ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުގެ އެއްވުންތަކުގައި މީހުންނަށް އަނިޔާކޮށް، ގާނޫނާއި ހިލާފަށް ހައްޔަރު ކުރާކަމަށް ބުނެ އެންއައިސީއަށް!

އިދިކޮޅުން ކުރިޔަށް ގެންދިޔަ އެއްވުމެއްގެ ތެރެއިން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރިޔަށް ގެންދާ އިހުތިޖާޖުގެ ތެރެއިން ޕާޓީގެ އާއްމު މެމްބަރުން ހައްޔަރު ކުރުމުގައި ބާރުގެ ބޭނުންކޮށް، އަނިޔާ ކުރުމާއި ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ހިލާފަށް އަމަލު ކުރާކަމަށް ބުނެ އެ މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅުމަށް ޕާޓީން ނިންމައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު އިދިކޮޅުން ދަނީ އެއީ ނުހައްގު ހުކުމެއްކަމަށް ބުނެ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލަމުންނެވެ. އަދި ސިލްސިލާ ގޮތެއްގައި ކޮންމެ ދުވަހަކު ކުރިޔަށް ގެންދާ އިހުތިޖާޖުގެ ތެރެއިން ފުލުހުންގެ އަމުރަށް ނުކިޔަމަތެރިވުމުގެ ކުށުގައި ގިނަ ބަޔަކު ހައްޔަރު ވެސް ކުރެ އެވެ.

ހައްޔަރު ކުރާ މީހުންނަށް ފުލުހުން އަނިޔާ ކުރާކަމުގެ ތުހުމަތުތައް އަބަދުވެސް ކުރެވެ އެވެ. އަދި ޕީޕިއެމް، ޕީއެންސީ މުޒާހަރާތަކުން ހައްޔަރު ކުރާ މީހުންނާއި މެދު ވެސް ބާރުގެ ބޭނުން ކުރަމުންދާކަމުގެ ތުހުމަތު ވަނީކޮށްފަ އެވެ.

އިދިކޮޅުގެ އިހުތިޖާޖުތަކުގެ ތެރެއިން، މީހުން ހައްޔަރު ކުރާ މައްސަލައިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާގިބު ވިދާޅުވީ ފުލުހުން އެއްވުންތަކުގައި ގާނޫނާއި ހިލާފު ބާރުގެ ބޭނުން ކުރާކަމަށެވެ. އިދިކޮޅުގެ ހަރަކާތްތަކަކީ ހިޔާލުފާޅުކުރުމުގެ ބޭނުމުގައި ކުރިޔަށް ގެންދާ ހަރަކާތަކަށްވާއިރު މިއީ އެއްވެސް ހާލަތެއްގައި ހަމަޖެހުން ނަގާލުމުގެ ބޭނުމުގައި ކުރިޔަށް ގެންދާ މުޒާހަރާތަކެއް ނޫން ކަމަށެވެ.

އެއްވުމުގެ ބައިވެރިން މަގުތަކުގައި ތިއްބައި އެއްވެސް ގާނޫނީ އިންޒާރު ދިނުމެއް ނެތި، އެ މީހުންނަށް އަނިޔާ ވާ ގޮތަކަށް ހައްޔަރުކޮށް ފުލުހުންގެ ކަސްޓަޑީއަށް ގެންދިއުމަށް ފަހު ހައްޔަރަށް ނުލައި އެ މީހުންގެ ކަރާމާތަށް އުނިވާނެހެން ބަލާ ފާސް ކުރާކަމަށް ރާގިބު ވިދާޅުވި އެވެ.

މީހަކު ހައްޔަރުކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު އަމަލު ކުރަން ޖެހޭ ގޮތް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާކަން ފާހަގަކޮށް ރާގިބު ވިދާޅުވީ ތުހުމަތެއް ކުރާ މީހާ އެންމެ ފުރަތަމަ އަނގަބަހުން ގާނޫނީ އިންޒާރު ދިނުމަށް ފަހު ގެންދަން ޖެހޭނީ ހައްޔަރަށް ކަމަށެވެ. އަދި ހައްޔަރު ކުރާތާ 12 ގަޑިއިރުގެ ތެރޭގައި ލިޔެކިއުމުން ގާނޫނީ އިންޒާރު ދޭން ޖެހޭނެކަމަށް ގާނުނުގައި ބުނެފައި ވީ ނަމަވެސް އެގޮތަށް ފުލުހުން އަމަލު ނުކުރާކަމަށް ރާގިބު ވިދާޅުވި އެވެ.

ރާގިބު ވިދާޅުވީ އެއްވުންތަކުން ހައްޔަރު ކުރާ މީހުންނަށް އެކި ގޮތްގޮތުން އަނިޔާ ދިނުމަށް ފަހު، ބަންދުގައި ބަހައްޓަނީ 3 ގަޑިއިރު ކަމަށެވެ. އެއަށް ފަހު ބަންދުން ދޫކޮށްލާއިރު އެ މީހުންގެ ގައިގައި އަނިޔާގެ އެކި ނިޝާންތައް ހުންނަކަން ފާހަގަކުރި އެވެ.

”އެހެންވީމަ މިއީ ގާނޫނު ދަންނަކަމެއް ނޫން.. މިއީ ގާނޫނީ ތަރަހައިގެ ތެރެއިން ކުރެވެން ވެސް އޮތްކަމެއް ނޫން… ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މީހަކު ހައްޔަރު ކުރުމަށް ފަހު އަމަލު ކުރަން ޖެހޭގޮތް ވަރަށް ސާފުކޮށް ބުނެފައިވާއިރު އަޅުގަނޑުމެން މިހާރު ކުރިޔަށް މި ގެންދަނީ މިގޮތަށް ހިންގާ މިފަދަ އަމަލުތައް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާނެ ވާހަކަ އަޅުގަނޑުމެން ދަންނަވަން“ ރާގިބު

މީގެއިތުރުން އެއްވުންތަކުގައި މީހުން ހައްޔަރު ކުރުމަށް ފަހު އެބައެއްގެ އަތަށް އަނިޔާވާހެން ބާރަށް ހިފަހައްޓާކަން ފާހަގަކުރެވިފައިވާކަމަށް ގާނޫނީ ޓީމުން ބުންޏެވެ. ހައްޔަރު ކުރާ މީހާ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ ކޮން ކުށެއްގެ ތުހުމަތަށް ތޯ އޭނާއަށް އެނގެން ޖެހޭއިރު އެއްވުންތަކުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރާކަމަށް ގާނޫނީ ޓީމުން ތަކުރާރު ކުރި އެވެ.

އެއްވުމުގެ ބައިވެރިންގެ ތެރެއަށް ވަނުމުގެ ކުރިން ނުވަތަ ޕެޕާ ސްޕްރޭ ބޭނުމުގެ ކުރިން ވެސް އިންޒާރު ދޭން ޖެހޭއިރު އެފަދަ އެއްވެސް ގާނޫނަކަށް ވެސް ފުލުހުން އަމަލު ނުކުރާކަމުގެ ކަންބޮޑުވުން ގާނޫނީ ޓީމުން ހިއްސާ ކުރި އެވެ. އަދި އެއްވުމުގެ ބައިވެރިންގެ ތެރެއަށް ފުލުހުން ވަދެގަންނަނީ ކުއްލި ގޮތަކަކަށް ވެސް އެބޭފުޅުން ވިދާޅުވި އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: