ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުއްގިރި މައްސަލަ: ރައީސް ޔާމީންއާއި ސަން ސިޔާމްގެ ކުންފުންޏަށް ދައުވާ ކުރާ މައްސަލައިން އިސް ގާޒީ ޝަކީލް ތަނާޒުލް ވެއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ، ފުއްގިރި ކުއްޔަށް ދިނުމުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި މއ.ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ އިތުރުން ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓްގެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް މައްސަލައިން ތަނާޒުލް ވެވަޑައިގެންފިއެވެ.

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ.

ޔާމީންގެ އިތުރުން މި މައްސަލާގައި ރިޒާއަށާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުންޏަށް ވެސް ވަނީ ދައުވާ ކޮށްފަ އެވެ. ރިޒާގެ މައްޗަށް ކޮށްފައިވަނީ ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިން ކުށުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަމުން ގެންދެވީ ކޯޓުގެ އިސް ގާޒީ ޝަކީލްއެވެ. ނަމަވެސް ޝަކީލް ވަނީ މައްސަލައިން ތަނޫޒުލްވެ ވަޑައިގެންފައެވެ. އިސް ގާޒީ ޝަކީލް މައްސަލައިން ތަނޫޒުލްވި ސަބަބު ސާފު ކުރުމަށް “ސަންގު” އިން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ އިސް ގާޒީ މައްސަލައިން ތަނޫޒުލްވި ސަބަބު އެނގިވަދައި ނުގަންނަވާ ކަމަށާއި ނަމަވެސް އިސް ގާޒީ ޝަކީލް މައްސަލައިން ތަނޫޒުލްވެ ވަޑައިގަތީ މި މަހުގެ އަށް ވަނަ ދުވަހު ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ އިސް ގާޒީ މައްސަލައިން ތަނޫޒުލްވެ ވަޑައިގަތުމުން ދެން މި މައްސަލަ ބައްލަވާނީ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް ކަމަށެވެ.

ވ، ފުއްގިރި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ. އަދި މައްސލައިގައި މިހާރު ކުރިޔަށް ދަނީ ޝަރީޢަތުގެ ކުރިން ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ހުށަހެޅުމުގެ މަރުހަލާއެވެ.

ދައުލަތުން ވަނީ، ރައީސް ޔާމީނާއި ދެކޮޅަށް 88 ހެއްކެއް ހުށަހަޅާފަ އެވެ. އަދި ރައީސް ޔާމީންގެ ފަރާތުން ދިފާއަށް 30 ހެއްކެއް ވަނީ ހުށަހަޅާފަ އެވެ. އެއީ 05 ޝަފަވީ ހެއްކާއި، 25 ކިތާބީ ހެއްކެވެ.

ރައީސް ޔާމީންގެ ފަރާތުން ދިފާއަށް ހުށަހެޅި ހެކީގެ ތަފްސީލުތައް ވެސް ވަނީ ދެއްވާފަ އެވެ. އަބްދުﷲ ރަޝީދު، ގ. އަގުނީގެ ނަން ހެއްކެއްގެ ގޮތުގައި ހުށަހަޅާ އާދަމް ޝަމީމް ވިދާޅުވީ އަހުމަދު ޝިޔާމްގެ އަތުން ރައީސް ޔާމީން 1.18 މިލިއަން ޑޮލަރު ގަތުމަށް ބޭނުންވާ ފައިސާ އޭނާއާއި ހަވާލުކުރުމަށް 17 މިލިއަން ރުފިޔާ އަބްދުﷲ ރަޝީދާއި ހަވާލު ކުރިކަމަށެވެ. އަދި އެ ހަވާލުކޮށްފައިވަނީ އަހުމަދު ނަރީޝް އާއި، ގއ. ކޮލަމާފުށި ސައީދުގެ ހާޒިރުގައި ކަމަށެވެ. އެ ފައިސާ ހަވާލުކޮށްފައިވަނިކޮށް، ޝިޔާމް އެ ފައިސާ ބަލައި ފޮނުވި ލަންކާ މީހެއްގެ ނަން ވެސް ދިފާއީ ހެކީންގެ ގޮތުގައި ރައީސް ޔާމީންގެ ފަރާތުން ވަނީ ހުށަހަޅާފަ އެވެ. އެއީ ތަންގްރާޖް ނަމަކަށް ކިޔާ މީހެކެވެ.

ރައީސް ޔާމީންގެ ފަރާތުން ދިފާއަށް ހުށަހަޅާފައިވާ ހެކިންގެ ތެރޭގައި، މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ ނަން ހިމެނެ އެވެ. ތިންވަނަ ހެއްކަކީ އަބްދުﷲ ސައީދެވެ. މި ހެކިން ހުށަހަޅާފައި ވަނީ، ބޭންކު ރޭޓުން ގަތް ފައިސާގެ މުއާމަލާތަކީ ސައްހަ މުއާމަލާތެއްކަން ސާބިތުކުރުމަކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

ހިޔާނާތުގެ މަންފާ ހޯދިކަމަށް ބުނާ ރަށްތަކުގެ ތެރޭގައި ހިމެނޭ ރ. ފުއްގިރީގެ މައްސަލައަކީ ރަށް ކުއްޔަށް ދޫކުރުމުގައި ހިމެނޭ މުއާމަލާތާއި ގުޅޭ މައްސަލައެކެވެ. އަދި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ނުފޫޒު ބޭނުންކޮށްގެން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަގުތެ ގޮތުގައި 1،117،000 (އެއް މިލިއަން އެއްލައްކަ ސަތާރަ ހާސް) ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.

މި ދެ ދައުވާ އާ ގުޅިގެން މި މައްސަލާގެ ތެރެއިން ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 (އެއް މިލިއަން ތިންލައްކަ ސާޅީސް ނުވަހާސް އަށްސަތޭކަ އަށްޑިހަ ފަހެއް) ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250  (ދެ މިލިއަން ދެލައްކަ ނުވަދިހަ ފަސްހާސް ދުއިސައްތަ ފަންސާސް) ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 (ތިރީސް ހަތަރު މިލިއަން ހަލައްކަ އަށްޑިހަ ނުވަހާސް ހަތަރުސަތޭކަ ފަންސަވީސް) ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެއެވެ.

ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ ދައުވާގައި މީގެ ކުރިން ބޭއްވި އަޑު އެހުމެއްގައި ރައީސް ޔާމީންގެ މިލްކިއްޔާތުގައި ހުރި، އެމަނިކުފާނުގެ އާމްދަނީއާ ނުބައްދަލު މުދަލާއި ފައިސާ ދައުލަތަށް ނަގައިދިނުމުގެ އަމުރަކަށް، ދައުލަތުން ކްރިމިނަލް ކޯޓުގައި އެދިފައިވެއެވެ. މީގެ ކުރިން ވެސް އަޑުއެހުންތައް ކުރިޔަށް ގެންގޮސްފައިވާ މި ދެ ދައުވާއަށް ރައީސް ޔާމީން ވަނީ އިންކާރު ކުރައްވާފައެވެ. އަދި އެމަނިކުފާނުގެ އެންމެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރަނީ ހިނގާފައި ނެތް ކުށެއް ކަމަށެވެ. އަދި މިއީ ސިޔާސީ ބޭނުމަކަށް ކުރާ ދައުވާތަކެއް ކަމަށާއި، މިއީ ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ރައީސް ޔާމީނާއި މެދު ހަސަދައެއް ފިލުވާލުމުގެ ނިޔަތުގައި އުފުލާފައިވާ ދައުވާއެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: