މިއުޒިކް ހުއްޓުމާއެކު ދެން އިށީންނަން އެނގެންޖެހޭނެ ކަމަށާއި ނޫން ނަމަ ޖެހޭނީ ގޮނޑި ގެއްލިގެން އެ ހޯދަން ދުވަން ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިހު ނ އަތޮޅަށް ކުރައްވާ ކެމްޕޭޭން ދަތުރުގައި މިއަދު ނ އަތޮޅު ކެނދިކުޅުދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގައި ނަސީމް ވަނީ ރަށުގެ ރައްޔިތުންނަށް ދަތިވާ ސިއްހީ މަރުކަޒުގެ ހިދުމަތްތައް ގާއިމް ކޮށްދިނުމަށް މަސައްކަތް ކޮށްދޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ނަސީމް ވިދާޅުވީ ކެނދިކުޅުދޫގައި އަލަށް އިމާރަތް ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލުގެ ބިމުގެ ޖާގަ ބޮޑު ކަމާއެކު ރައްޔިތުން އެދޭ ގޮތަށް އެތަން އިމާރާތް ކުރެވިގެން ދާނެކަމަށެވެ .
މީގެ އިތުރުންވެެސް ނަސީމް ވިދާޅުވީ އޭނާގެ ހަޔާތުގައި ވަރަށް ގިނަ ރައީސުންނާ އެކު މަސައްކަތްކުރެވިފައިވާ ކަމަށާއި ނަމަވެސް ރައްޔިތުންގެ ކަންކަމުގައި ރައީސް ސާލިހު ވަރުގެ ވެރިއަކު އަދި މިހާތަނަށް ފެނިފައި ނުވާ ކަމަށް ނަސީމް ވިދާޅުވިއެވެ.

