ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާދަމާ ރައީސް ޔާމީން ޖަލަށް ލާން ހުކުމްކޮށްފި ނަމަ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެ ތަ؟ ޕީޕީއެމްގެ ވިސްނުން ތަފާތު!

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް އިދިކޮޅުން ބޭއްވި ޖަލްސާގެ ތެރެއިން/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަދި އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ޖަލު ހުކުމެއް އިއްވި ނަމަވެސް 2023 ގެ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް ވާދަކުރުމުގެ ފުރުސަތު ނުގެއްލޭނެކަަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެ އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ހުކުމް އިއްވުން މާދަމާ ހެނދުނަށް ވަނީ ތާވަލުކޮށްފަ އެވެ. ދައުވާތަކުގެ ތެރެއިން މަނީ ލޯންޑްރިންގެ ކުށް ސާބިތުވެއްޖެ ނަމަ 05 އަހަރުގެ ހުކުމެއް އަދި ރިޝަވަތުގެ ދައުވާ ސާބިތުވެއްޖެ ނަމަ އެމަނިކުފާނުގެ މައްޗަށް 03 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދައުވާތަކެއް ވެސް އެބަހުއްޓެވެ. އެހެންކަމުން، އާރަށުގެ މައްސަލައިގެ ދައުވާތައް ސާބިތުވެއްޖެ ނަމަ، 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ރައީސް ޔާމީނަށް ގެއްލޭނެ އެވެ.

އިދިކޮޅުން ގަބޫލު ކުރާ ގޮތުގައި، ސަރުކާރުން ރައީސް ޔާމީނަށް ހުކުމް ކުރަން ބޭނުން ވީ ނަމަވެސް މައްސަލައިގެ ޝަރީއަތްތައް ދިޔައީ އާއްމުކޮށް ފެންނަހެންކަމަށްވުމާއި އެކު ކުށް ސާބިތުވެއްޖެ ނަމަ އެ ވާނީ ބޭއިންސާފު ހުކުމަކަށެވެ.

ތޯރިގު ވިދާޅުވީ ކޯޓުން ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ހުކުމް ކުރިޔަސް، އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުގެއްލޭނެކަމަށެވެ. އަދި އޭގެ ސަބަބެއްކަމަށް އޭނާ ވިދާޅުވި އެފަދަ ހާލަތެއްގައި ކްރިމިނަލް ކޯޓުގެ ހުކުމް ދަމަހައްޓައި، ސުޕްރީމް ކޯޓުން ނިހާޔީ ހުކުމެއް ކުރުމާއި ހަމައަށް ރައީސް ޔާމީނަށް އިންތިހާބުގައި އިދިކޮޅުގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު އޮންނާނެކަމަށެވެ.

ތޯރިގު ވިދާޅުވީ ގާނޫނު އަސާސީގެ 113 ވަނަ މާއްދާގައި ވާގޮތުން ރިޔާސީ ކެނޑިޑޭޓެއްގެ ޝަރުތުތަކަކާއި މެދު ހިޔާލު އުފެއްދިއްޖެ ނަމަ ގޮތް ނިންމުމުގެ ބާރު އޮތީ ހަމައެކަނި ސުޕްރީމް ކޯޓަށެވެ.

”ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް އަތުވެއްޖެ ނަމަ ރިޔާސީ އިންތިހާބުގައި ވާދަކުރާ މީހެއްގައި ހުންނަންވާނެކަމަށް ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާން ކުރާ ޝަރުތު (ބާރަ މަސް ދުވަހަށް ވުރެ ދިގު ހުކުމެއް ތަންފީޒު ކުރަމުން ދާ މީހެއްކަމުގައި ނުވުން) ކަމުގައި ބެލެވެނީ، އިސްތިއުނާފީ ކޯޓުން (ހައިކޯޓުން) އެ ހުމުމް ދަމަހައްޓައި އަދި ސުޕްރީމް ކޯޓުން ނިހާއީ ހުކުމެއް ކުރަމުންކަން ކާށީދޫ ދާއިރާގެ ކުރީގެ މެމްބަރު އިސްމާއިލް އަބްދުއްރަހީމް ކޭސް: ސުޕްރީމް ކޯޓުގެ ގަޟިއްޔާ ނަމްބަރު 2011/SC-C/46 އިން ސާފުކޮށް އެނގެން އޮވެ އެވެ.“

2011 ގައި ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އިސްމާއިލް އަބްދުލްހަމީދުގެ މައްޗަށް ހުކުމް ކުރީ 1 އަހަރާއި 6 މަހަށް އަރުވާލުމަށެވެ. ދަށު ކޯޓުގެ އެ ނިންމުމުގެ ސަބަބުން އޭނާގެ ގޮނޑިއާއި މެދު ސުވާލު އުފެދުނު ނަމަވެސް ހިލާފު އުފެދި ސުޕްރީމް ކޯޓުން ހުކުމް ކުރީ އެފަދަ ހާލަތެއްގައި، ފަހު ބަސް ބުނުމުގެ ބާރު ސްޕްރީމް ކޯޓަށް ލިބޭ ކަމަށެވެ.

ތޯރިގު ވަނީ ސުޕްރީމް ކޯޓުގެ މިހާރުގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ހިމެނޭހެން އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން 17 ނޮވެމްބަރު 2011 ގައި ނިންމާފައިވާ ހުކުމުގެ ބައެއް މުހިންމު ނުކުތާތަށް ހިމަނުއްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: