ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކުށް ސާބިތުވެ އަދަބު ކަނޑައެޅޫމާއި ގުޅިގެން ހުކުމް ތަންފީޒް ކުރުމަށްޓަކައި މާފުށީ ޖަލަށް ގެންގޮސްފިއެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ތެރެއިން ރިޝްވަތު ގަބޫލު ކުރި ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅައި ހުކުމް ކޮށްފައި ވަނީ ހަތަރު އަހަރަށް ޖަލަށް ލުމަށެވެ. އަދި މަނާލޯންޑާރ ކުރި ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅައި ހުކުމް ކޮށްފައި ވަނީ ހަތް އަހަރުގެ ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށެވެ. މީގެއިތުރުން ފަސް މިލިޔަން ޑޮލަރުން ރައީސް ޔާމީން ވަނީ ޖޫރިމަނާ ކޮށްފައެވެ. އަދި ޔޫސުފް ނައީމްގެ މައްޗަށް
ދައުލަތުން ޔޫސުފް ނައީމުގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލީ ވ. އާރަށް ކުއްޔަށް ނެގުމަށްޓަކައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ރިޝްވަތު ދެއްވުމާ ގުޅިގެންނެވެ. މިކުށުގެ އަދަބެއްގެ ގޮތުން އޭނާ ތިން އަހަރާއި ދެ މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފަ އެވެ.
ކަރެކްޝަނަލް ސާވިސްއިން ކުރި ޓުވިޓެއްގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް އަށާއި ކުރީގެ މަޖްލިސް މެންބަރު ޔޫސުފް ނައީމް ގެ މައްޗަށް ޖަލު ހުކުމެއް ކުރުމާ ގުޅިގެން، ވަނީ އެ ސާވިސްގެ ބެލުމުގެ ދަށަށް ގެނެވި މާފުށީ ޖަލުގައި ބަންދުކުރެވިފައިވާ ކަމަށެވެ.
އާރަށް ކުއްޔަށް ދިީގެން ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމްގެ އަތުން އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ހިފުމާއި އެ ފައިސާ ލޯންޑާކުރި ކަމަށުގެ ތުހުމަތުގައި ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވިއިރު ޔޫސުފް ނައީމްގެ މައްޗަށް އުފުލީ ރިޝްވަތު ދިން ކަމުގެ ކުށުގެ ދައުވާ އެވެ.
ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ނެންގެވިކަމުގެ ތުހުމަތުތަކެއް ކުރާއިރު، ދައުލަތުން ވަނީ އެމަނިކުފާނާއި ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި އަދީބާއި ޒިޔަތު ހިމެނޭއިރު، އެހެން ބައެއް އެމްއެމްޕީއާރުސީ މައްސަލަތަކުގައި ވެސް ދައުލަތުގެ ހެއްކެއްގެ ގޮތުގައި އަދީބާއި ޒިޔަތު ވަނީ ހެކިބަސް ދީފަ އެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައިވަނީ ޔޫސުފް ނައީމްގެ އެކައުންޓުން ދޫކުރި ޗެކެއް ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވިކަމަށް ލިޔުންތަކުން އެނގޭއިރު ރައީސްގެ މަގާމުގައި ހުރި ބޭފުޅެއްގެ އެކައުންޓަށް ފައިސާ ޖަމާވުމަކީ ސުވާލު އުފެދޭ ކަމެއްކަމަށެވެ.
އެކަމަކީ ސިޔާސީ ކަމަކަށް ބެލިނަމަވެސް، ޕީޕީއެމްގެ މާލީ ހިސާބުތަކުން އެފައިސާ ފެންނަން ނޭނގޭ ކަމަށް ހުކުމްގައި ވެއެވެ. އެހެން ކަމުން ގާނޫނުގައި އޮންނަ ގޮތުން ސިޔާސީ ކަންކަމުން ލިބޭ ފައިސާ އަކީ ކެންޑިޑޭޓުންގެ އޭޖެންޓުން މެދުވެރިކޮށް ބަލަހައްޓަންޖެހޭ ފައިސާ އެއް ކަމުގައި ހުކުމުގައި ބުނެފައިވެއެވެ.

