ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާ އިތުރަށް ފުޅާ ކުރަންޖެހޭ: ނައިބު ރައީސް

ނައިބު ރައީސް ފައިސަލް ސްޓެލްކޯގެ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާގައި ކުރެވެމުންދާ މަސައްކަތްތައް އިތުރަށް ފުޅާ ކުރަން ޖެހޭކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތްތައް ދޭން ފެށިތާ 73 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، ޒަމާނީ ވަސީލަތްތައް ބޭނުންކޮއްގެން، ތެލަށް ބަރޯސާވާ މިންވަރު މިހާރަށްވުރެ ކުޑަ ކުރަންޖެހޭކަމަށެވެ. އަދި ކަރަންޓުގެ ހިދުމަތަކީ އަސާސީ ބޭނުމެއްކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ނައިބު ރައީސް ވިދާޅުވީ، ދުނިޔޭގެ އިގްތިސާދަށް އަންނަ ލޮޅުންތަކާއިއެކު ތެލުގެ އަގުތައް ބަދަލުވެ ކަރަންޓުގެ ހިދުމަތްތައް ދިނުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާކަމަށެވެ. އެހެންނަމަވެސް އެ ދަތިތަކާއި އެކުވެސް ސްޓެލްކޯއިން ރަނގަޅު ހިދުމަތްތަކެއް ދީފައިވާކަމާއި، އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާއިން ކުރަމުންދާ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސްޓެލްކޯއިން ކުރިއަށް ގެންދާ އިއާދަ ކުރަނިވި ހަކަތައިގެ ބޮޑެތި މަޝްރޫޢުތަކަށް އަލި އަޅުއްވައި ފައިސަލް ވިދާޅުވީ، އެ މަސައްކަތްތަކަކި އަދިވެސް އިތުރަށް ފުޅާ ކުރަން ޖެހޭ މަސައްކަތްތަކެއް ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ސްޓެލްކޯއިން މުޖުތަމައައްޓަކައި ކޮއްފައިވާ މުހިންމު މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އެގޮތުން ސްޓެލްކޯ އަދި ފެނަކަގެ މަސައްކަތްތަކުން ސަތޭކައަށްވުރެ ގިނަ އިންޖީނުގެ އަލަށް އިމާރާތްކޮށް، ތިންސަތޭކައަށްވުރެ ގިނަ ޖެނެރޭޓަރު ސެޓު ރަށްތަކަށް ފޮނުވާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: