ރާއްޖޭގައި އެއަރޓެކްސީގެ ހިދުމަތްދޭ އެންމެ ބޮޑު ކުންފުނި ކަމަށްވާ ޓްރާންސްމޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ) ގެ ޗެކިން ސިސްޓަމަށް ހޮނިހިރު ދުވަހު ދިމާވި މައްސަލަ ހައްލުކޮށްފިއެވެ.
ޓީއެމްއޭއިން ބުނިގޮތުގައި ޗެކިން ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކޮށް ޝެޑިއުލް އާ އެއްގޮތަށް ދަތުރުތައްދަނީ ކުރަމުންނެވެ.
ޓީއެމްއޭއިން ބުނި ގޮތުގައި ވޭތުވެދިޔަ ދެ ދުވަހު އެކުންފުނީގެ ޗެކިން ސިސްޓަމަށް މައްސަލަ ދިމާވެފައިވީ ނަމަވެސް، މެނުއަލްކޮށް މަސައްކަތް ކުރިއަށްދިޔަ އެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން ގިނަ ބަޔަކު ރިސޯޓްތަކަށް ދަތުރުކުރަނީ ޓީއެމްއޭގެ އެހީގައެވެ.

