ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަސްޓަމްސްގެ ބަޔާނުގައި އެއާޕޯޓުން ގެއްލުނު ޑްރަގްސްގެ ވާހަކައެއް ނެތް!

މޯލްޑިވްސް ކަސްޓަމްސް/ ފޮޓޯ: ދެން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް އެތެރެކުރި 41 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބެލުމުގެ ދަށުގައި ހުއްޓައި ގެއްލުނުކަން ފުލުހުންނާއި ހަވާލާ ދީ މީޑިއާތަކުން ރިޕޯޓު ކުރުމުން އެ މައްސަލައިގައި ކަސްޓަމްއިން ބަޔާނެއް އާއްމުކޮށްފި އެވެ.

މި މަހުގެ 08 ގައި ރާއްޖެއަށް އައި ޕާކިސްތާނު މީހެއްގެ ލަގެޖުގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކު ކުރެވި އޭނާ ބަލާ ފާސް ކުރުމަށް ފަހު ކަސްޓަމްސްއިން އެ މީހާ ފުލުހުންނާއި ހަވާލު ކުރި އެވެ. ނަމަވެސް މަސްތުވާތަކެތި ހުރިކަމަށް ބުނާ ފޮށި، ފުލުހުންނާއި ހަވާލުކޮށްފައި ނުވެ އެވެ.

މައްސަލައިގައި ފުލުހުން ބުނީ، ބިދޭސީ މީހާ ގެނައި މަސްތުވާތަކެތި ހުރި ފޮށި ގެންދިޔަ ތަނެއް ނޭނގޭކަމަށް އޭނާ ބުނާކަމަށެވެ. ރައްދުގައި ކަސްޓަމްސްއިން ބަޔާނެއް އާއްމުކޮށް ބުނީ އެ މުވައްސަސާއަށް ލިބޭ އިންޓެލިޖެންސް މައުލޫމާތުތަކުންނާއި، ކަސްޓަމްސްގެ ސަވައިލެންސް ނިޒާމުގެ ތެރެއިން ޝައްކު ކުރެވި ބަލާ ފާސްކޮށް އަތުލައިގަންނަ މަސްތުވާތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓު ކުރުމަށް ފަހު ކުށުގައި ޝާމިލުވާ މީހުން ފުލުހުންނާއި ހަވާލު ކުރާކަމަށެވެ. އަދި އެއާއި އެކު، މަސްތުވާތަކެތި ބަންދުގައި ހުރި ޕެކެޓުތައް ނުވަތަ އެ ފޮއްޓެއް ފުލުހުންނާއި ހަވާލު ކުރާކަމަށެވެ.

ކަސްޓަމްސްއިން ބުނީ، އެކި ފަހަރު މަތީން އެގޮތަށް މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށާއި ނަމަވެސް، މަސްތުވާތަކެތި ތަނުގެ ބެލުމުގެ ދަށުގައި ހުއްޓައި ގެއްލިފައި ނުވާކަމަށެވެ. ބަޔާނުގައި މީޑިއާތައް ކުށްވެރިކޮށް ކަސްޓަމްސްއިން ބުނެފައި ވަނީ އެ އިދާރާއިން ރާއްޖޭގެ ބޯޑަރުތައް ބެލެހެއްޓުމަށް އެ މުވައްސަސާއަށް މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް މީޑިއާތަކުން ހުރަސް އަޅަން މަސައްކަތް ކުރަމުންދާކަމަށެވެ.

ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އެ މީހެއްގެ އަމަލުތައް ހުންނަ ގޮތުން ޝައްކުތަކެއް އުފެދި ބަލައި ފާސް ކުރާ ކޮންމެ ފަހަރަކީ އެއީ އެ މީހަކު މަސްތުވާތަކެތި ނުވަތަ ގާނޫނާއި ހިލާފު އެއްޗެއް އެތެރެ ކުރަން މަސައްކަތް ކުރަނިކޮށް ހިފަހައްޓާ ފަހަރުތަކެއް ނޫން ކަމަށެވެ. ނަމަވެސް، ކަސްޓަމްސްއަށް ލިބޭ ކޮންމެ އެފަދަ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، މީހުން ބަލައި ފާސްކުރާކަމަށް ބަޔާނުގައި ވެއެވެ.

ކަސްޓަމަސްގެ ބަޔާން ނިންމާލި އިރު ވެސް ގެއްލުނުކަމަށް ބުނާ މަސްތުވާތަކެތީގެ މައްސަލައިގައި އެއްވެސް ވާހަކައެއް ހިމަނާފައި ނެތެވެ.

މި މައްސަލައިގައި ފުލުހުން ބުނެފައި ވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލިބިފައިވާ ފުޓޭޖުތަކުން އަދި ލަގެޖު ދެނެގަނެވިފައި ނުވާކަމަށެވެ. އަދި އެއާޕޯޓުގެ ބައެއް މުހިންމު ސަރަހައްދުތަކުގައި ކެމެރާ ނެތްކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނާ ގޮތުގައި ޕާކިސްތާނު މީހާ ރާއްޖެއަށް އައީ 30 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު އެވެ. އަދި ކަސްޓަމްސް އިން ފުލުހުންނާއި އޭނާ ހަވާލު ކުރި ނަމަވެސް ހެކި ނެތުމުގެ ސަބަބުން މިހާރު ވަނީ އޭނާ ދޫކޮށްލާފަ އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، މައްސަލައިގެ ތަހުގީގު ކުރިޔަށް ދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: