ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހަަށް ދެވަނަ ދައުރެއް ދޭންޖެހެނީ ކޮވިޑް މެނޭޖްކުރިލެއް ހިކްމަތްތެރިކަމުން: މަވޯޓާ ޝަރީފް

އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް - ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަށް ދެވަނަ ދައުރެއް ދިނުމަށް ތާއީދު ކުރަނީ ކޮވިޑް19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް އެމަނިކުފާނު ކުރެއްވި ހިކުމަތްތެރި މަސައްކަތްޕުޅުގެ ސަބަބުން ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހް އަށް ރިޔާސީ ދެވަނަ ދައުރެއްް ދިނުމަށް ތާއީދު ކޮށް ޝަރީފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ  ބޮޑެތި ގޮންޖެހުންތަކަކާ ކެރިގެން ކުރިމަތިލައްވާ ހިކްމަތްތެރި ކަމާއެކު ސަރުކާރު ވަނީ ކޮވިޑް މެނޭޖްކޮށްފައިކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލުމާއި ގުޅިގެން މިހާތަނަށް ޕްރައިމަރީ އަށް ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް ސާލިހު ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެގޮތުން ރޭ ސޯލްޓް ކެފޭގައި ރައީސް ސާލިހު ވަނީ އެމަނިކުފާނަށް ތާއީދު ކުރައްވާ ގައުމީ މަޖިލިސްގެ މެމްބަރުންނާއި ބައްދަލުކުރައްވައި ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ވާހަކަ އިއުލާން ކުރައްވާފައެވެ. އަދި ޕްރައިމަރީއަށް ތައްޔާރު ވުމާއި ބެހޭ ގޮތުން ރައީސް ސާލިހު ވަނީ އެމަނިކުފާނުގެ އަރިސް މެމްބަރުންނާއި މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައެވެ. އަދި ރައީސް ނަޝީދުގެ ތާއީދު ފޯމް ފުރުން މިއަދު ހަވީރު 4 ޖަހާއިރު ރާޅުގަނޑު ސަރަހައްދުގައި ކުރިއަށް ދާނެ ކަމަށް ރައީސް ނަޝީދަށް ތާއީދުކުރައްވާ އެމްޑީޕީ މެމްބަރުން  ދަނީ މީސްމީޑިއާގައި ބުނަމުންނެވެ.

ރައީސް ނަޝީދު ވަނީ އެމަނިކުފާނަށް ޕާޓީގެ ހުރިހާ މެމްބަރުން ތާއީދު ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: