ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯގެ 58 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހާއްސަ ސޭލްއެއް!

އަހަރީ ދުވަހުގެ މުނާސަބަތުގައި އެސްޓީއޯގެ ހާއްސަ ސޭލް: ފޮޓޯ/ އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯގެ 58 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާއި ގުޅިގެން ހާއްސަ ހަރަކާތްތަކެއް ރާވާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެސްޓީއޯ އިން ބުނެފައިވާގޮތުން މި އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހަކީ އެ ކުންފުންޏަށް 58 އަހަރު ފުރިގެންދާ ދުވަހެވެ. އެހެންކަމުން މުހިންމު ހަރަކާތްތަކެއް ރާވާފައިވާކަމަށް ބުނެފައިވެއެވެ.

އެސްޓީއޯ އިން ވަނީ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ދުވަހުގެ ސޭލެއް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. މި ސޭލް ކުރިއަށް ގެންދާނީ އެސްޓޯ ޕީޕަލްސް ޗޮއިސް، މަކިޓާ ޝޯ ރޫމް، އެސްޓީއޯ ކޮންސްޓްރަކްޝަން އަދި ރީޖަނަލް ފިހާރަތަކުގައިކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މިއަދު ކުރިއަށް ގެންދާ މި ސޭލްގައި އިސްވެ ބަޔާންކުރެވިފައިވާ ފިހާރަތަކުން ކުރާ ކޮންމެ ވިޔަފާރިއަކަށްވެސް ކޫޕަނެއް ލިބިގެންދާނެއެވެ. މި ކޫޕަންތައް މެދުވެރިކޮއް ގުރުއަތުގައި ބައިވެރިވާ ފަރާތްތަކުން ހޮވޭ 58 ކަސްޓަމަރަކަށް ގިފްޓް ހެމްޕަރތަކެއް ލިބިވަޑައިގަންނަވާނެކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެ ކުންފުނިންވަނީ އަހަރީ ދުވަހާއި ގުޅިގެން ހާއްސަ ސޯޝަލް މީޑިއާ ކެމްޕެއިންނެއްވެސް ފަށާފައެވެ. އެގޮތުން އެސްޓީއޯގެ ހާއްސަ ކެމްޕެއިންނަށް ކިޔަނީ “އެސްޓީއޯ އަށުވަންނަ” އެވެ. އިންސްޓަގްރާމް މެދުވެރިކޮއް ކުރިއަށް ގެންދާ މި ކެމްޕެއިން ކުރިއަށް ދާނީ 20 ވަނަ ދުވަހުން ފެށިގެން 5 ދުވަހުގެ މުއްދަތަށެވެ.

އެސްޓީއޯ އަދި “ސޯސަލް” ގުޅިގެން ކުރިއަށް ގެންދާ މި ކެމްޕެއިންގައި އެ ކުންފުންޏާއި ބެހޭ ޖުމުލަ 5 ސުވާލެއް ކުރާނެއެވެ. ދުވާލަކު ސުވާލެއް ކުރާނެ އިރު، 5 ސުވާލަށް ރަނގަޅު ޖަވާބު ދޭ 58 ފަރާތަކަށްވެސް ގިފްޓު ހެމްޕަރތަކެއް ދޭނެކަމަށް ބުނެފައިވެއެވެ.

ކެމްޕެއިންގައި ބައިވެރިވުމަށް އެސްޓީއޯގެ ރަސްމީ އިންސްޓަގްރާމް ފޮލޯ ކުރުމަށް ފަހު، ކޮންމެ ދުވަހަކުވެސް އަހާ ސުވާލުގެ ޖަވާބު ޕޯސްޓުގައި ކޮމެންޓު ކުރަންވީއެވެ. އަދި 5 ސުވާލައްފަހު، ހުރިހާ ސުވާލަކަށް ރަނގަޅު ޖަވާބުދެއްވި ފަރާތްތަކުގެ މެދުގައި 58 މީހަކު ހޮވާނެކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: