ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2022 ގޮންޖެހުންތަކާ އެކުވެސް ތައުލީމީ ޖީލެއް ބިނާ ކުރުމުގެ މަސައްކަތްތައް ކުރެވުނު އަހަރެއް

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ގައުމާއި މުހާތަބް ކުރައްވަނީ: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑްގެ ސަބަބުން ދުނިޔޭގެ ދަތުރު ފަތުރުގެ ނިޒާމަށް އައި ލޮޅުންތަކާއިއެކު، ގިނަ އަދަދެއްގެ މީހުންނަށް ތައުލީމު ހާސިލު ކުރުމަށްވެސް ދަތިތަކާއި ކުރިމަތިލާންޖެހުނެވެ. އިކޮނޮކިމް މިނިސްޓްރީއިންވަނީ ދިވެހިރާއްޖޭގައި ވެރިވެފައިވާ މި ހާސްކަން ނައްތާލުމުގެ މަގުސަދުގައި ތައުލީމީ އަދި ފަންނުވެރި ޖީލެއް ބިނާ ކުރުމަށް ފިޔަވަޅުތަކެއް އަޅާފައެވެ.

އެގޮތުން ޑައިވިންގް ފަދަ ދާއިރާތަކާއި، އެކައުންޓިންގް ފަދަ ދާއިރާތަކަށްވެސް މީހުން ތަމްރީނުކޮށް، އެކަމުގެ ދަށުން ވަޒީފާގެ ފުރުސަތުތައް ބިނާ ކުރުމަށް މިނިސްޓްރީއިންވަނީ މަސައްކަތްތަކެއްކޮށްފައެވެ.

ކޮންސިއުމާ އޮމްބަޑްސްމަން ވެބްސައިޓެއް ގާއިމުކޮށް އިފްތިތާހު ކުރުން:

ވިޔަފާރީގެ ސިނާއަތު ރައްކައުތެރި ކުރުމަށާއި އެ ސިނާއަތުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ހޯދައިދެއްވުމަށް އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ހެލްޕް ސެންޓަރެއް ގާއިމުކޮށްފައިވާއިރު، ވިޔަފާރިތަކުގެ ހިދުމަތްތައް ލިބިގަންނަ ފަރާތްތައް ރައްކައުތެރިކުރުމަށްވެސް މިނިސްޓްރީއިންވަނީ އިންތިޒާމުތަކެއް ހަމަޖައްސަވާފައެވެ.

އެގޮތުން 2020 ވަނަ އަހަރު ތަންފީޒުކުރަންފެށި މުދާ އަދި ހިދުމަތް ލިބިގަންނަ ފަރާތްތައް ރައްކައުތެރި ކުރުމުގެ ގާނޫނުގެ ދަށުން ގާއިމުކޮށްފައިވާ ކޮންސިއުމަރ އޮމްބަޑްސްމަން އޮފީހުގެ ވެބްސައިޓެއް ގާއިމުކޮށް، ކުރިމަތިވާ ދަތިތަކާއި ފެންމަތިވާ މައްސަލަތައް ހައްލު ކުރުމުގައި ލުއި ފަސޭހަކަމެއް ގެނެސްދީ ހިދުމަތް ލިބިގަންނަ ފަރާތްތައް ރައްކައުތެރިކުރުމަށް މިނިސްޓްރީއިންވަނީ މަސައްކަތްތަކެއް ކޮށްފައެވެ.

މިނިސްޓްރީއިން ބުނެފައިވާގޮތުން، މި ވެބްސައިޓު މެދުވެރިކޮށް، މުދާ ގަންނަ ފަރާތްްތަކާއި ހިދުމަތްތައް ބަލައިގަންނަ ފަރާތްތަކުގެ ހައްގުތަކާއި ގުޅޭ މައުލޫމާތުތައް ފޯރުކޮށްދެވޭނެއެވެ. އަދި ހައްގު ގެއްލޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ މައްސަލަ ހުށައެޅުމުގައި ފަސޭހަ ގޮތްތަކެއް ލިބިގެންދާނެކަމަށް ބުނެފައިވެއެވެ.

“މީރީ” ޕިޗްއަޕް ޗެލެންޖުން ހޮވުނު ފަރާތްތަކާއި ގްރާންޓު ހަވާލުކޮށްދެއްވުން:

ކޮވިޑްގެ ދަތިތަކަށް ފަހު، އިކޮނޮމިކް މިނިސްޓްރީއިންވަނީ ދިވެހިރާއްޖޭގެ ޒުވާން ޖީލުތަށް ހަރުދަނާގޮތެއްގެ މަތިން ބިނާވެގެންދާކަން ކަށަވަރުކުރުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާއި ހަޔާރ އެޑިއުކޭޝަން ގުޅިގެން ކުރިއަށް ގެންދާ “ޕިޗް އަޕް ޔޫތު އެންޓްރޮޕްރޮނަރޝިޕް ޗެލެންޖް” އަކީ މި ފަދަ މަޝްރޫޢުއެކެވެ.

މިއީ ރާއްޖޭގެ ޒުވާނުން ބާރުވެރިކުރުވުމަށާއި، ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ވޯލްޑު ބެންކުގެ ހިލޭ އެހީގެ ދަށުން 5 އަހަރުގެ މުއްދަތަކަށް ކުރިއަށް ގެންދާ މަސައްކަތެކެވެ. މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ޓެކްނިކަލް އަދި ވޮކޭޝަނަލް ސްކިލްސް ތަރައްގީކުރުމާއި، މަޝްރޫޢޫގެ ތެރެއިން އިސްކަންދެވިފައިވާ ދާއިރާތަކުން ޒުވާނުން ތަމްރީނުކޮށް ވަޒީފާތަކަށް ނެރުމަށް ބާރުއެޅުމެވެ.

ގްރާންޓު ހަވާލުކުރި ފަރާތްތައް ހޮވާފައިވަނީ 6 މަސްދުވަހަށް ކުރިއަށް ގެންދިޔަޔަ ބިޒްނަސް ދާއިރާގެ ތަމްރީނުތަކަކަާއި، ބޫޓްކޭމްޕަކާއި، ޕްރޮޕޯޒަލް ހުށައެޅުމާއި، ޖަޖުންގެ ޕެނަލްއަކަށް ހިޔާލުތައް ޕިޗު ކުރުމުގެ މަސައްކަތްތަކަށްފަހުއެވެ.

ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓަޑް ލޭބަރ ސާރވިސަސް މަޝްރޫޢު އިފްތިތާހު ކުރުން:

މިއީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ދަށުން ދިވެހިރާއްޖެގެ މަސައްކަތްތެރިންނަށް އަންއެމްޕްލޯއިމެންޓު ބެނެފިޓު ސްކީމެއް ތައާރަފްކުރުމުގެ ގޮތުނާއި އެކްޓިވް ލޭބާރ މާކެޓު ސާވިސަސް ތައާރަފް ކުރުމުގެ ގޮތުން، ވޯލްޑު ބެންކާއިދެމެދު ގާއިމު ކުރެވިފައިވާ އެއްބަސްވުމެއްގެ ދަށުން ކުރެވިގެންދާ މަސައްކަތްތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: