ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރު އަހުމަދު ޝަރީފް، ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކޭޗީ މިޑޯރީ އާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ކަރަންޓް ފޯރުކޮށްދިނުމާއި ބެނޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުވުމާއި ގުޅިގެން ސްޓެލްކޯ އިން ބުނީ ކަރަންޓް ފޯރުކޮށްދިމުގައި ހުރި ދަތިތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ސްޓެލްކޯ އިން ފޯރުކޮށްދެމުންދާ ކަރަންޓްގެ ހިދުމަތް ހަރުދަނާކޮށް ޖަޕާނު ސަރުކާރާއި ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓްގެ ހިދުމަތް ދިނުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ

