ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިއާއު ގެ މަރުގެ ތުހުމަތު ކުރެވޭ ސާހިލް އަށް ފަސް ދައުވާއެއް

ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ އެޕާޓްމެންޓެއްގައި ރަހުމްކުޑަކޮށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ އަލީ ސާހިލްގެ  މައްޗަށް ދައުވާކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ (ޕީޖީ) އޮފީހުން ބުނީ ޝިއާއުގެ މަރުގެ މައްސަލައިގައި ފ ނިލަންދޫ ފިނިފެންމާގެ އަލީ ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކޮށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ސާހިލްގެ މައްޗަށް ކޮށްފައިވަނީ ތިން ދައުވާއެކެވެ. އެއީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާގެ އިތުރުން ކެނެބިސް ބޭނުން ކުރުމުގެ ކުށުގެ ދައުވާއެވެ. ސާހިލް ގެ މައްޗަށް ކުރެވޭ ބާކީ ދެ ދައުވާ އާއިލާ އަށް އިހްތިރާމް ކުރުމަށް ކަމަށްބުނެ ޕީޖީއިން ހާމަކޮށްފައެއް ނުވެއެވެ.

ޝިއާއު މަރާލާފައިވަނީ އޯގަސްޓް މަހުގެ ހަ ވަނަ ދުވަހު ހ ޝީރީންވިލާ ނުވަވަނަ ފަންގިފިލާގައެވެ. ޝިއާއު މަރާލި އިރު އޭނާގެ ހަށިގަނޑަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ. ޝިއާއު މަރާލި ކަމުގެ ތުހުމަތަށް ކުށުގެ ވެށިން ސާހިލް ހައްޔަރުކޮށް އޭނާ މައްސަލަ ނިމެންދެން ބަހައްޓާފައި ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ޝިއާއުގެ މަރަށް ހަތަރު މަސް ވެގެން ގޮސްފައިވާއިރު ފުލުހުން ބުނެފައިވަނީ އެ މައްސަލަ ލަސްވަނީ މޯޓިވް އެއް ނުހޯދުުމުގެ ސަބަބުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: