ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިއާއު ގެ މަރުގެ ތުހުމަތު ކުރެވޭ ސާހިލްގެ ޝަރީޢަތް ސިއްރުކޮށްދޭން ދައުލަތުން އެދިއްޖެ

ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ އެޕާޓްމެންޓެއްގައި ރަހުމްކުޑަކޮށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ އަލީ ސާހިލްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީޢަތް ސިއްރުކޮށްދޭން ދައުލަތުން އެދިއްޖެއެވެ.

ޝިއާގެ މަރުގެ މައްސަލައިގެ ޝަރީޢަތް ސިއްރުކޮށްދޭން ދައުލަތުން އެދުނީ  ޝިއާއުގެ އިންސާނީ ކަރާމާތަށް އުނިކަން އަތުވެދާނެތީ އާއި އާއިލާއަށް އިތުރު ހިތާމައެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައެވެ.

ޕީޖީ އޮފީހުން ބުނީ ޝިއާއުގެ މަރުގެ މައްސަލައިގައި ފ ނިލަންދޫ ފިނިފެންމާގެ އަލީ ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކޮށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ސާހިލްގެ މައްޗަށް ކޮށްފައިވަނީ ތިން ދައުވާއެކެވެ. އެއީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާގެ އިތުރުން ކެނެބިސް ބޭނުން ކުރުމުގެ ކުށުގެ ދައުވާއެވެ. ސާހިލް ގެ މައްޗަށް ކުރެވޭ ބާކީ ދެ ދައުވާ އާއިލާ އަށް އިހްތިރާމް ކުރުމަށް ކަމަށްބުނެ ޕީޖީއިން ހާމަކޮށްފައެއް ނުވެއެވެ.

ޝިއާއު މަރާލާފައިވަނީ އޯގަސްޓް މަހުގެ ހަ ވަނަ ދުވަހު ހ ޝީރީންވިލާ ނުވަވަނަ ފަންގިފިލާގައެވެ. ޝިއާއު މަރާލި އިރު އޭނާގެ ހަށިގަނޑަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ. ޝިއާއު މަރާލި ކަމުގެ ތުހުމަތަށް ކުށުގެ ވެށިން ސާހިލް ހައްޔަރުކޮށް އޭނާ މައްސަލަ ނިމެންދެން ބަހައްޓާފައި ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ހ. ޝީރީންވިލާގެ ނުވަ ވަނަ ފަންގިފިލާގެ އެޕާޓްމެންޓެއްގައި ރަހުމުކުޑަ އަދި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި މައުލޫމާތު ދެއްވަމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޕްރިޓެންޑެންޓް އޮފް ފޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ ފުލުހުން ތަހުގީގަށް ދިޔައިރުވެސް ޝިއާއުގެ މަރުގެ ތުހުމަތުކުރެވޭ މީހާކަމަށްވާ ޝާހިލް ކްރައިމް ސީންގައި ހުރިކަމަށާއި އޭނާ އެރޭ ހައްޔަރުކުރިކަމަށެވެ. އަދި އެ ހާދިސާ އާއި ގުޅިގެން ފުލުހުން ހޯދަންޖެހޭ މައުލޫމާތު ސާފުކުރެވިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މައްސަލައިގެ ހަގީގަތް ހޯދުމަށް ޝިއާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވުނު ކަމަށް ފުލުހުން ބުނެފައިވެއެވެ. ޕޯސްޓްމޯޓަމް ރިޕޯޓުން ބޮޑެތި އަނިޔާތަކެއް ޝިއާއަށް ދީފައިވާކަން ފާހަގަކޮށް ބަޝީރު ވިދާޅުވީ އެ މައްސަލައިގައި މިހާތަނަށް 45 އަށް ވުރެ ގިނަ މީހުންނާއި ސުވާލު ކުރެވިފައިވާ ކަމަށެވެ.

ޝިއާގެ މަރުގެ މައްސަލައިގައި މިހާތަނަށް 45 އަށް ވުރެ ގިނަ މީހުންނާއި ސުވާލު ކުރެވި މައްސަލައާއި ގުޅުން ހުރި އެކި ތަންތަނުގެ ސީސީޓީވީ ފުޓޭޖް ތައް ބަލައި ދިރާސާކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެއިތުރުން ފޮރެންސިކް ތަހުލީލަށް ބޭނުންވާ އެކިއެކި ޑިޖިޓަލް ޑިވައިސްތަކާއި ކަމާއިގުޅުންހުރި އެހެނިހެން އެއްޗިހި އެނަލައިޒް ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި ތަހުގީގަށް ޝާހިލްގެ ފޯނުގެ ޕާސްވޯޑު ހޯދުމަށް ކުރި މަސައްކަތުގައި އޭނާގެ އެއްބާރުލުމެއް ލިބިފައި ނުވާތީ ފޮރިންސިކް އިން ވަނީ މަސައްކަތްތަކެއްކޮށްފަ އެވެ. ފުލުހުން ބުނީ ފުރަތަމަ ސްޓޭޖްގައި ފޯނުގެ ޕާސްވޯޑް ދޭން ޝާހިލް ދެކޮޅު ހެދުމުން އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރެއް ވެސް ނެރުނު ކަމަށެވެ. އަދި އޭގެ ފަހުން ވެސް އެއްބާރުލުން ނުދީ ހުރުމަށް ފަހު، ފަހުން ޕާސްވޯޑު ދޭން އެއްބަސްވިކަމަށް މައުލޫމާތު ދެއްވި އެވެ.

އިތުރު މައުލޫމާތުތައް ހިއްސާ ކުރައްވައި ބަޝީރު ވިދާޅުވީ ޝާހިލްގެ ފޯނު މިހާރު އަންލޮކް ކުރެވިފައިވާ ކަމަށާއި ޝިއާއު މަރާލި ސަބަބު ފޯނުގެ އެހީގައި ދެނެގަނެވޭނެކަމަށެވެ. މި މައްސަލައިގައި ދައުވާ ކުރުމަށް ކުރިޔަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި ހުށަހަޅާނެކަމަށް ބަޝީރު ވިދާޅުވި އެވެ.

އަނިޔާވެރި ގޮތަކަށް މިއަހަރުގެ އޯގަސްޓް މަހުގެ 7 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: