ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ޕްރީޕެއިޑް އާއެކު އެންމެ 500 ރުފިޔާއަށް 70ޖީބީ

ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގުން މިހާރު ކުރިއަށްގެންދާ ޕްރޮމޯޝަންއާއެކު ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް އިތުރު އެޑް-އޮންއާއެކު ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ހެޔޮ އަގުގައި އިތުރު ޑޭޓާ ހޯދޭނެ ކަމަށް ދިރާގުން ބުނެފިއެވެ.

 

މި ލިމިޓަޑް ޓައިމް އެޑް-އޮންގެ ދަށުން ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް އެންމެ 500 ރުފިޔާއަށް  70ޖީބީ ނެގޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

30 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ މި އެޑް އޮން ދިރާގު އެޕް މެދުވެރިކޮށް  ނުވަތަ 343 އަށް ކީވޯޑް ‘M500 ‘ޖަހާފައި އެސްއެމްއެސް ކޮށްލައިގެން ވެސް ނެގޭނެއެވެ. އަދި މި އެޑް-އޮން ނެގުމުގެ ފުރުސަތުވަނީ ދިރާގުގެ ހުރިހާ ޕްރީޕެއިޑް ޕްލޭނެއް ގެންގުޅުއްވާ ކަސްޓަމަރުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ.

ދިރާގުގެ ސްޓޭންޑަޑް ޕްރީޕެއިޑް ޕްލޭންތަކަށް ސަބްސްކްރައިބް ކުރައްވާ ކަސްޓަމަރުންނަށް ތަފާތު ގިނަ ޕްލޭންތަކެއްވަނީ ފަރުމާކުރެވިފައެވެ. ދިރާގު ކޮމްބޯ ޕްލޭންސް އަކީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސް ހިމެނޭ ގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެކެވެ.

ސަޅި ޕްރީޕެއިޑް ޕްލޭންސް މެދުވެރިކޮށް  ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ މި ޕްލޭންއާއިއެކު ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ

މަމެން ޕްލޭނުން  ޒުވާޏުންނަށް ޚާއްސަކޮށްގެ ފަރުމާކޮށްފައިވައި މި ޕްލޭންއަ ކީ ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސް އެލަވަންސް ބޭނުންގޮތަކަށް ފަރުމާކޮށް ލެވޭ ޕްލޭންއެކެވެ. މީގެ އިތުރުން މަމެން ކަސްޓަމަރުންނަށް ކްރެޑިޓް އެހެން މަމެން ޔޫޒަރުންނަށް ޓްރާންސްފަރ ވެސް ކޮށްލެވޭނެކަމަށް ދިރާގުން ވަނީ ބުނެފައެެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދީ އިތުރު މަންފާ ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 75%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: