ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލިފާނުގެ ހާދިސާގެ އަސަރުކުރި ގިނަ އަދަދެއްގެ ބިދޭސީންނަށް އެކޮމޮޑޭޝަން ހަމަޖައްސައިފިން: އެޗްޑީސީ

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ބަންދުކޮށްފައިވާ މަންޒަރު.
ޝެއާރކޮށްލާ ކަހަލަދޯ؟

ނީލަން ފިހާރަ ރޯވެ، ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ހާލުގައިޖެހިފައިވާ މާލެ ސިޓީ ކައުންސިލުގެ މުއައްޒިފުންނަށް ހުޅުމާލޭގައި ހުންނަ ކުރީގެ ކޮވިޑް ފެސިލިޓީގައި ވަގުތީ އެކޮމޮޑޭޝަން ހަމަަޖައްސައިދީފައިވާކަމަށް އެޗްޑީސީ އިން ބުނެފިއެވެ.

މާލޭގައި ހުންނަ ނީލަމް ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ފިހާރައަށް އިއާދަ ކުރުމަށް ދަތިވާވަރަށް ގެއްލުންތަކެއް ލިބިފައިވާއިރު، އެ ފިހާރައާއި ޖެހިގެން ހުރި މާލެ ސިޓީ ކައުންސިލުގެ އެކޮމޮޑޭޝަން ބްލޮކެއްވެސްވަނީ އަނދާފައެވެ. އެޗްޑީސީއިން ބުނެފައިވާގޮތުން އެ ކުންފުނިންވަނީ ސަރުކާރާއި ގުޅިގެން، ހާލުގައި ޖެހުނު ބިދޭސީ މުއައްޒިފުންނަށް ވަގުތީ ބޯހިޔާވަހިކަން އިންތިޒާމުކޮށްފައެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން، އެ ކުންފުނިން ހަމަޖައްސައިދީފައިވަނީ ހުޅުމާލެގައި ހުންނަ ކުރިން ބޭނުން ކުރި ކޮވިޑް ފެސިލިޓީއެވެ. އަދި އެ ތަނުގައި 160 ގާތް ކުރާ އަދަދެއްގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާއިރު، ފާހާނަކޮށް ފެންވެރޭނެ އިންތިޒާމުވެސް ހަމަޖެހިފައިވާކަމަށް ބުނެފައިވެއެވެ.

ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު ހިނގާފައިވާ އަލިފާނުގެ ހާދިސާ އެމްއެންޑީއެފްއަށް ރިޕޯޓުކޮށްފައިވަނީ ފަތިހުގެ ވަގުތެއްގައެވެ. އެ ސަރަހައްދުގައި އަލިފާން ކޮންޓްރޯލް ކޮށް ނިއްވާލުމަށް ގިނަ އަދަދެއްގެ އެމްއެންޑީއެފް ބޭފުޅުންނާއި ފަޔާ ފައިޓަރުން ހަރަކާތްތެރިވެފައިވާއިރު، އަލިފާން ނިއްވާލެވިފައިވަނީ އެމްއޭސިއެލްގެ ފަޔަރ ލޮރީވެސް ބޭނުންކޮށްގެންނެވެ.

މާލެ ސިޓީ ކައުންސިލުގެ މުއައްޒިފުންތަކަކަށް އަސަރުކޮށްފައިވާތީ، މޭޔަރ ޑރ މުހައްމަދު މުއިއްޒުވަނީ މީޑިއާތަކާއި ބައްދަލު ކުރައްވާފައެވެ. އެގޮތުން މޭޔަރވަނީ އެކި މުއައްސަސާތަކުން ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދާކަމަށް ފާހަގަކުރައްވާފައެވެ.

މި މައްސަަލައާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުވަނީ ބޮޑު ތަހުގީގެއް ހިނގަމުންދާކަމަށް މައުލޫމާތު ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: