ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2022: މަރުގެ މައްސަލަތަކުން ތުހުމަތު ކުރި މީހުން ދޫވި އަހަރެއް!

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މަރުތަކުގެ މައްސަލަތައް ކޯޓުގައި ކުރިޔަށް ގެންދާއިރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެ ކުށްތައް ސާބިތު ކުރުމެވެ. ކޯޓުގައި ވަރަށް ގިނަ މަރުގެ މައްސަލަތައް ދިގުލައިގެން ގޮސް ހެކިންގެ ހެކިބަސް އަނބުރާ ގެންދިއުން ފަދަ ކަންކަން ދިމާވެ އެންމެ ފަހުން މައްސަލަ ސާބިތު ނުވެ ދަނީ އެވެ.

މި ރިޕޯޓުގައި މި އަލިއަޅުވާލަނީ ކޯޓުގައި ދިޔަ މައްސަލަތަކުގެ ތެރެއިން، ކުށުގެ ތުހުމަތަށް ހައްޔަރު ކުރި މީހުންގެ މައްޗަށް ކުށް ސާބިތު ނުވެ ދިޔަ އަދި މައްސަލަަތައް ދަށު ކޯޓުން ސާބިތު ނުވުމުން އިސްތިއުނާފު މަރުހަލާގައި ސާބިތުވި މައްސަލަތަކަށެވެ.

ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ބައިވެރިވިކަމުގެ ތުހުމަތުކޮށް ޝަރީއަތް ކުރިޔަށް ގެންދާ މީހުންގެ މައްޗަށް ހުކުމް އިއްވާފައި ވަނީ 2022 ގަ އެވެ. އޭޕްރީލް، 2017 ގައި ޔާމީން ދިރިއުޅުނު ގޭގެ ސިޑި ގޮޅި ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ އަނިޔާވެރި ގޮތަކަށް ޔާމީން މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

މި މައްސަލައިގައި ކޯޓުން ހުކުމް ކުރީ 19، ޖެނުއަރީ 2022 ގަ އެވެ. އެކަމަކު ދައުވާ ކުރި މީހުންގެ ތެރޭގައި ހިމެނޭ މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި ގދ. ގައްދޫ، ސިންދުބާދުގޭ، މުހައްމަދު ދިފްރާންގެ މައްޗަށް ކުށް ސާބިތެއް ނުވި އެވެ.

ކުށް ސާބިތުވީ މީހުންގެ މައްޗަށް މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދެއްކުމަށް ވެސް ހުކުމުގައި ވެއެވެ. ހައިޝަމާއި، ޒިހާންގެ ފަރާތުން މައްސަލަ ކޯޓަށް ހުށަހެޅީ މިދިޔަ ހަފްތާގަ އެވެ. ކޯޓުން އަދި މައްސަލަ ބަލައިގަތުމާއި މެދު ގޮތެއް ނިންމާފައި ނުވާއިރު ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ވަނީ ބައެއް ގޯސްތަކެއްގެ ސަބަބުން ދައުވާއިން ސަލާމަތްވި އިސްމާއިލް ރަޝީދާއި، ދިފްރާންގެ މައްސަލަ އިސްތިއުނާފުކޮށްފަ އެވެ.

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލި ބަންގަލްދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) މަރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2022، ފެބްރުއަރީ 27 ގަ އެވެ. މަހުމޫދް މަރާލި މައްސަލައިގައި ސާލިމްގެ މައްޗަށް އުފުލާފައިވަނީ ޤަޞްދުގައި މީހަކު މެރުމުގެ ދައުވާ އާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާ އެވެ. މި ދައުވާތަކަށް އޭނާ ވަނީ އިއުތިރާފްވެފަ އެވެ.

އެ ދައުވާތަކަށް ސާލިމް ވަނީ ކޯޓުގައި އިއުތިރާފްވެސް ވެފައެވެ. މި މައްސަލައިގައި ސާލިމް ކޯޓުގައި އިއުތިރާފްވުމުން މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ. މި މައްސަލައިގައި މަހުމޫދްގެ ވާރިސުން ކޯޓުގައި އެދިފައިވަނީ މަރަށް މަރު ހިފުމަށެވެ

ތޫނު އެއްޗަކުން ހަމަލާދީ 2015 ވަނަ އަހަރު މާލޭގައި މަރާލި ޖައިލަމް އަހްމަދު ޝާކިރުގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރި މީހުންގެ ތެރެއިން ތިން މީހަކަށް ކްރިމިނަލް ކޯޓުގައި ކުށް ސާބިތުވާކަމަށް ނިންމި އެވެ. އެ މައްސަލަ އިސްތިއުނާފަށް ވެސް ވަނީ ހުށަހަޅާފަ އެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ އިސްމާއިލް އަނީގާއި އަލީ އިރުފާނާއި ނަސީބު ސައީދުގެ އިތުރުން މުހައްމަދު ހުމައިދުގެ މައްޗަށެވެ. އިރުފާން އަދި ނަސީބު ސައީދުގެ މައްޗަށް އުފުލާފައިވަނީ މީހަކު މެރުމުގައި ބައިވެރިކަމުގެ ދައުވާއެވެ.

މި ހަތަރު މީހުންގެ މައްޗަށް ދަށު ކޯޓުގައި ކުށް ސާބިތުވެފައިނުވާއިރު، އިރުފާންއާއި ނަސީބު ސައީދު ގެ މައްސަލަ ހައިކޯޓްގައި ވަނީ ރަޖިސްޓްރީ ކޮށްފައެވެ. އަދި ހުމެއިދުގެ މައްސަލަ ހައިކޯޓްގެ ރަޖިސްޓްރީގަ ނެތެވެ.

މައްސަލައިގައި ކްރިމިނަލް ކޯޓުގެ ހުކުމް އިއްވިއިރު މައްސަލަ ބެއްލަވާ ގާޒީ ގެ ވާހަކައިގައި ހާދިސާ ހިނގާފައިވާ ތަނުން ނެގި ފޮރެންސިކް ސާމްޕަލްތަކާއި ފިންގަރ ޕްރިންޓް ތައް ދައުވާ ލިބޭ ފަރާތާއި ގުޅުންނެތް ކަން ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން މައްސަލައިގައި ހިމެނޭ ހެކިން ގެ ބަޔާން ފުލުހުން ނަގާފައިވަނީ ގަދަކަމުން ކަމުގައި ގާޒީ ވިދާޅުވިއެވެ.

އެ މައްސަލައިގެ ވީޑިއޯ ފުޓޭޖް އެނަލިސިސް ރިޕޯޓާއި އެ ހާދިސާ އާއި ގުޅުމެއް ނުވާ ކަމަށް މައްސަލަ ބެއްލެވި ގާޒީގެ ވާހަކަފުޅުގައި ވިދާޅުވެފައިވެއެވެ.
ސަބަބަކީ ފުޓޭޖްތަކުގެ ޗެއިން އޮފް ކަސްޓަޑީ އެ ވީޑިއޯ އާއި އެކު ހުށައަޅާފައި ނުވާތީ ކަމުގައި ގާޒީ ވިދާޅުވިއެވެ.

ޖައިލަމްގެ ހަށިގަނޑުގެ ގިނަ ތަން ވަނީ ޒަހަމްކޮށްލައިފައެވެ. އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައެވެ.
ޖައިލަމަށް ހަމަލާދީފައިވަނީ ގޭންގް ގްރޫޕަކުން ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.
އޭނާ އަށް ހަމަލާ ދިނީ ދަރުބާރުގެ ކައިރީގައި ހުންނަ، ޖައިލަމް ދިރިއުޅުނު ގެ ކައިރީގައެވެ. އޭނާގެ ހަށިގަނޑުގެ 12 ތަނަކަށް ހަމަލާދީފައިެވެވެ.

ޖައިލަމް މަރުގެ މައްސަލައިގައި ދައުވާ ލިބުނު ހަތަރު މީހުންގެ މައްޗަށްވެސް ދަޢުލަތުން ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ.
ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުލްކަރީމް މަރާލި މައްސަލައިގއި ދައުލަތުން ދައުވާ އުފުލި މީހުން ވެސް ކޯޓުން ސަލާމަތްވީ 2022 ގަ އެވެ

ނު އެއްޗެހިން ހަމަލާދީ ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގ. ޝާރާޒް މުހައްމަދު މަފާޒާއި ލ. ގަން ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމީނާއި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ.

ހަތަރު މީހުންގެ ތެރެއިން މަފާޒްގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. ދައުވާގައިވާ ގޮތުން މަފާޒަކީ ނަދީމަށް ހަމަލާދިން މީހާ އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު އިއްވި ހުކުމުގައި ބުނެފައިވާ ގޮތުގައި މަފާޒްގެ ނަދީމް މަރާލި ކަމަށް ސާބިތު ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ނެތެވެ. އެގޮތުން މަފާޒް ނަދީމް މަރާލިކަން ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުގެ ތަފާތު ހުރުމާއި އަދި މަފާޒް ނަދީމް މަރާލި ކަމަށް ބުނެ ހެކީގެ ގޮތުގައި ހުށަހަޅި ވަޅިން މަފާޒްގެ ޑީއެންއޭ ފެނިފައިނެތްކަން ވަނީ ފާހަގަ ކޮށްފައެވެ. މީގެއިތުރުން ވެސް ދައުލަތުގެ ސިއްރު ހެކިން ހެކިބަސް ދިނިމަށް ފަހު އަލުން ހެކި ބަސް ދިނުމަށް އެދުމށާއި މިނޫން ވެސް ގިނަ ކަންތައްތަކެއް ހުކުމުގައި ވަނީ ފާހަގަ ކޮށްފައެވެ.

މިދިޔަ ފެބްރުއަރީ މަހު ނަދީމްގެ މަރުގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލިއިރު، ބައެއް ހެކިންތައް ހާޒިރު ކުރުމުގައި ދަތިތަކެއް ދިމާވި އެވެ. ސިއްރު ހެކިން ހާޒިރު ނުކުރެވިގެން ނަދީމްގެ މަރުގެ މައްސަލައިގެ އަޑުއެހުންތައް ތާވަލުކޮށް ތިން ފަހަރެއްގެ މަތީން ކެންސަލް ކުރަން ޖެހުނެވެ

2018 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހު ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ރ މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ކުރި 17 އަހަރުގެ ކުޑަ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައިކޯޓުން ހުކުމް ކުރީ 2022 ގަ އެވެ.

މި މައްސަލައިގައި އޭރު 17 އަހަރުގެ ކުޑަކުއްޖާ އަށް މިހާރު 20 އަހަރު ފުރިފައިވާއިރު ދައުލަތުން ހުށައަޅާފައިވާ ހެކިންގެ ހެކިބަހުންނާއި އެ މައްސަލައިގައި ހުށައަޅާފައިވާ ހެކިގަރީނާ ތަކަށް ބަލައި ހާދިސާ ހިނގި ވަގުތު އެކުއްޖާ އެތަނުގައި ހުރިކަން ޝަރީއަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް މީގެ ކުރިން ޖުވެނައިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވެއެވެ. އޭނާގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. އެ މައްސަލަ ޖުވެނައިލް ކޯޓަށް ހުށަހަޅާފައި ވަނީ އޮކްޓޯބަރު 8، 2017 ގަ އެވެ. ކޯޓުން ކުށް ސާބިތު ނުވާކަމަށް ކަނޑައެޅީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ.

ޖުވެނައިލް ކޯޓުގެ ހުކުމް ބާތިލްކޮށް ހައިކޯޓުން އެ މައްސަލަ ބަލައި އޭނާގެ މައްޗަށް އަނަސް މަރާލިކަން ސާބިތުވާކަމަށް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައެޅި ނަމަވެސް މި މައްސަލައިގެ ހުކުމުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ. ސަބަބަކީ ކުށް ކުރިއިރު 18 އަހަރު ނުވާތީއެވެ. ކުށްކުރާ ކުޑަކުދިންގެ މައުލޫމާތު ހާމަކުރުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ. ދު

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: