ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝައުނާގެ ރައްދު ވާދަވެރިންނަށް: މުޅި ރާއްޖެ ގުޅާލާނީ އެމްޑީޕީގެ ސިޔާސަތުތަކުން

ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި ޝައުނާ ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުގައި ހިންގަނީ އެމްޑީޕީގެ ސިޔާސަތުތައްކަމަށާއި، މުޅި ރާއްޖެ ގުޅާލާނީ އެމްޑީޕީގެ ސިޔާސަތުތަކުންކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އައްޑޫ ސިޓީއަށް ކުރެއްވި އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ދަތުރުގެ ތެރެއިން މީދޫގެ ރައްޔިތުންނާ އެކީ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންވަރަށް ކަންބޮޑުވާ ވާހަކަތަކެއް އިވޭކަމަށް ފާހަގަކުރައްވާ ޝައުނާ ވިދާޅުވީ އެގޮތުން މިއީ އެމްޑީޕީގެ ވެރިކަމެއް ނޫނޭ ބުނެ ވާހަކަތަކެއް ދެކެވޭކަމަށެވެ.

އެބޭފުޅުންކީވެސް އެމްޑީޕީގެ ބައެއް ނޫންކަމަށާއި، އުޅޭނީ އެހެން ސިފަތަކެއް ޕްރޮމޯޓްކުރުމަށްކަމަށް ބުނެ ވާހަކަ ދެކެވޭތީ ކަންބޮޑުވާކަމަށް ޝައުނާ ވިދާޅުވިއެވެ. ނަމަވެސް އޭނާއަކީ ޕާޓީއިން ކަނޑާލިއަސް އެމްޑީޕީ މެންބަރެއްކަމަށް ޝައުނާ ވިދާޅުވިއެވެ. އަދި ރައީސް ސާލިހަކީ އެމްޑީޕީ ކުރިއެރުވމަށް އެންމެ ބޮޑަށް މަސައްކަތްކުރެއްވި ޕާޓީއަށް މުހިންމު ލީޑަރެއްކަމަށް ފާހަގަކުރެއްވިއެވެ.

އަޅުގަނޑުގެ ގައިގަ ނުހިގާނެ މި ނޫން ކުލައެއް، އަޅުގަނޑުގެ ގައިގަ ހިގާނީ ރީދޫ ކުލައޭ އިގޭތޯ

އެންމެ ފުރަތަމަ ޕާޓީގެ ސިޔާސަތެއްގެ ގޮތުގައި ރައީސް ނިންމެވި ސިޔާސަތަކީ ގައުމުގެ ޒުވާނުން އެންމެ ބޭނުންވެފައިވާ އެއް ކަންތައްކަމަށް ފާހަގަކުރައްވާ ޝައުނާ އިޝާރާތްކުރެއްވީ ތައުލީމީ ދާއިރާ ކުރިއެރުވުމަށްޓަކައި މި ސަރުކާރު ކުރިއަށް ގެންދާ ހިލޭ ޑިގްރީ ޕްރޮގްރާމްތަކެވެ. ޝައުނާ ވިދާޅުވީ މިއަދު 16،000 އަށްވުރެ ގިނަ ދަރިވަރުންނަށް މި ސަރުކާރުން ހިލޭ ކިޔަވައިދެވެނީ އެމްޑީޕީގެ ސިޔާސަތުތައް ކުރިއެރުވޭތީކަމަށެވެ.

ޝައުނާ ވިދާޅުވީ މިއީ އެމްޑީޕީ ވެރިކަމެއްކަމަށާއި، އިތުރު ޕާޓީއެއްގެ ސިޔާސަތުތަކެއް މި ވެރިކަމުގައި ކުރިނާރުވާނެކަމަށެވެ. އަދި މި ސަރުކާރުގެ މެނިފެސްޓޯވެސް އެކުލަވާލެވިފައިވަނީ ޕާޓީގެ ސިޔާސަތުތައް ތަންފީޒްކުރުމަށްޓަކައިކަމަށް ޝައުނާ ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީއިން އުފެއްދި ފިކުރެއްކަމަށް ފާހަގަކުރައްވާ ޝައުނާ ވިދާޅުވީ މި ސަރުކާރުން އައީ މި ސިޔާސަރު އަބަދުވެސް ކުރިއަރުވަމުންކަމަށެވެ.

އެ ސިޔާސަތުތައް ވަޅުޖެހި، ތަޅުއަޅުވައި، ބިރުދައްކައިގެން އަޅުގަނޑުމެންގެ ކައުންސިލަރުންތައް ސަސްޕެންޑްކުރަމުން އާ އައުން ހުއްޓާލީ ކޮން ބައެއްތޯ؟ މި ސަރުކާރުންނޭ އިގޭތޯ

އެގޮތުން ކައުންސިލްތަކަށް އެތައް ޞާރުތަކެއްދީ، ރަށްރަށުގެ އިހުތިސާސް ކަނޑައަޅާ އަދި އޭގެން ލިބޭ އާމްދަނީއަކީ ރަށު ކައުންސިލްތަކަށް ލިބޭ އާމްދަނީއެއްކަމުގައި ހެދީ އެއީ އެމްޑީޕީގެ ސިޔާސަތުތަކެއްކަމުގައިވާތީ މި ސަރުކާރުންކަމަށް ޝައުނާ ވިދާޅުވިއެވެ. އެހެންކަމުން މިއީ އެމްޑީޕީގެ ސަރުކާރެއް ނޫންކަމަށް ވިދާޅުނުވެވޭނެކަން ޝައުނާ ފާހަގަކުރެއްވިއެވެ.

އެންމެ ކުޑަ އުޖޫރައާއި، ރިސޯޓް މުވައްޒަފުންނަށް ސާވީސް ޗާޖު ދިނުމާއި، މިކަންތައްތަކަކީ އެމްޑީޕީއިން ދެއްކި ވާހަކަތަކެއްކަމަށާއި، މިކަންކަން ނިމިއްޖެކަމަށް ޝައުނާ ވިދާޅުވިއެވެ. ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަކީ މިހާރު ތަންފީޒްވަމުން އަންނަ އެންމެ ބޮޑު އެއް ސިޔާސަތުކަމަށް ފާހަގަކުރައްވާ ޝައުނާ ވިދާޅުވީ ހއ، ހދ އަދި ށ މިކަން ކޮށް ނިންމިއްޖެކަމަށާއި، މިހާރު ޅ އަތޮޅުގައި މި މަސައްކަތްކުރަމުން އަންނަކަމަށް ޝައުނާ ވިދާޅުވިއެވެ. ޝައުނާ ވިދާޅުވީ މުޅި ރާއްޖެ ގުޅާލާނީ އެމްޑީޕީގެ ސިޔާސަތުތަކުންކަމަށެވެ.

ދެން އެއަށްފަހު ރައްޔިތުންގެ ޖީބުތަކަށް ވަންނަ ފައިސާގެ އަދަދުތައްވެސް އިތުރުކުރާނީ ޕާޓީގެ ސިޔާސަތުތަކާއި އެކީގައިކަމަށެވެ.

އެމްޑީޕީއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދެވޭ އެހީއާއި ލޯނުތަކުގެ ވާހަކަ ދައްކާކަމަށް ފާހަގަކޮށް ޝައުނާ ވިދާޅުވީ އެސްއެމްއީ ބޭންކެއް ހަދާ ސަރުކާރުން އަންނަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިސާވެސް ފޯރުކޮށްދެމުންކަމަށެވެ.

މީގެ އިތުރުން ޝައުނާ ވިދާޅުވީ އޭނާއަކީ 2008 ވަނަ އަލަށް ވޯޓުލީ ބޭފުޅެއްކަމަށާއި، އުމުރުން 25 އަހަރުވީ މަގުމަތީގައި ހުއްޓާކަމަށާއި، 35 އަހަރުވެސް ވީ މަގުމަތީގައި ހުއްޓާކަމަށެވެ. ނަމަވެސް 45 އަހަރު މަގުމަތީގައި ހުއްޓާވާން ނޭދޭކަމަށް ޝައުނާ ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީގެ ސިޔާސަތުތައް ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ތަންފީޒުކޮށް ހިންގޭނީ ރައީސް ސާލިހަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: