ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްމާޓްކޮމް ބަރޭންޑުން ދަނީ ޑިޖިޓަލް ބޯޑްތަކެއް ޓަވަރުތަކުގެ ތިރީގައި ބެހެއްޓުމުގެ މަސައްކަތް ކުރަމުން: އެޗްޑީސީ

އެޗްޑިސީގެ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު އާތިފް
ޝެއާރކޮށްލާ ކަހަލަދޯ؟

ސްމާޓްކޮމް ބަރޭންޑުން  ދަނީ ޑިޖިޓަލް ބޯޑްތަކެއް ޓަވަރުތަކުގެ ތިރީގައި ބެހެއްޓުމުގެ މަސައްކަތް ކުރަމުން ކަމަށް ހުޅުމާލެ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑިސީ) އިން ބުނެފިއެ

ހިޔާ ސަރަހައްދުގައި ލިބޭ ޙިދުމަތްތައް ދުވަހުން ދުވަހަކަށް އިތުރުވަމުން ދާއިރު އެ ސަރަހައްދުގައި އާއްމުނަށް މަޢޫލޫމާތު ދިނުމަށް އެޗް.ޑީ،ސީގެ ފަރާތުން ޑިޖިޓަލް ބޯޑު ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ ބުނެފައެވެ.

އެޗް.ޑީ،ސީން މަސައްކަތް ކުރަމުން ދަަނީ ސަރުކާރުގެ ވިސްނުމާއި އެއްގޮތްވާ ގޮތުގެ މަތިން، ރައްޔިތުންނާއި ވީހާވެސް ގާތުން ހުޅުމާލޭ ފޭސް 2 ވަކިން ޙާއްސަކޮށް ހިޔާ ސަރަހައްދަކީ ދިރިއުޅެން ފަސޭހަ ގިނަ ޙިދުމަތްތަކެއް ލިބޭ ސަރަހައްދަކަށް ހެދުމަށް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ހުޅުމާލެ 2 ވަނަ ފިޔަވަހި ހިޔާ ސަރަހައްދަކީ މިވަގުތު އެންމެ ބޮޑު އެއް އަބާދީ އެއް އެއްފަހަރާ އާބާދުވެ ދިރިއުޅެން ފަށާފައިވާ ސަރަހައްދު ކަމަށް އެޗްޑިސީ އިން ބުނެއެވެ.

އަދި މި ސަރަހައްދުގައި މީހުން ދިރިއުޅެން ފެށުމާއި އެކު އެޗް.ޑީ.ސީން ދަނީ މި ސަރަހައްދުގައި ދިރިއުޅުއްވާ ފަރާތްތަކުގެ ލުއި ފަސޭހައެއް ގިނަ މަސައްކަތްތަކެއް ކޮށްދެމުންނެވެ.

މިގޮތުން، ޕްރޮޖެކްޓް ފަރުމާ ކޮށްފައިވާ ގޮތުން ކޮމޭޝަލް ބޭނުން ހިފޭނެ ގިނަ ތަންތަން ނެތުމުން، ކޮންމެ ޓަވަރެއްގެ ވެސް ގްރައުންޑް ފްލޯރ ވިޔަފާރި އެކި ބޭނުންތަކަށް ބަދަލު ކުރެވި މިހާރު ދަނީ ގިނަ ޔުނިޓްތަކުން ޙިދުމަތް ދެމުންނެވެ.

މީގެ އިތުރުން، ރައްޔިތުންނަށް ފަސޭހަ ވާނެ ގޮތްތައް ދެނެގަނެ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ ހިޔާލާއި އެކު ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ހާއްސަ އެހިއަށް ބޭނުންވާ ފަރާތްތަަކަށް ފަސޭހަ ވާނެ ގޮތަށް ރޭމްޕްތައް އެކި ސަރަހައްދުތަކުގައި އަދި ވަކިން ޙާއްސަކޮށް ހިޔާ ސަރަހައްދުގެ ބީޗުގައި ބެހެއްޓުމުގެ މަސައްކަތުގެ ބޮޑު އިންސައްތައެއް ވަނީ ނިންމާލާފައެވެ. އަދި ހަމަ އެއާއެކު ޓަވަރުތަކުގެ މެދުގައި އޮންނަ ހުސް ޖާގަތައް ޕޮކެޓް ޕާކްތަކުގެ ގޮތުގައި ތަރައްޤީ ކުރުމަށް ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހިޔާލާއި އެކު ދަނީ ކުރެވެމުންނެވެ.

މީގެ އިތުރުންވެސް ހެދިކާ ފަދަ ތަކެތި ފަސޭހައިން ލިބޭނެގޮތް ހެދުމަށް ޤާއިމް ކުރާ ކިއޮސްކްތައް ބެހެއްޓުމުގެ މަސައްކަތް ފަށާ މި ކިއޮސްކްތަކުން ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާ މިހާރު ވަނީ ގުރު ނެގުމުގެ މަސައްކަތް ވެސް ނިންމާލާފައިވާ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: