ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްލާސްޓިކް ކޮތަޅުން ފީ ނެގުން: ކޮން އުސޫލަކުން ކިހިނެއް ކުރަން އުޅޭ ކަމެއް؟

އަންނަ އހަރުން ފެށިގެން ޕްލާސްޓިކްގެ ބައެއް ބާވަތްތައް ރާއްޖެއަށް އެތެރެކުރުން މަނާވާނެ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުނި މެނޭޖުކުރުމުގެ ޤާނޫނަކީ، ދިވެހިރާއްޖޭގައި ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތުގައި ރާވައި ހިންގައި، ކުނިން ކުރާ ނޭދެވޭ އަސަރުތައް ނައްތާލައި ނުވަތަ މަދުކޮށް، ތިމާވެއްޓާއި ޢާންމު ޞިއްޙަތު ރައްކާތެރިކޮށް، ކުނި މެނޭޖުކުރުމުގެ އުސޫލުތަކާއި މިންގަނޑުތަކާއި އިޖުރާއަތްތައް ކަނޑައެޅުމުގެ ޤާނޫނެވެ.

މިގޮތުން މި ޤާނޫނުގައި ކަނޑައަޅާފައިވާ ކުރުން މަނާ ކަމެއް ކޮށްފި ނަމަ އަޅާނެ އިދާރީފިޔަވަޅުތަކާ އަދަބުތަކާ، ޖިނާޢީ ދަޢުވާކުރެވޭނެގޮތް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މީގެތެރެއިން  ރައްޔިތުންނާއި އަދި ވިޔަފާރިވެރިންނާއި އެންމެ ބޮޑަށް ގުޅުންހުރި އެއްކަމަކީ ޕްލާޓިކް ކޮތަޅުން ފީނެގުމެވެ. އެހެން ކަމުން މި ރިޕޯޓުގައި ބަލާލާނީ ޕާލާސްޓިކް ކޮތަޅުން ފީ ނެގުމާއި ގުޅޭ ގޮތުން ގާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަންތައްތަކަށެވެ.

ކުނިމެނޭޖު ކުރުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި ވިޔަފާރި ޙަރަކާތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، އެ ވިޔަފާރި ޙަރަކާތުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި އެ ކަސްޓަމަރުގެ އަތުން ދެ ރުފިޔާ ނަގަންވާނެއެވެ.

ގާނޫނުގެ ދަށުން ފީ ނެގުން އިސްތިސްނާވާ ޕާލާސްޓިކް ކޮތަކަކީ ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅާއި، ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުންނާއި،  ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ޚާއްޞަކޮށް ވިއްކާ ނުވަތަ ދޫކުރާ “ބިންލައިނަރ”. އިން ފީއެއް ނުނެގޭނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގައި ހިންގާ ވިޔަފާރި ޙަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން، ފީ ނަގަން ފަށަން ޖެހޭނީ ގާނޫނު ތަސްދީގް ކުރުމަށް ފަހު ހަތަރު މަސް ފަހުންނެވެ. އެހެން ކަމުން އަންނަ އަހަރުގެ އެޕްރީލް މަހުހުގެ 18 ވަނަ ދުވަހުން ފެށިގެން ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފަށާނެއެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުގައި. ވިޔަފާރި ޙަރަކާތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ދޫކުރާ އިންވޮއިސް ނުވަތަ ރަސީދުގައި، އެ ފަރާތުން ކަސްޓަމަރުގެ އަތުން ނެގި ޕްލާސްޓިކް ކޮތަޅުގެ ފީގެ މިންވަރު ވަކިން އެނގޭނެހެން ހިމަނަންވާނެއެވެ. ޕްލާސްޓިކް ކޮތަޅުގެ ފީއިން، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ނަގާ “ގުޑްސް އެންޑް ސަރވިސަސް ޓެކްސް” މުވަތަ ޖީއެސްޓީއެއް ނުނެގޭނެއެވެ.

ކުނިމެނޭޖު ކުރުމުގެ ގާނުނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ގާނޫނުގައި ބުނެފައިވާ ގޮތުގައި  މީރާގައި ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް ޤާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ނަގާ ފީ، މީރާއަށް ދެއްކުން ލާޒިމުވެގެންވެއެވެ. މީ

މީރާގައި ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޤާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމަށާއި އެ ފަރާތްތަކުގެ މައްޗަށް ގާނުނު  ތަންފީޛުކުރުމަށް އެކުލަވާލަންޖެހޭ ގަވާއިދު، ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ގިނަވެގެން ތިން މަސްދުވަހުގެ ތެ ރޭގައި މީރާއިން އެކުލަވާލަން ޖެހޭނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.

މީރާގައި ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް، ޕްލާސްޓިކް ކޮތަޅުން ނަގާ ފީ މީރާއަށް ދައްކާނީ  މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގައި އެ ފަރާތްތަކުން މީރާ އަށް ޓެކްސް ދެއްކުމަށް ކަނޑައަޅާފައިވާ ސުންގަޑިއަށެވެ. އަދި މިގޮތަށް ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ދައްކާ ފައިސާ ޖީ.އެސް.ޓީއާ ވަކިކުރެވެންވާނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.

މީރާގައި ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ދައްކާ ފައިސާ ޖަމާކުރަންވާނީ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ “މޯލްޑިވްސް ގްރީން ފަންޑް” އަށެވެ.

ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގާ ފައިސާގެ ޢަދަދަކީ ޞައްޙަ ޢަދަދެއްކަން ކަށަވަރުކުރުމުގެ ބޭނުމުގައާއި ރެކޯޑު ބެލެހެއްޓުމަށް އެކަމާގުޅޭ ގަވާއިދެއް ޤާނޫނަށް ޢަމަލުކުރަން ފަށާތާ ގިނަވެގެން 4 މަސްދުވަހުގެ ތެރޭގައި މީރާއިން އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް، މީރާގެ ވެބްސައިޓުގައި ޢާންމުކުރަން ޖެހޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: