ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރ ކުރުމާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށް ސާބިތުވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައިވަނީ ޔޫސުފް ނައީމްގެ އެކައުންޓުން ދޫކުރި ޗެކެއް ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވިކަމަށް ލިޔުންތަކުން އެނގޭއިރު ރައީސްގެ މަގާމުގައި ހުރި ބޭފުޅެއްގެ އެކައުންޓަށް ފައިސާ ޖަމާވުމަކީ ސުވާލު އުފެދޭ ކަމެއްކަމަށެވެ.
އެކަމަކީ ސިޔާސީ ކަމަކަށް ބެލިނަމަވެސް، ޕީޕީއެމްގެ މާލީ ހިސާބުތަކުން އެފައިސާ ފެންނަން ނޭނގޭ ކަމަށް ހުކުމްގައި ވެއެވެ. އެހެން ކަމުން ގާނޫނުގައި އޮންނަ ގޮތުން ސިޔާސީ ކަންކަމުން ލިބޭ ފައިސާ އަކީ ކެންޑިޑޭޓުންގެ އޭޖެންޓުން މެދުވެރިކޮށް ބަލަހައްޓަންޖެހޭ ފައިސާ އެއް ކަމުގައި ހުކުމުގައި ބުނެފައިވެއެވެ.

