ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ އިން މިއަދު ދައްކަނީ ހުދުމުހުތާރު ވެރިކަމަކާއި ދިމާލަށް ދާ ވާހަކަ: މަލީހު

ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު—
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީން އެންމެ ބޮޑަށް ދެއްކި ވާހަކަ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ތިރީސް އަހަރުގެ ދިގު ވާހަކަ ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

”ސަންގު“ ޓީވީ ގެ ހަބަރަށް ފަހު  ޕްރޮގްރާމްގައި މަލީހު ވިދާޅުވީ ވެރިކަން މާ ދިގުލައިގެން ދިޔުމުން ކަންކަން ހާސިލް ނުވާ ވާހަކަ އެމްޑީޕީ އިން އޭރު ދެއްކި ކަމަށް މަލީހު ވިދާޅުވިއެވެ އަދި އެއީ ރަނގަޅު ވެރިކަމުގެ ނިޒާމެއް ނޫން ކަމަށް އެމްޑީޕީ އިން ބުނި ކަމަށެވެ.

އެމްޑީޕީ އިން މިއަދު ދައްކަނީ ހުދު މުހުތާރު ވެރިކަމާއި ދިމާލަށް ދިއުމުގެ ވާހަކަ ކަމަށް މަލީހު ފާހަގަ ކުރެއްވިއެވެ.

މަލީހު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަކަށް ވެރިކަން ކުރުމަށް ލިބޭނީ ފަސް އަހަރު ދުވަހުގެ ދައުރެއް ކަމަށް ކަނޑައެޅީ ދިވެހި ރައްޔިތުން ކަމަށެވެ. އަދި ރައީސް ކަމަށް އަންނަ މީހަކު ރަނގަޅު ކަމަށް ފެންނަ ނަމަ އަލުން އިންތިހާބު ކުރުމުގެ ފުރުސަތު އެބޭފުޅަކަށް އޮންނާނެ ކަމަށާއި ގިނަވެގެން އެއް ބޭފުޅަކަށް ވެރިކަން ކުރެވޭނީ ދިހަ އަހަރު ކަމަށް ރައްޔިތުން ވަނީ ކަނޑައަޅާފައި ކަމަށް މަލީހު ވިދާޅުވިއެވެ. އަދި އެނިންމުމަކީ ރައްޔިތުންގެ ބޮޑު ނިންމެމެއް ކަމަށާއި އެނިންމުން ވަނީ ގާނޫނަށް މަފްހޫމް ކުރެވިފައި ކަމަށް ވެސް މަލީހު ވިދާޅުވިއެވެ.

އެހެންވީމަ އެއާއި ހިލާފަށް (ރައްޔިތުންގެ ނިންމުމާއި ހިލާފަށް ) އަދިވެސް ވަގުތު ބޭނުންވާ ވާހަކަ އަކީ އެއީ އެއްގޮތަކަށް ވެސް މިޒަމާނުގެ ބޭފުޅުން ދައްކަވަންޖެހޭ ވާހަކަ އެއްނޫން. އަޅުގަނޑު ދެކޭ ގޮތުގައި އެއީ ބަހަނާ. ހަތަރު އަހަރު ނިމުނީމަ ފަސްވަނަ އަހަރު އަދިވެސް ވަގުތު ބޭނުންވާ ވާހަކައެއް ނުދެއްކޭނެ.

މަލީހު ވިދާޅުވީ މަސްވެރިންގެ ކަންބޮޑުވުންތަކާއި ގުޅިގެން އެކަން ހައްލުކުރުމަށް އިތުރު ވަގުތު ބޭނުންވާ ވާހަކަ އެގޮތަށް ނުދެއްކޭނެ ކަމަށެވެ. ސަބަބަކީ މިސަރުކާރުން މަސްވެރިންގެ ހުރި މައްސަލަ ތައް ހައްލުކުރުމަށް ސައިންޓިފިކަލީ އަދި އިކޮނޮމިކަލީ އެކަމަށް އަޅާލައިގެން ދެމެހެއްޓެނިވި ގޮތަކަށް މަސައްކަތް ކުރާތަން ނުފެންނާތީ ކަމަށް މަލީހު ވިދާޅުވިއެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ވެސް ހުރިހާ ކުންފުނިތަކެއް އެކި ބައިބަޔަށް ރޫޅާލައިގެން އެބޭފުޅުން މަސައްކަތް ކުރެއްވީ އެބޭފުޅުންގެ އަރިސް ބޭފުޅުންނަށް މަގާމުތައް ދީގެން ދައުލަތުން ބޮޑަށް ވައްކަން ކުރެއްވޭނީ ކިހިނަކުން ތޯ ކަމަށް މަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ  މަސްވެރިންނަށް ކަމެއް ކޮށްދިނުމުގެ ނިޔަތުގައި ނޫން ކަން  ރައްޔިތުންނަށް ސާފުކޮށް ވަކިން ހާއްސަ ކޮށް މަސްވެރިންނަށް ސާފުކޮށްދޭން ޖެހޭ ކަމަށެވެ. އޭގެ ބަދަލުގައި ސަރުކާރުން މަސައްކަތް ކުރަނީ އެބޭފުޅުންގެ ޖީބަށް އެންމެ ގިނަ ފައިސާ ވަންނާނީ ކިހިނަކުންތޯ ބެލުމަށް ކަމަށެވެ. އަދި އެފައިސާ ވަންނާނެ ގޮތަކީ އިކުއިޕްމަންޓް ގަންނަން ކަމުގައި ބެލި ނަމަވެސް އަދި މަސް ގަނެގެން މަސް ވިއްކުމަކީ ބޮޑު ސިންގާ ކޮރަޕްޝަނެއް ކަމަށް މަލީހު ވިދާޅުވިއެވެ.

މި ގައުމުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ވައްކަމަކީ މިފްކޯ ތެރެއިން ހިންގާ ވައްކަން ކަމަށް މަލީހު ވިދާޅުވިއެވެ.

އެފްޕީ އައިޑީގެ ވައްކަން. މިފްކޯގެ ވައްކަން. މިހާރުވެސް އެކަން ހަމަ އެގޮތަށް ކުރިއަށްދަނީ. އެއީ ހަގީގަތުގައި ރާއްޖޭގެ ދެވަނަ އަށް އެންމެ ބޮޑު އިންޑަސްޓްރީ އަކީ މަސްވެރިކަން. މަސްވެރިކަން ކުރި ނާރާ މަސްވެރިންނަށް ލިބެންޖެހޭ ހަމަ އަގު ނުލިބި މަސްވެރިކަމުގެ ސަބަބުން ރާއްޖެއަށް އަންނަން ޖެހޭ ތަރައްގީ ނުވެ މި އޮތީ ހަގީގަތުގައި ސަރުކާރު ތަކުން އެކަމަށް އަޅާނުލާތީ. އޭގެ ތެރޭގައި ވައްކަން ކުރަން ބޭނުންވާތީ. ވައްކަމޭ މިދަންނަވާ ސަބަބަކީ މަސްވެރިން އަތުން ނުއަގުގައި މަސް އެބަ ގަނޭ. ގަނެގެން އެމެއިންޓެއިން ކުރުމާއި އެ ޕްރޮސެސް ކުރުމުގައި މުޅި އޮޕަރޭޝަނަށް އިންތިހާއަށް އައުޓްޑޭޓެޑް ޓެކްނޮލޮޖީސް ބޭނުން މި ކުރަނީ. އެ މަސްފެކްޓްރީ ތަކަށް އެކަށީގެންވާ ތަރައްގީ އެބޭފުޅުންނަށް އިތުރަށް ރީ އިންވެސްޓް ކޮށްގެން އެތަން މޮޑަނައިޒް ކުރުމުގެ ވިސްނުމެއް ނެތުން.

މަލީހު ވިދާޅުވީ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި މަސް ފެކްޓްރީ ތައް ކަމުގައިވާ ފެލިވަރާއި ކޫއްޑޫ އާއި ކަނޑުއޮތް ގިރި ފަދަ މަސް ފެކްޓްރީ ތައް ތަރައްގީ ނުކުރަނީ އެތަންތަން މެދުވެރިކޮށް މަސް ޕްރޮސެސް ކުރާއިރުގައި ކޮރަޕްޝަން ހިންގުމަށް ކަމަށެވެ.

މަލީހު ވިދާޅުވީ މިއަދު ރާއްޖޭގެ މަސް ބަންދުކުރާ ފެކްޓްރީ ތަކުގައި އަދިވެސް ހުރީ މީގެ 60 އަހަރު ކުރިން ޖަޕާނުގެ މަރުބޭނީ ކޯޕަރޭޝަނުން ބެހެއްޓި ފެކްޓްރީ ކަމަށެވެ. އެހެން ކަމުން އެފެކްޓްރީ މެދުވެރިކޮށް ލިބެންޖެހޭ ސޭވިންގ އާއި އެފިޝެންސީ ނުގެނެވޭނެ ކަމަށެވެ. ސަބަބަކީ އެތަންތަން ޒަމާނީ ފެންވަރުގައި ނެތުން ކަމަށް މަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ މިހާރު ހުރި މަސް ފެކްޓްރީ ތައް ތަޅާލުމަށްފަހު އެތަންތަން ރީ އިންވެސްޓްކޮށް ޒަމާނީ އިކުއިޕްމަންޓާއި ޒަމާނީ ފެކްޓްރީ ސެޓަޕްއެއް އެތާ ގާއިމްކުރަންޖެހޭ ކަމަށެވެ. އަދި އެކަން ކުރާތަން ފެނިގެން ނުދާ ކަމަށް މަލީހު ވިދާޅުވިއެވެ.

މިފްކޯގެ މަސްބޯޓް ފަހަރުން މަސްވެރިންނަށް މަސްކިރުމުގައި ޓްރާންސްޕޭރެންސީ އެއް އޮތްތަނެއް ފެނިގެން ނުދާ ކަމަށް މަލީހު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: