ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ކެންޑިޑޭޓުންގެ ސަޕޯޓަރުންވެސް ރީތި ކެމްޕެއިނެއް ކުރުމަކީ އެމްޑީޕީގެ ކުރިމަގަށް މުހިއްމުކަމެއް: މަހްލޫފް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާޙިމް މުހައްމަދު ސާލިހް އާއި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެމްބަރުން ރީތި ކެމްޕެއިނެއް ކުރުމަކީ ޕާޓީގެ ކުރިމަގަށް މުހިއްމު ކަމެއް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

 

މަހްލޫފް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތަޖުރިބާގައި އޭނާގެ ތާއީދު ވަނީ ރައީސް ސާލިހް އާ އެކުގައި ކަމަށެވެ.

މަހްލޫފް އިތުރަށް ވިދާޅުވެފައިވާ ގޮތުގައި އެމްޑީޕީގެ ވިހި ހާސް މެމްބަރުންގެ ތާއީދާ އެކު ރައީސް ސާލިހު ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށަހަޅުއްވާފައެވެ.

ރައީސް ސާލިހް އާއި ޕްރައިމަރީގައި ވާދަކުރައްވާނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.  ރައީސް ނަޝީދު ވެސް ވަނީ ޕްރައިމަރީގައި ވާދަ ކުރުމަށް ފޯމް ހުށަހަޅުއްވާފައެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބާއި ގުޅޭ ގޮތުން ރައީސް ސާލިޙް ވިދާޅުވެފައި ވަނީ އެންމެ މުހިންމީ އެމްޑީޕީ އިތުރު ދައުރަކަށް ހޮވި، ވެރިކަމަށް އައުން ކަމަށެވެ. އަދި ހިނގަމުންދާ މަޝްރޫއުތަކަށް އެއްވެސް މަޑުޖެހުމެއް ނައިސް ކުރިޔަށް ދިއުމުގެ ފުރުސަތު ދޭން ޖެހޭކަމަށް އިޝާރާތް ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، އެއްވެސް ޕާޓީއަކަށް އެކަނި ރިޔާސީ އިންތިހާބެއް ކާމިޔާބު ނުކުރެވޭނެކަން ކަމަށާއި ގިނަ ޕާޓީތަކެއް އެކުވެގެން ނޫނީ ވެރިކަމަށް ނާދެވޭނެކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވެފައިވާ ގޮތުގައި އެމްޑީޕީ އިސްވެ އޮވެ ކޯލިޝަނަކާއިއެކު ނުކުމެވަޑައިގެން އެ މަނިކުފާނަށް 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެކަމުގެ ޔަގީންކަން އެބައޮތެވެ.

އެމްޑީޕީއިން އެކަނި ރިޔާސީ އިންތިހާބެއް ކާމިޔާބު ނުކުރެވޭނެކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، 2023 ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރުމަށް އޮތް ޗޮއިސްއަކީ އެމަނިކުފާނުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: