ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރެވޭނީ، ސަރުކާރުން އިސްކަންދޭ ބޮޑެތި މަޝްރޫޢުތައް ހިންގުމަށް!

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ފިނޭންސް މިނިސްޜް އަހުމަދު އަމީރު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

“ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލު” ފިނޭންސް މިނިސްޓްރީން އެކުލަވައިލާ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ.

މިއީ، ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގައި މިނިސްޓްރީން ބަލާނެ މިންގަނޑުތަކާއި، ދައުލަތުގެ ނަމުގައި ގެރެންޓީއެއް ދިނުމަށް އެދި ހުށަހަޅަންޖެހޭ ގޮތާއި، ގެރެންޓީ ދޫކުރެވޭނެ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ބަޔާންކުރުމުގެ ގޮތުން، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 5 ވަނަ މާއްދާއާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 02.14 ވަނަ މާއްދާގ()ހ) ގެ ދަށުން އެކުލަވައިލައިފައިވާ އުސޫލެކެވެ.

މި އުސޫލުގެ މަގުސަދަކީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުއާއި، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުއާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދިވެހި ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ ނިޒާމު ކަނޑައެޅުމެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި އުސޫލުގައި ބުނެފައިވާ ގޮތުގައި ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރެވޭނީ، ސަރުކާރުން އިސްކަންދޭ ބޮޑެތި މަޝްރޫޢުތައް ހިންގުމަށް ނުވަތަ މިނިސްޓަރު ހުއްދަދޭ މާލީ މުޢާމަލާތްތަކާ ގުޅިގެން ހުށަހަޅާ، ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

އސޫލުގެ ދަށުން ދައުލަތުން ގެރެންޓީ ދޫކުރެވޭނީ  ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސަބްސިޑިއަރީތަކަށާއި، ދިވެހިރާއްޖޭގައި ވިޔަފާރިކުރަން ރަޖިސްޓަރީ ކޮށްފައިވާ ނުވަތަ ރީ -ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކަށާއި، ދައުލަތުގެ މުސްތަޤިއްލު މުއައްސަސާތަކުގެ އިތުރުން  ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުއިން އުފައްދައިފައިވާ ކައުންސިލްތަކަށެވެ.

އުސޫލުގެ ދަށުން ގެރެންޓީއަށް އެދި ހުށަހެޅޭނީ، ފަތުރުވެރިކަމުގެ ދާއިރާގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށާއި،  ސަރުކާރުން ހުށަހަޅާ ޝަރުޠުތަކާ އެއްގޮތަށް ސޯޝަލް ހައުސިންގ މަޝްރޫޢުތައް ހިންގުމަށާ،  ތަރައްޤީގެ މަޝްރޫޢެއްގެ ގޮތުގައި އިސްކަންދިނުމަށް ސަރުކާރުން ނިންމާ މަޝްރޫޢުތައް ހިންގުމުގެ އިތުރުން  މިނިސްޓަރު ހުއްދަދޭ މާލީ މުޢާމަލާތްތައް ކުރުމަށެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި އުސޫލުގައި ދައުލަތުން ގެރެންޓީ ނުދެވޭނެ ފަރާތްތައް ވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އުސޫލުގައި ބުނެފައިވާ ގޮތުގައި ދައުލަތުން ގެރެއިންޓީ ނުދެވޭނެ ފަރާތްތަކަކީ  ގެރެންޓީއަށް އެދި ހުށަހަޅާ ފަރާތްތަކުން ސަރުކާރުގެ އެއްވެސް އިދާރާއަކަށް ދައްކަންޖެހޭ ފައިސާއެއް ދައްކަންޖެހޭ އުސޫލުން ނުދައްކާ އޮވެފައި، އެ ފައިސާއެއް ދައްކާނެ ގޮތަކާމެދު އެއްބަސްވުމަކަށް އާދެވިފައިނުވާ ފަރާތްތަކާއި،  ގެރެންޓީއަށް އެދި ހުށަހަޅާ ފަރާތްތަކުން މާލީ އެއްވެސް އިދާރާއަކަށް ދައްކަންޖެހޭ ފައިސާއެއް ދައްކަންޖެހޭ އުސޫލުން ނުދައްކައި އޮވެފައި، އެ ފައިސާއެއް ދައްކާނެ ގޮތަކާމެދު އެއްބަސްވުމަކަށް އާދެވިފައިނުވާ ފަރާތްތަކަށް ދައުލަތުން ގެރެއޓީއެއް ނުދެވޭނެއެވެ.

މީގެއިތުރުން  ގެރެންޓީއަށް އެދި ހުށަހަޅާ ފަރާތްތަކުން އެއްވެސް ޝަރުޢީ ޙުކުމަކާ ނުވަތަ ދަރަންޏަކާ ގުޅިގެން އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ފައިސާއެއް ދައްކަންޖެހޭ  އުސޫލުން ނުދައްކައި އޮވެފައި، އެ ފައިސާއެއް ދައްކާނެ ގޮތަކާމެދު އެއްބަސްވުމަކަށް އާދެވިފައިނުވާ ފަރާތްތަކަށް ވެސް ދައުލަތުން ގެރެންޓީއެއް ނުދެވޭނެއެވެ.

މީގެއިތުރުން ދައުލަތުން ގެރެންޓީ ދޫކުރާ ފަރާތްތަކުން ކޮށްގެން ނުވާނެ ކަންތައްތައް ވެސް އުސޫލުގައި ވަނީ ކަނޑައަޅާފައެވެ. އެގޮތުން  ދައުލަތުގެ ނަމުގައި ގެރެންޓީއެއް ދޫކޮށްފައިވާ ފަރާތަކުން މިނިސްޓްރީއަށް ލިޔުމުން އަންގައި، މިނިސްޓްރީގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ  އެއްވެސް ފަރާތަކުން ނުވަތަ އެއްވެސް ބޭނުމަކު، ދަރަންޏަށް އިތުރަށް ފައިސާ ނެގުން؛ ނުވާނެއެވެ.

ހަމައެހެންމެ ދައުލަތުން ގެރެންޓީ ދޭ ފަރާތަކުން  ކުންފުނި ނުވަތަ ދައުލަތުގެ މުސްތަޤިއްލު މުއައްސަސާ ނުވަތަ ކައުންސިލުގެ އެސެޓާއި ސެކިއުރިޓީތައް، އިތުރު އެއްވެސް ދަރަންޏެއް ނުވަތަ ގެރެންޓީއެއް ހޯދުމަށް ރަހުނު ކޮށްގެން ނުވާނެ ކަމަށް އުސޫލުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން ކުންފުނި ނުވަތަ ދައުލަތުގެ މުސްތަޤިއްލު މުއައްސަސާ ނުވަތަ ކައުންސިލުގެ ގެރެންޓީގެ ދަށުން ސެކިއުރިޓައިޒްކޮށްފައިވާ އެސެޓެއް ނައްތައިލުން؛ ނުވަތަ  ކުންފުނީގެ ހިއްސާ އެހެން ފަރާތަކަށް ބަދަލުކުރުން ނުވަތަ ޑައިވެސްޓް ކޮށްގެން ނުވާނެ ކަމަށް ވެސް އުސޫލުގައި ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: