ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުއްޖަކު ލަފާދާރު ރައްޔިތެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށް ރަށު ކޮންމެ މީހެއްގެވެސް ޒިންމާއެއް އޮވޭ: އައިޝަތު އަލީ

ގައުމީ ގަދަ ދިހެއްގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަދައްކަވަނީ .-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފޭދޫގެ އިޖްތިމާއީ އަހުލާގަށް ހެޔޮ ބަދަލެއް ގެންނަން ބޭނުންނަމަ އެކަން ކުރަންވީ މަދަރުސާތައް މެދުވެރިކޮށް ކުޑަ ކުދިންގެ އުޅުމަށްކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ފޭދޫ ސުކޫލަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، މިނިސްޓަރު ވަނީ އެފްރިކާގެ ހަރު ބަހެއް ކަމަށްވާ ”އިޓް ޓޭކްސް އަ ވިލެޖް ޓު ރެއިޒް އަ ޗައިލްޑް“ އަށް އަލި އަޅުއްވާފައެވެ. މިނިސްޓަރު ވިދާޅުވީ، އެ ހަރު ބަހުގެ މާނައަކީ، ކުޑަ ކުއްޖެއް ހެޔޮ ގޮތުގައި ރައްކައުތެރި ވެއްޓެގައި ބޮޑުވުމަށް އެ ކުދިން ދިރިއުޅޭ ބަސްތީއެއްގެ އެންމެން ނުވަތަ އެ ކުދިން އުޅޭ އަވަށެއްގެ އެންމެން އެކުދިންނާއި ފަހިކޮށް މުއާމަލާތް ކުރަންޖެހޭކަން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ހަރު ބަހުން ދޭހަވަނީ ކުޑަ ކުދިން އުފަލުގައި ހެޔޮ ގޮތުގައި ބޮޑުވަމުންދަނީ ހަމައެކަނި ބެލެނިވެރިންގެ ސަބަބުން ނޫންކަން ކަމަށެވެ. އަދި ދޭހަވަނީ މުޅި ރަށުގެ ރައްޔިތުން އެ ކުދިން ހެޔޮ ގޮތުގައި މަގަށް އެޅުވުންކަމާއި ރަނގަޅަށް އެ ކުދިންނާއި މުއާމަލާތް ކުރަންޖެހޭކަންވެސް ދޭހަވާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެ ކުދިންނާއި ބައްދަލުވާ ކޮންމެ މީހަކު އެ ކުދިންގެ ފަރާތުން ފެނިގެންދާ ހެޔޮ ކަންކަމަށް ހިތްވަރުދީ ގޯސްކޮށް އުޅެނީނަމަ ނަސޭހަތްދީ އުޅެންޖެހޭކަމަށެވެ. އަދި ކޮންމެ ކުއްޖެއްވެސް ލަފާދާރު ރައްޔިތެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށް ކޮންމެ ރަށުގެ ކޮންމެ މީހެއްގެވެސް ޒިންމާއެއް ވާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަމާއި ދުރުހެލިވުމަށް ބުނުމަކީ ރަށުގެ ކޮންމެ އަހުލުވެރިއެއްގެ ވާޖިބެއް ކަމަަށެވެ. އަދި އެކަން އެގޮތަށް ނުކުރާ ނަމަ. އެކި ރަށްތަކުގެ ގޯޅިތަކުގެ ކަންމަތީގައި ކޯޅި ކޯޅިއަށް ތިބޭ ޒުވާނުން އެ ރަށަކުން ފެންނަން ފަށާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: