ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްބާސްގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް އިތުރުކޮށްފި

ކުރީގެ ރައީސް އޮފީހުގެ ތަރުޖަމާނެއްގެ މަގާމު އަދާކުރައްވާފައިވާ އައްބާސް އާދިލް ރިޒާ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ އެމްބަސީގައި ހުޅުުޖެހުމަށް ގޮވާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި އައްބާސް އާދިލް ރިޒާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ތިން ވަނަ ފަހަރަށް އިތުރިކޮށްދީފިއެވެ.

އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލި ކަމުގެ ތުހުމަތުގައި އައްބާސް ހައްޔަރު ކޮށްފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އޭނާގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް ކްރިމިނަލް ކޯޓުން އިތުކޮށްދީފައި ވަނީ ހޮނިހިރު ދުވަހުއެވެ. އެގޮތުން ބަންދަށް ހަތް ދުވަސް ވަނީ އިތުރުކޮށްފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނެއްގެ މަގާމުވެސް އަދާކުރަައްވާފައިވާ އައްބާސް ހައްޔަރުކޮށްފައިވަނީ އެނާ ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ ޓްވިޓާރ އެކައުންޓަކުން ނަފްރަތު އުފެދޭ ފަދަ ވާހަަކަތަކެއް ދައްކައި އިންޑިއާގެ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލާފައިވާކަމަށް ތުހުމަތު ކުރެވިފައިވަނިކޮށެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން އެނާ ވަނީ އެ އެކައުންޓާއި ގުޅުމެއްވާކަން ދޮގުކުރައްވާފައެވެ.

އެނާކަމަށް ތުހުމަތު ކުރެވޭ އެކައުންޓުން ބުނެފައިވާގޮތުން ފެބްރުއަރީ 8 ވަނަ ދުވަހު އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަކަށެވެ. އަދި އެކަމަށް ބަދަލު ހިފިފައިނުވާކަމަށްވުމުން އެ ގައުމުގެ އެމްބަސީއިން ފަށަން ފެންނަކަމަށް ބުނެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ އިންޑިއާ ހައިކޮމިޝަނުގައި ހުޅުޖެހުމަށް ގޮވާލި ގޮވާލުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށޭވެ. އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ގެންގުޅުއްވާ “ޒިރޯ ޓޮލަރެންސް އޮން ޓެރަރ” ސިޔާސަތު ތަންފީޒު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށައި އިންޑިއާ އަކީ ރާއްޖޭގެ ތަރައްގީގެ އެންމެ ގާތް އެކުވެރިޔާކަަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތީހަރުކަށި ވިސްނުމުގެ މީހެއް، ތީނަގެ ސަބަބުން ޕީޕީއެމްގެ އަގުވެއްޓިގެންދަނީ، އަހަރެމެން މިކަހަލަމީބުންނަށް ނޫނެކޭބުނަންވީ، ކަރުންނާރުނަގާފަ ޕޯޑިޔަމްތަކުގަ ހަޅޭލެވިޔަސްތީ އެއްވެސްމީހެއްނޫން މުޒާހަރާކުރަންފަށާއިރައް ދުވެފިލާމީހެއް، މޮޅުވާޙަކަދެއްކުމާ ފޮނިބައިސާކެނޑުންމީނަގެ ކަމަކީ، އަހަރެމެން މިހާރު ސަރުކާރާދެކޮޅައް މުޒާހަރާކޮށް ވެރިކަންލިބޭއިރައް މިކަހަލަ ބައިގަނޑުއައިސް ސިޔާސީ މަޤާމްތައް ބޮޑުމުސާރަޔާއެކު އަތުލާނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: