ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ދަރަނި އިންތިހާއަށް، ބޮޑެތި ގޮންޖުންތަކާއި ކުރިމަތިލާންޖެހިދާނެ: ވޯލްޑު ބެންކު

ރައީސް ސާލިހު އަދި ވޯލްޑު ބެންކުގެ ދެކުނު އޭޝިއާ ސަރަހައްދުގެ ނައިބު ރައީސް މާޓިން ރައިސަރ: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ދަރަނި އިތުރުވަމުންދިއުމުގެ ސަބަބުން ރާއްޖެއަށް ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަމަށް ވޯލްޑް ބެންކުން ބުނެފިއެވެ.

ވޯލްޑު ބެންކުގެ ދެކުނު އޭޝިއާ ސަރަހައްދުގެ ނައިބު ރައީސް މާޓިން ރައިސަރ ދިވެހިރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުގައި ރައީސުލްޖުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އަރިހަށް ޒިޔާރަތް ކުރައްވާ، ކުރިއަށްގެންދެވި މަޝްވަރާތަކުގެ ތެރޭގައިވަނީ، ދިވެހިރާއްޖޭގެ މާލީ ހާލަތައް އަލިއަޅުއްވައި ވާހަކަދައްކަވާފައެވެ.

މާޓިންވަނީ މި ބައްދަލުވުމުގައި ރައީސް ސާލިހުގެ އިތުރުން، އިގްތިސާދީ ވަޒީރު ފައްޔާޒު އިސްމާއިލް އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި އެންވައިރަމެންޓު މިނިސްޓަރު އައިމިނަތު ޝައުނާ އާއިވެސް ބައްދަލު ކުރައްވާފައެވެ.

މާޓިން ވަނީ ދިވެހިރާއްޖެ އަދި ވޯލްޑު ބެންކާއި ދެމެދު ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި ގާތް ގުޅުމެއް ބިނާ ކުރެވިފައިވާކަމަށް ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ މާލީ ހާލަތު ރަނގަޅު މަގަކަށް އެޅުވުމަށް އެ މުވައްސަސާއިން އެއްބާރުލުން ދޭކަމަށް އިޝާރާތްކުރައްވާ، ޓެކްސްގެ ނިޒާމަށް ގެނެވިފައިވާ ބަދަލުތައް ދިވެހިރާއްޖޭގެ ފިސްކަލް ހާލަތު ރަނގަޅު ކުރުމަށް މުހިންމު ކަމަށްވެސް މާޓިން ވިދާޅުވިއެވެ.

މާޓިން ވިދާޅުވީ، ރާއްޖެވަނީ ވޭތުވެދިޔަ އަހަރުތަކެއްގެ ތެރޭގައި ފަގީރު ގައުމެއްގެ ގޮތުގައި އޮތުމަށް ފަހު، މެދު ފަންތީގެ ގައުމެއްގެ މަގާމު ހޯދާފައިކަމަށެވެ. އަދި ކޮވިޑްގެ ހާލަތުން އަރައިގަތުމަށް ކުރެވިފައިވާ މަސައްކަތްތައްވެސް ކުރެވިފައިވަނީ އެކަށީގެންވާ ގޮތަކަށް ކަމަށް އެނާ ވިދާޅުވިއެވެ.

މާޓިން ވިދާޅުވީ، ކޮވިޑް މެނޭޖު ކުރެވުނީ ރަނގަޅު ގޮތެއްގެ މަތިން ނަމަވެސް، އިންތިހާއަށް މަތިވެފައިވާ ދަރަނީގެ އަދަދުތަކާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް އަދި މޫސުމީ ބަދަލުތަކުގެ ގެއްލުންތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުންވެސް ރާއްޖެއަށް ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަމަށް އެނާ ފާހަގަކުރެއްވިއެވެ.

އެނާ ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އެކަށީގެންވާ އުސޫލެއްގެ މަތިން ބައްޓަން ކުރެވިފައިވާ މާލީ ސިޔާސަތުތަކާއި ބަލައިގެން ހަރަދު ކުރުން އަދި ހަރަދު ކުޑަކޮށް ކުރެވޭ މަސައްކަތްތައްވެސް ރާއްޖޭގެ ހާލަތު ދެމެހެއްޓުމުގައި އެޅުން މުހިންމު ފިޔަވަޅުތަކެއް ކަމަށް އެނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މާޓިންވަނީ އެ މުވައްސަސާގެ އެހީގައި ރާއްޖޭގައި ތަރައްގީ ކުރަމުންދާ އިއާދަ ކުރަނިވި ހަކަތައިގެ ނިޒާމުގެ މަސައްކަތްތަކުގައި އެއްބާރުލުންދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: