ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުނި އުކާލުން، ތަކުލީފަކަށް ވުރެ ބޮޑު ވޭނަކަށް !

ޝެއާރކޮށްލާ ކަހަލަދޯ؟

ދައްކަން މި އުޅެނީ މާލޭގައި ކުނި އުކާލުމުގެ ނިޒާމްގެ ފުރިހަމަ ކަމުގެ ވާހަކައެވެ. ކުނި ނެގުމާ ހަވާލުވެ ތިބި މުއައްސަސާ ތަކުން ދުވާލު ދެއިރު ކާ ބޭހެއް ހެން އުސޫލާއި ގަވާއިދު ބަދަލު ކުރަނީ އޭވެސް ހިތަށް އަރައެވެ. ކުނި ވަކި ކޮށް ކުނި އުކާލުމުގެ ވާހަކަ ދެކެވި މިވީ އަދި ދެތިން މަސް ދުވަހެވެ. ކުނި ނެރުމުގައި އެކި މީހުން އަމަލު ކުރަމުން ދަނީ އެކި ގޮތަށެވެ. ބައެއް ގޭގެ އަކީ ސީދާ މައި މަގަށް ކުނި އުކާލެވޭ ގޮތަށް ހުންނަ ގޭގެ އެއް ނޫނެވެ. ކުނީގެ ހިދުމަތް ރަޖިސްޓްރީ ކޮށްފައިވޭތޯ ނުވަތަ ނޫންތޯ ބެލުމަކީ އެކަމާއި ގުޅުން ހުރި މުއައްސަސާ އެއްގެ ޒިންމާއެކެވެ.

ހިތާމައަކީ ބައެއްފަހަރު ރަޖިސްޓްރީ ކުރި ގެއެއް ނުކުރާ ގެއެއް ވަކި ކުރަން ދަތިވުމެވެ. މިއީ ވެސް މި ފަހުން ދިމާވެފައިވާ ހާދިސާ އެކެވެ. މާލޭގެ ކާރޫ ބާރު ބޮޑު ހިސާބެއްގައި ހުރި ގެއެކެވެ. އެގޭގެ މީހުން ކުނި އުކާލުމަށް ނެރެނީ ބާޒާރު ކުރާ ރަތް ކުލައިގެ ބޮޑު ކޮތަޅުގައެވެ. އެ ގޭގެ ގޯޅިގަނޑަކީ އާއްމުކޮށް އެންމެން ކުނި އުކާލުމަށް ކުނި ބަހައްޓާ ހަދާ ތަނެވެ. ނަމަވެސް އެ ގޯޅީގައި ކުނި ބެހެއްޓުން މަނާ ކުރަނީ ގޭ ކައިރީގައި ދިރިއުޅޭ އަވައްޓެރިންނެވެ. އެހިސާބުން ހިތަށް އެރިއެވެ. ދެން ކުނިތައް ބަހައްޓަންވީ ކޮންާތާކު ބާއެވެ. މަގުމަތީގައި ބެހެއްޓުމުން ބުޅާ އައިސް ކުނި ކޮތަޅު ހާވާތީ އެމީހުންނަށް ކަމަކު ނުދެއެވެ.

ގޯޅީގައި ކުނި ބެހެއްޓުމުން ވެސް އެމީހުންނަށް ކަމަކު ނުދެއެވެ. ހެޔޮ އެއް ގޮތެއްވެސް ނެތީއެވެ. ރާއްޖޭގެ ރަށްރަށުން މާލެ އައިސް އުޅެނީ ކުލި ދައްކައިގެންނެވެ. ބުނި އަގެއް ދީގެންނެވެ. އުޅޭ އިރުވެސް މިވަރަށް އުނދަގޫ ކުރާ ސަބަބު ވިސްނާ ވިސްނާ ވެސް ހިޔާލަކަށް ނައެވެ.

ކުނީގެ މައްސަލަ ހައްލު ކުރުމަށް ކަމާއިބެހޭ އިދާރާ ތަކާއި މަޝްވަރާ ކުރެވުނެވެ. ވީ ފައިދާ އެއް ލިބުނު ކުރިއެރުމެއް ނެތެވެ. ބަދަލުގައި ވީ ދެގުނަ އިންތިހާ އުނދަގުލެވެ. ކައިރި ކަންމަތީ ފިހާރަ އިން ވިޔަފާރި ކޮށްލަން ދާ އިރުވެސް އިވޭ އަޑަކީ ގަވާއިދާ ހިލާފަށް ގޭ ގޯޅީގައި ކުނި ބަހައްޓާ ވާހަކައެވެ. ހިތަށް އެރިއެވެ. ސަހަރޯއެވެ. މިއޮތީ ވާ ގޯޅިއެކެވެ. މިއީ ޖާދޫގެ ގޯޅިއެއް ބާއެވެ. ނޫނީ މިއީ އަގުބޮޑު މައުދަނަކުން ހަދާފައިވާ ނޫނީ އެ ގޯޅީގެ އަޑީގައި ހަޒާނާ އެއް ރައްކާކޮށްފައިވާ ގޯޅި އަކީ ބާއެވެ. އެކަން އެހެންވެސް ވެދާނެއެވެ.

ކޮންމެ އަކަސް ގޯޅީގެ ވާހަކަ ބާއްވާލާނަމެވެ. ދެން އޮތީ ކުނި ނަގާ ސަރަހައްދު ތަކުން ކުނި ނެގުމުގައި ގެންގުޅޭ ތަފާުުތު ކުރުންތަކެވެ. ކުނި ނަގާ މީހާ އަކީ އެމީހާގެ ގެ އެ ސަރަހައްދުގައި ހުންނަ ނަމަ އަވަހަށް ކުނި ނަގާ މީހެކެވެ. ހަމަހަމަ އުސޫލުން ކުނި ނެގުމަށް އެމީހުންގެ މައްޗަށް ތިބި މީހުން އިރުޝާދު ނުދެނީ ކަމަށްވެސް ފަހަރުގައި ވުމަކީ އެކަށީގެންވާ ކަމެކެެވެ. އެކި ނަންނަމުގައި އެކި ހިދުމަތް ދޭ އިރުގައި ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެއް ހަމަ އަކުން މަސައްކަތް ކުރުމަށް އިރުޝާދު ދެވިފައިވާ ނަމަ ކުރިން ދެންނެވި ފަދަ މައްސަލަ ތައް ދިމާ ނުވާނެ ކަން ހަމަ ޔަގީނެވެ.

ކޮންމެ ކަމެއްގައިވެސް އިސްކުރެވެނީ ތިމާގެ އާއިލާ އާއި ރައްޓެހިން ނެވެ. އެއަށް ފަހު ދެންތިބި މީހުންނެވެ، މިކަން މިގޮތަށް ކުރަނީ އެންމެނެއް ނޫނެވެ. ވަކި ބަޔެކެވެ. ފަހަރުގައި އެމީހުން އެކަން އެކުރަނީ ބަޔަކު މީހުންގެ ބަހަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އަނެއް ބަޔަކަު ކުނި ނަގަނީ ގަވާއިދުގައިވާ ގޮތަށެވެ. ކުނި ނަގާ ގަޑިތައް ވެސް ހަމަ އެފަދައިންނެވެ. އެއްރޭ މާ އަވަހަށް ކުނި ނަގާފާނެއެވެ. އަނެއްރޭ މާލަހުން ކުނި ނަގާފާނެއެވެ. ނުވަތަ އަނެއްރޭ އެއްގޮތަކަށް ވެސް ކުނި ނުނަގަ ފާނެއެވެ،

ކުނި ނަގާ މައްސަލަ ހައްލު ކުރުމަށް ހެންވޭރުގައި ގެ ހުންނަ ނުވަތަ ހެންވޭރުން ވަޒީފާ އަށް ނިކުންނަ މީހާ މާފަންނު ކުނި ނަގާ މީހުންގެ ތެރެއަށް ބަދަލު ކޮށް މާފަންނުން ކުނި ނަގާ މީހާ ހެންވޭރަށް ބަދަލު ކޮށް މައްޗަންގޮޅި މީހާ ގަލޮޅަށް ލައި ގަލޮޅު މީހާ މައްޗަންގޮޅިއަށް ލުމަކީ ފަހަރުގައި މައްސަލަ ހައްލުވެދާނެ ކަމެއް ކަމަށް ފެނެއެވެ. ހަފްތާއިން ހަފްތާއިން ބަދަލުވާ ޑިއުޓީ ރޯސްޓަރ އެއް ގެންގުޅުން މުހިއްމު ކަމަށް ދެކެމެވެ. އޭރުން ހަމަ ހަމަ އުސޫލަކުން ކުނި ނެގިގެން ދާނެ ކަމަށް ގަބޫލު ކުރެވެއެވެ.

ހުރިހާ އެންމެންނަކީ ބިޒީ ޝެޑިއުލް އެއްގައި މަސައްކަތް ކުރާ ބައެކެވެ. އެހެންކަމުން ކުނި ނެގުމުގެ ހިދުމަތަކީ ދިރިއުޅުމަށް ހުރި ތަކުލީފަކަށް ވުމަކީ އެކަކުވެސް ކަން ވާން ބޭނުންވާނެ ގޮތެއް ނޫންކަން ހުދު ކުނި އުކާލާ މީހާ އާއި ކުނި އުކާލުމުގެ ހިދުމަތް ދޭ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތުން ބޭނުން ވާނެ ކަމެއް ނޫނެވެ. ދިރިއުޅުން ފަސޭހަ ކުރެވޭނީ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުންނެވެ.

އެއްވެސް މީހަކު ދުނިޔެއަށް އަންނަނީ އެކަނިމާ އެކަންޏެއް ނޫނެވެ. އޭނާ ދުނިޔެއަށް އަންނަނީ އާއިލާ އަކާ އެކިގައެވެ. އާއިލާގެ އިތުރުން ރައްޓެހިންނާއި އަވަށްޓެރިންނާއި ތިމާގެ މީހުން ވެސް ހިމެނެއެވެ. ތިމާގެ މީހުންނަށް ކަމޭ ހިތައި ފަސޭހަ ކޮށްދިނުމަކީ އެދެވިގެންވާ ކަމެކެވެ. ދީނީ ނަޒަރަކުން ބަލާ ނަމަ އަވަށްޓެރިންނަށް އޯގާތެރިވެ އަޅާލުމަށް ބާރުއަޅާފައިވާ ކަން އެންމެން ވެސް ދަންނާނެއެވެ.

ކުނި އުކާލުން ނޫނަސް އާއްމު އިޖްތިމާއީ ހުރިހާ ކަމެއްގައި އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ އޯގާތެރިވުމަކީ އުފާވެރި މުޖުތަމައެއް ބިނާ ކުރުމަށް މުހިއްމު ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: