމާއެކު ވެފައިވާ އެއްބަސްވުމުގައި ދީފައިވާ މުއްދަތަށް ތަރައްޤީކޮށް ނިމިފައިނުވާ ތަންތަނުގެ ކޮންސްޓްރަކްޝަން ޕީރިއަޑް، ގަވާއިދުގައި ކަނޑައަޅައިފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން އިތުރުކޮށްދިނުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

ގަވާއިދުގެ ދަށުން އިތުރުކޮށްދެވޭ ކޮންސްޓްރަކްޝަން ޕީރިއަޑުގައި ތަން އެއްކޮށް ތަރައްޤީކޮށް ނިންމައި ހިންގަން ފެށުމަށް އެއްބަސްވުން، ނުވަތަ ފޭސްތަކަކަށް ބަހައިލައިގެން ތަރައްޤީކުރަން ހުށަހަޅާ ނަމަ، މަދުވެގެން އެކެއް ފޭސް، ގަވާއިދުގެ ދަށުން އިތުރުކޮށްދެވޭ ކޮންސްޓްރަކްޝަން ޕީރިއަޑުގައި ނިންމައި ހިންގަން ފެށުމަށް އެއްބަސްވާން ޖެހޭނެއެވެ.

ހަމައެހެންމެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރ) ގެ ގޮތުގައި،  ގަވާއިދުގައި ބަޔާންކޮށްފައިވާ އަދަދަށްވާ ފައިސާ، ތަން ތަރައްޤީކޮށް ނިމި ހިންގަން ފަށާ ތާރީޚުން ފެށިގެން ތިން އަހަރުދުވަހުގެ ތެރޭގައި ކޮންމެ އަހަރަކު 4 ކުއާޓަރަށް ހަމަހަމަޔަށް ބަހައިލައިގެން މިނިސްޓްރީ އޮފް ފިނޭންސްގައިވާ ފަތުރުވެރިކަމުގެ ޞިނާޢަތުގެ ޓްރަސްޓް ފަންޑުގެ އެކައުންޓަށް ދެއްކުމަށް ގަވާއިދުގެ ދަށުން އެއްބަސް ވެވޭނެއެވެ.

ކޮންސްޓްރަކްޝަން ޕީރިއަޑުގެ ގޮތުގައި ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ކޮންސްޓްރަކްޝަން ޕީރިއަޑް އިތުރުކޮށްދެވޭނީ، ހިނގަމުންދާ ކޮންސްޓްރަކްޝަން ޕީރިއަޑް ހަމަވާ ތާރީޚުން ފެށިގެން ކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން ކޮންސްޓްރަކްޝަން ޕީރިއަޑުގެ ގޮތުގައި ދީފައިވާ މުއްދަތު ހަމަވުމަށްފަހު އެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ކޮންސްޓްރަކްޝަން ޕީރިއަޑް އިތުރުކޮށްދެވޭނީ، ކޮންސްޓްރަކްޝަން ޕީރިއަޑް އިތުރުކޮށްދިނުމަށް އެދި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓްރީން އެ ހުށަހެޅުން ބަލައިގަންނަ ތާރީޚުން ފެށިގެންނެވެ.

ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ހިންގަން ފަށައިފައި ނުވާ ތަންތަނުގެ ކުއްޔާއި ޖޫރިމަނާ ގަވާއިދުގެ ދަށުން ކޮންސްޓްރަކްޝަން ޕީރިއަޑް އިތުރުކޮށްދެވޭ ތަންތަނާ ގުޅިގެން މި ގަވާއިދުގައި ބަޔާންކޮށްފައިވާ ތާރީޚާ ހަމަޔަށް އަރައިފައިވާ ކުއްޔާއި ޖޫރިމަނާއާއި ، ގަވާއިދުގެ ދަށުން އިތުރުކޮށްދެވޭ ކޮންސްޓްރަކްޝަން ޕީރިއަޑުގައި ދައްކަންޖެހޭ ކުލި ދެއްކުން ފަސްކޮށްދޭންވާނެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ގަވާއިދުގައި ބުނެފައިވާ ގޮތުން  މިނިސްޓްރީން އެ ތަނެއް ހިންގުމަށް އޮޕަރޭޓިންގ ލައިސަންސް ދޭ ތާރީޚުން ފެށިގެން 2 އަހަރުދުވަހުގެ ގްރޭސް ޕީރިއަޑަކަށްފަހު، ކުއްޔާއި ޖޫރިމަނާ ދައްކަން ފަށައި، ފައިސާ ދައްކަން ފަށާ ތާރީޚުން ފެށިގެން 5 އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި، ކޮންމެ އަހަރެއްގެ ވެސް 4 ކުއާޓަރަށް ހަމަހަމަޔަށް ބަހައިލައިގެން އިންޓަރެސްޓެއް ނެތި ދެއްކޭނެއެވެ.

މީގެއިތުރުން ރަށް ތަރައްޤީކޮށް ނިމިގެން ހުޅުވާ ތާރީޚުން ފެށިގެން 2 އަހަރުދުވަހުގެ ގްރޭސް ޕީރިއަޑަކަށްފަހު، އަރައިފައިވާ ކުއްޔާއި ޖޫރިމަނާ ދައްކަން ފަށައި، ކުލީގެ އެއްބަސްވުމުގެ ބާކީ އޮންނަ މުއްދަތުގެ ތެރޭގައި އަހަރަކު 4  ކުއާޓަރަށް ހަމަހަމަޔަށް ބަހައިލައިގެން އަހަރަކު ތިނެއް އިންސައްތަ ސިމްޕަލް އިންޓަރެސްޓާއެކު ކުއްޔާއި ޖޫރިމަނާ ދެއްކޭނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ހިންގަމުންގެންދާ ތަނެއްގެ ފެންވަރު މަތިކުރުމަށް ޓަކައި، ރީޑެވެލޮޕްމަންޓް ޕީރިއަޑެއްގެ ގޮތުގައި މުޅި ތަން އެކީގައި ބަންދުކުރާނަމަ، އެ ފަދައިން ބަންދުކުރުމަށް ގަވާއިދުގެ ދަށުން މިނިސްޓްރީން ހުއްދަދޭ މުއްދަތުގެ ކުލި ފަސްކޮށްދިނުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި ރީޑިވެލޮޕްމަންޓް ޕީރިއަޑް ހޯދުމަށް އެދި ހުށަހަޅާ ތަނަކީ މިނިސްޓްރީގެ ހުއްދަޔާއެކު ބަންދުކޮށްފައިވާ ތަނެއްނަމަ، އެ ތަނެއް ހިންގައިފައިނުވާ މުއްދަތަށް، ނުދައްކައިވާ ކުއްޔާއި، ކުލި ނުދެއްކުމުގެ ސަބަބުން ޖޫރިމަނާއެއް އަރައިފައިވާނަމަ އެ ފައިސާއެއް ވެސް، ރީޑިވެލޮޕްމަންޓް ޕީރިއަޑުގެ މުއްދަތަށް ފަސްކޮށްދިނުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: